ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ހަމަހިމޭންކަމާއެކު ރާޔާ އާއި ދައިސްގެ ހަރަކާތްތަކަށް ބަލަން ހުރެފައި ރީއާން ލަސްލަހުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފަހަތަށް އަޅަމުންދިޔައެވެ. އަދި ވަކި ހިސާބަކަށް ދިއުމަށްފަހު ރާޔާއަށް ފުރަގަސްދަމުން ހަލުވި ހިނގުމެއްގައި ހޯލުން ނުކުންނަން މިސްރާބު ޖެހިއެވެ. ރީއާން ފަސްދިނުމާއެކު ރާޔާގެ އަތް ހަރަކާތްކޮށްލި ގޮތުން ހީވީ ނުދާށޭ ބުނަން ބޭނުންވީހެނެވެ. އެހެނަސް އޭރު މާ ބޮޑަށްވެސް ލަސްވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ. ފަސްދިނުމަށްފަހު އެންމެ ފަހަރަކުވެސް އެނބުރި ރީއާން ބަލައެއް ނުލިއެވެ.

Ads by Hajj Corporation

ޕާރޓީ ނިމުމާއެކު ދައިސް ރާޔާ ގޮވައިގެން އައިސް ވަނީ ހޮޓެލްގެ އަގު ބޮޑު ކޮޓަރިއަކަށެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ މުއްސަނދި ކަމެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ރާޔާގެ އެއްވެސް ޝައުގެއް ނެތެވެ. އޭނާ ހުރީ ގެއަށް ދާން ބޭނުންވެފައެވެ. އެކަން އެރޭގައި ފުރިހަމަ ނުވާނެކަން އެނގޭއިރުވެސް މެއެވެ. ރާޔާގެ ހަރަކާތްތަކަށް ބަލަން ހުރި ދައިސްގެ ތުންފަތުގައިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ބަހެއްވެސް ނުބުނެ ކޮޓަރީގެ މެދުގައި ހުއްޓިހުރި ރާޔާއަށް ދެލޯ ހުއްޓައިލައިގެން އޭނާ ހުރީއެވެ. ރާޔާގެ ފައިން ފެށިގެން ބޮލާ ހަމައަށް އޭނާ ނަޒަރު ހިންގައިލިއެވެ. ހިތުގެ މުރާދު ހާސިލްވުމުން އޭނާގެ ހިތަށް ވަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބިފައެވެ. ހަރަކާތެއްވެސް ކޮށްނުލައި ރާޔާ ހުންނަން ފެށުމުން އެދިމާއަށް ދައިސް ޖެހިލިއެވެ. ލައިގެން ހުރި ކޯޓު ބައިލަމުން ސޯފާގެ އަތްގަނޑުމަތީގައި އަޅުވައިލުމަށްފަހު އޭނާ އައިސް މަޑުޖެހިލީ ރާޔާގެ ފުރަގަހަށެވެ. އަދި އިރުކޮޅަކު އެހެން ހުރުމަށްފަހު އެހިމަ އުނަގަނޑުގައި ދެއަތް ވަށައިލިއެވެ. ސިހުނުވަރުން މަޑު ހަޅޭކެއް ރާޔާގެ އަނގައިން ބޭރުވިއެވެ. އެއާއެކު ދައިސްގެ ހުނުމުގެ އަޑު އިވިލިއެވެ.

"ކިތަންމެ ވަރަކަށް ހަޅޭއްލެވިއަސް މިރޭ ކަލެއަށް އެހީވާނެ ހަމަ އެކަކުވެސް ނާނާނެ.." ގަދަކަމުން ކަހަލަ ގޮތަކަށް ރާޔާގެ ހަށިގަނޑުގައި ހިފަހައްޓައިލަމުން ދައިސް ބުނެލިއެވެ. އަމިއްލަ ނިކަމެތިކަން ވިސްނި ރާޔާއަށް އިސްޖަހައިލެވުނެވެ. ދައިސް އެބުނީ ހަގީގަތްކަން އޭނާގެ ސިކުނޑިއަށް ވިސްނުނީއެވެ. ރާޔާ ހިމޭންވެލިގޮތުން ދައިސްއަށް އިތުރު ކުރިއެރުމެއް ލިބުނު ކަހަލައެވެ. "އަހަރެން ބުނާހައި ގޮތެއް ހަދައިގެން ހުރީމަ، ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.. އޭރުން މި ނާޒުކު ހަށިގަނޑުގަ އެންމެ ކޫރުމެއްވެސް ނޭޅޭނެ.. އަހަރެން ވެސް ބޭނުމެއްނޫން މިހާ ލޯބި ބުދެއްގަ ރެނދެއްލައްވާކަށް.." ފަހަތުން ރާޔާގެ ކަނދުރާގައި އަތުގެ އިނގިލިތަކުން ދައިސް މަޑުމަޑުން ފިރުމައިލިއެވެ. ހިންދިރުވައިލަމުން ރާޔާ ދެލޯމަރައިލީ އެބީހުމުން އުނދަގޫވީވަރުންނެވެ. ދެލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގެއް ހެދިގެން އައީ ހިތުގައި އެޅި ގަދަވޭނުގެ ސަބަބުންނެވެ. ދައިސްގެ ކޮންމެ ބީހުމަކަށް މަރުހަބާ ކިޔުމުގެ ބަދަލު ރާޔާގެ ހަށިގަނޑު އައީ ދެކޮޅު ހަދަމުންނެވެ. އެހެނަސް ކެތްކޮށްގެން ހުރުން ނޫން އެހެން އިތުރު އެއްވެސް ގޮތެއް އޭނާއަކަށް ނެތެވެ.

ކުއްލިއަކަށް ރާޔާއަށް ހަޅޭއްލަވައިގަނެވުނީ އޭނާގެ އިސްތަށިގަނޑުގައި ހިފައި ދައިސް ވާންކޮށްލުމުންނެވެ. ދެލޯ ބޮޑުކޮށްލަމުން މޫނު އަނެއް އަތަށް އަނބުރައިލުމަށްފަހު އުނދަގުލުން ދައިސްގެ މޫނަށް ރާޔާ ބަލައިލިއެވެ. އޭރު އިހުސާސުކުރެވެމުން ދިޔަ ތަދުން ރާޔާއަށް ކެތްވަނީކީ ނޫނެވެ. އެއިން ކަމަކަށް ދައިސްގެ އެއްވެސް ފަރުވާލެއް ނެތެވެ. އިރުކޮޅަކު ރާޔާއަށް ބަލަން ހުރުމަށްފަހު އޭނާ ރާޔާ ކުރިއަށް ކޮށްޕައިލީއެވެ. އެދިޔަ ބާރުމިނުގައި ރާޔާ އައިސް އަނގަވަތަށް ވެއްޓުނެވެ. ކުޑަކޮށްވެސް އެފަދަ ކަމަކަށް ތައްޔާރުނުވެ ހުރުމުން ރާޔާއަށް ލިބުނު ސިހުން އެހައި އަވަހަށް ފިލާގޮތެއް ނުވިއެވެ. ހައިރާންވެފައި އޭނާ ފަހަތަށް އެނބުރި ދައިސްއަށް ބަލައިލީ އޭނާ އެފަދައިން ކަންތައްކުރަން ޖެހުނު ސަބަބެއް ނުވިސްނުމުންނެވެ. ދައިސް ބޭނުންވިފަދައިން މިއަދު އޭނާއަކީ ދައިސްގެ މިލްކަކަށް ވެއްޖެއެވެ. ވީއިރު، އޭނާ ރާޔާގެ ފަރާތުން އިތުރަށް ނުފުދިގެން އެއުޅެނީ ކޮންކަމެއް ހެއްޔެވެ؟ ފަހަރެއްގައިވެސް ދައިސްއަކީ އަނިޔާވެރިވެދާނެ މީހެކޭ ރާޔާ ހިތަކަށް ނާރައެވެ. ގަބޫލުކުރަން ދަތިވީ އެހެންވެއެވެ.

ދައިސްގެ މޫނުން ނުރުހުމުގެ އަސަރު ފައުޅުވެލީ ކުއްލިއަކަށެވެ. ބާރު ހިނގުމެއްގައި އައިސް ރާޔާ އިންތަނުން ނަގަމުން އަނެއްކާވެސް ކުރިއަށް ކޮށްޕައިލިއެވެ. ކުރިމަތީގައި ހުރި އެނދުމައްޗަށް އަނގަވަތަށް ރާޔާ ވެއްޓުމާއެކު މަލާމާތުން ފުރިގެންވި ނުބައި ހިނިގަނޑެއް ދައިސް ޖަހައިލިއެވެ. އަދި ލައިގެންހުރި އަންނައުނުތައް ހަށިގަނޑާ ވަކިކޮށްލުމާއެކު އެނދުމައްޗަށް އަރަމުން އޭނާއާ ވީދިމާއަށް ރާޔާ އަނބުރައިލިއެވެ.

"ދައިސް އަހަންނާ އެހާ ވަރުން ކައިވެނިކުރީ އަނިޔާކުރާ ހިތުންތަ.." ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަން މަސައްކަތް ކުރަމުން ރާޔާ އަހައިލިއެވެ. ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސައިލަމުން ހިމޭންވުމަށް ދައިސް އިޝާރާތްކޮށްލިއެވެ. އެތަން ނުފެންނަކަމަށް ހެދެމުން ރާޔާ އަނގަހުޅުވައިލީ އަނެއްކާވެސް ކޮންމެވެސް އެއްޗެކޭ ބުނުމުގެ ނިޔަތުއެވެ. ބަލާކަށްނުހުރެ ރާޔާގެ އަނގަމަތީގައި އަތުގައި ހުރި ބާރެއް ލައިފައި ދައިސް ޖެހިއެވެ. "ކިހާ ދެރަކަމެއް.. އަނގަމަޑުން ލައިގެން އޮންނާށޭ ބުނީމަ ކަލެއަށް އެވަރު ނުވިސްނެން، ތީ ތުއްތު ކުއްޖެއްތަ.. ތި އަނގައާ ހުރެއޭ ކަލެއަށް މިހެން ހަދަން ޖެހުނީވެސް.. ހަނދާން ނެތުނީތަ.. އަހަރެން ބުނީމެއްނު، އަހަރެން ބޭނުން ކޮންމެ އެއްޗެއް ހާސިލް ކުރަމޭ.. ބޭނުންވެއްޖެ ކޮންމެ ކަމެއް ކުރާނަމޭ.. އަހަރެން ކަލެއާ އެވަރަކުން ކައިވެނި މިކުރީ މިކަން އަހަންނަށް ވާނެކަން ކަލެއަށް އަންގާލަން.. އަދި ބުންޏެއްނު އަހަންނަކާ ނީންނާނަމޭ.. ނީންދެ ކޮންތާކަށްތަ ދެވުނީ.. މިއަދު ތިހުރީ ހަމަ އަހަރެންގެ އަނތްބެއްގެ ގޮތުގަ.. ދެން ހަދާނީ އަހަރެން ބޭނުން ގޮތެއް.. ހަނދާން ކުރާތި، އަހަރެންގެ ކުރިމަތީ ޗުއްޕުވެސް ކަލޭ ބުނެގެން ނުވާނެ.. ސާފުވެއްޖެތަ.." ރާޔާގެ އަނގައިގެ ދެފަރާތުން ހިފައި ބާރުކޮށްލަމުން ދައިސް ބުނެލީ ރުޅިވެރި ރާގަކަށެވެ. އިވުނު ވާހަކަތަކަށް ބުނާނެ އެއްޗެއް ނުވިސްނިފައި ރާޔާއަށް އޮވެވުނީއެވެ. އެވަރުގެ ކަމަކާ އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހައިލިއިރު، ދައިސްގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނޭރިހެއްޔެވެ. ނުރުހުމުގައި އޭނާއަށް ބުނެވުނު އެއްޗެއްގެ ބަދަލު އެފަދަ ގޮތަކަށް ދައިސް ހިފައިފާނެކަމަށް ހީކުރާނީ ކިހިނަކުން ހެއްޔެވެ. ދެލޮލުން ކަރުނަތައް އޮހިގަތުމާއެކު ރާޔާއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ.

"ކިތަންމެ ވަރަކަށް ރުޔަސް، އަހަރެންގެ ހިތަށް އެކައްޗެއްވެސް ނާރާނެ.. އަހަރެންގެ އަތްދަށުން ކަލޭ ސަލާމަތްވާނީ އަހަރެންގެ ހިތް ފުރުނު ދުވަހަކުން.. ހަހަހަ.. ޚާލިދު އަތުން އަހަރެން ތިހުރީ ކަލޭ ގަނެފަ.. އެނގޭތަ.. އޭނައަށްވެސް ކަލެއަށްވުރެ މުހިންމުވީ ފައިސާކަން.. އެހެންނުވާނީ.. އޭނައަށްވެސް ޖެހިފަ ހުރި ބޮޑު މުސީބާތެއް.. ޝުކުރުކޮށްބަލަ އަހަރެން ކަލެއާ އިނީތީވެސް.." މަޑުމަޑުން އަތް ތިރިކޮށްލަމުން ރާޔާގެ ކަރުގައި ހިފައިލުމަށްފަހު ދައިސް ބުނެލީ ނުރައްކާތެރި ރާގަކަށެވެ. އެއަޑު އިވިފައި ރާޔާގެ މުޅި ހަށިގަނޑު ރޫރޫއަޅައިލިއެވެ. ބަހެއްވެސް ނުބުނެ އޭނާ އޮތީ ގުޑިލަންވެސް ޖެހިލުންވީވަރުންނެވެ. ދައިސް ދެން ކޮށްފާނެ ކަމަކަށް ހިތްބިރުގެންފައެވެ.

*****

ދުވަސްތަށް ފާއިތުވަމުން ދިޔައީ ހީވެސްނުކުރާހައި އަވަހަށެވެ. ކައިވެނި ހަފުލާއިން ރީއާން ފެނުނު ފަހުން އެންމެ ފަހަރަކުވެސް އެ ސޫރަ ދުށުމުގެ ނަސީބެއް ރާޔާއަކަށް ނުލިބެއެވެ. ދެމީހުންގެ ގުޅުން ކެނޑުނުގޮތަށް އެހަނދާންތަކާއި ދުވަސްތައްވެސް މާޒީއާ އެކުވެ ދިޔައީއެވެ. އެހެނަސް ރާޔާ ރީއާން މަތިން ހަނދާންނުކުރާ އެންމެ ސުކުންތެއްވެސް ފާއިތުވެނުދެއެވެ. އަބަދުމެ އެ ސިކުނޑީގައި ހަރުލައިފައިވަނީ އެ ހަނދާންތަކާއި، އެ ސޫރައެވެ. ހިތް އެދި ގޮވަމުން ދިޔައީ އެ ލޯތްބަށެވެ. ހިތުން ފުހެލަން އުޅެއުޅެވެސް އެކަން ރާޔާއަށް ކާމިޔާބާވާގޮތެއް ނުވިއެވެ. އިތުރަށް އެހިތުގައި ރީއާނަށްޓަކައި އޮތް ލޯބި ފުންވުން ނޫންހެން ކަމެއް ނުވިއެވެ.

އަހަރު ދުވަސް ފާއިތުވެދިޔައިރު މަޑުމަޑުން އެދިރިއުޅުމަށް ހޭނުމަށް ރާޔާ އައީ ހިތްވަރު ކުރަމުންނެވެ. ދައިސްގެ ފުށުން ލިބޭ އަނިޔާތަކަށް އޭނާ އައީ ކެތްތެރިވަމުންނެވެ. އަމިއްލަ ގެ ދޫކޮށް ދައިސްގެ ގެއަށް އޭނާ ރާޔާ ނުގެންދިޔަކަން އެއީ ނަސީބޭ ރާޔާގެ ހިތަށް އެރިއެވެ. ޔުނާލް ދޫކޮށްލައިފައި ގޮސް އެންމެ ސުކުންތަކުވެސް އޭނާއަށް ހަމަޖެހިގެން ނޫޅެވޭނެއެވެ. ޚާލިދަށް އޮތް ކުޑަކުޑަ އިތުބާރުވެސް ދައިސްގެ ވާހަކަތަކާއެކު އެހިތުން ގޮއްސިއެވެ.

ރާޔާ ދުރުގައި ހުއްޓަސް އޭނާއަށް ބޭނުންވާ ކޮންމެ ވަގުތަކު ދައިސް އެގެއަށް އާދެއެވެ. ރާޔާ އެކޭ އޭނާ ކުޅެން ގެންގުޅޭ ބުދެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭނާއާ މެދުގައި ދައިސް ކަންތައް ކުރަނީ ހިތަށް އެރިގޮތަކަށެވެ. އަމިއްލަ ހާލަތު އިހުސާސުވެ އެދެލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއް ނުދެއެވެ. ނިކަމެތިކަން ވިސްނޭ ކޮންމެ ފަހަރަކު ހަދާނެ ގޮތް ހުސްވެ ހިތާމައިން މީހާ ހަލާކުވާވަރު ވެއެވެ. ރާޔާގެ އެ ހާލު ދެކެން ޖީލާންއަކަށް ކެތެއްނުވެއެވެ. އެހެނަސް އޭނާގެ އެއްވެސް އެހީއެއް ގަބޫލުކުރާކަށް ރާޔާ އެއްބަހެއް ނުވެއެވެ. ކުރެވުނު ގޮތަކުން އެކުވެރިޔާގެ ހިތާމަތައް ލުއިކޮށްދޭން ޖީލާން މަސައްކަތް ކުރެއެވެ. ސަމަދާ ވަކިވުމަށްފަހު އެ ލިބުނު ހިތާމައިން ޚުދު އޭނާގެ ނަފުސު މިންޖުނުވާއިރުވެސް، ޖީލާންގެ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ހުސްކޮށްލަނީ ރާޔާ އަށްޓަކައެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އަނަރޫފަވަމުންދިޔަ އެ ހަށިގަނޑާއި، އެތަން މިތަނުގައި ނޫފައި ގެންފައި ހުންނަ ތަންތަންފެނި ޖީލާންގެ ހިތަށް ވެސް އަސަރުކުރެއެވެ. އެތައް ފަހަރަކު ދައިސްގެ މައްސަލަ ޕޮލިހަށް ރިޕޯޓް ކުރުމަށް އޭނާ އެދުނެވެ. އެހެނަސް ކޮންމެ ފަހަރަކުވެސް ރާޔާ ފަސްޖެހެނީ ޚާލިދުގެ އިންޒާރުތަކުގެ ސަބަބުންނެވެ. ދައިސްއަށް ގެއްލުމެއް ވެއްޖެނަމަ، އޭނާގެ ފުށުން އެލިބޭ ފައިސާތަކެއް ނުލިބޭނެކަން ޚާލިދު ދަނެއެވެ. އެއްގޮތަކަށްވެސް އެހެން ކަންތައްވިޔަދޭކަށް ޚާލިދު ބޭނުމެއް ނުވެއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އޮފީހުގައި އޮތް ހަފުލާއެއްގައި ޝާމިލުވެ އުޅުމުގެ ސަބަބުން ގަޑި ދިޔަގޮތްވެސް ރާޔާއަށް އިހުސާސުނުވެއެވެ. ގަޑިން ބާރަޖަހައި ދިޔައިރުވެސް ހަފުލާ ނުނިމޭތީ އޭނާ ހުރީ ގެއަށް ނުދެވިފައެވެ. ދޭތެރަކުން ޔުނާލްއަށް ގުޅާލަނީ އޭނާގެ ހާލު ބަލައިލުމުގެ ނިޔަތުގައެވެ. ކީއްވެކަމެއް ނޭނގެއެވެ. ދަންވި ދަންވިހެން ރާޔާގެ ހިތް ދިޔައީ ނުތަނަވަސްވަމުންނެވެ. އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް އޭނާއަށް ބަލައިލެވެނީ ގެއަށް ދާން ބޭނުންވެފައި ވީވަރުންނެވެ.

ތަޅުދަނޑިފަތިން ގޭގެ ދޮރު ހުޅުވައިލުމަށްފަހު އެތެރަށް ދައިސް ވަނީ އުނދަގުލުންނެވެ. ހުރި ހާލަތުގެ ސަބަބުން ދެފައިމައްޗަށް ކޮޅަށް ހުރުން އޭނާއަށްވީ ދަތިކަމަކަށެވެ. ޕާޓީއެއް ނިންމައިފައި ރާޔާ ދިރިއުޅޭ ގެއަށް އައިރު އޭނާ ވީ ތަންދޮރުވަކިނުވާވަރަށް މަސްތުގެ ކަނޑުގައި ޣަރަގުވެފައެވެ. ކެތްނުވާވަރަށް ރާޔާއަށް ބޭނުންވުމުން ޑްރައިވަރު ގާތުގައިބުނެ އެގެއަށް އޭނާ އައީ ރާޔާ ދެކިލުމުގެ ނިޔަތުގައެވެ. ދެފަރާތަށް އެއްލެމުންކަހަލަ ގޮތަކަށް ދައިސް މިސްރާބުޖެހީ ރާޔާގެ ކޮޓަރިއާ ދިމާއަށެވެ. ގަދަކަމުން ދެލޯ ހުޅުވައިގެން ހުރެ އޭނާ އެކި ދިމާބަލަމުން ދިޔައީ، ދެވެނީ ރަނގަޅު ދިމާއަކަށްކަން ޔަގީންކުރުމުގެ ގޮތުންނެވެ.

މަޑުތުރުތުރެއް އުފެދިފައިވި އަތްތިލަ ހިއްލައިލަމުން ކޮޓަރީގެ ދޮރު ދައިސް ހުޅުވައިލިއެވެ. ކަނު އަނދިރިކަން ވެރިވެފައިވި ކޮޓަރިތެރެފެނި އޭނާގެ ދެބުމަ ގޮށްޖެހުނެވެ. ރުޅިވެރިކަން މުޅި ނަފުސު ގައިދުކޮށްލީ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. ދަތްތަކަށް ބާރުކޮށްލަމުން އޭނާ ވަށައިގެން ކޮޓަރީތެރަށް ނަޒަރު ހިންގައިލިއެވެ. ރާޔާގެ ހިލަމެއް ނުވުމުން ކޮޓަރީތެރަށް ވަދެ އަނގައިގައި ވަރުނެތް މީހަކުފަދައިން ރާޔާއަށް ގޮވައިލިއެވެ. ދެންވެސް ރާޔާގެ ޚަބަރެއް ނުވިއެވެ. އެގެއަށް އައި ބޭނުން ނުފުދި ދާންވުމުން އިތުރަށް ދައިސް ރުޅިގަދަވާގޮތް ވިއެވެ. ކޮޓަރީގެ ދޮރުމަތީގައި އޭނާ މަޑުކޮށްލީ އެއްޗެއް ވިސްނައިލާ ފަދައަކުންނެވެ. އެވަގުތު ބަދިގެ ތެރެއިން ފެންފުޅިއެއް ހިފައިގެން ނުކުތް ޔުނާލް ދައިސްގެ ލޮލުގައި އަޅައިގަތެވެ. ފަނޑުއަލިކަމުގެ ތެރެއިންވެސް ޔުނާލް ލައިގެންހުރި ކުޑަ ޓީޝާޓުކޮޅާ ސޯޓުބުރި ދައިސްގެ ލޮލުގައި އަޅައިގަތެވެ. ލަސްލަހުން އެއަންހެންކުއްޖާގެ ހަށިގަނޑަށް ދައިސް ބަލައިލިއެވެ. އަނދިރިކަމުން އެތަނުގައި މީހެއް ހުރިކަން ޔުނާލް އަށް ނޭނގޭކަން އެނގުމުން ދައިސްގެ ތުންފަތަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ. ކޮޓަރިއަށްވަދެ ޔުނާލް ދޮރު ލައްޕައިލި އިރުވެސް އެހުރި ތަނުގައި ދައިސް ހުއްޓެވެ. އެކޮޓަރިއާ ދިމާއަށް އޭނާ ހިނގައިގަތީ އޭގެ އިރުކޮޅެއް ފަހުންނެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ރިސް

    ވަރަށް ރީތި. ދެން އިންބައި ކޮންއިރަކުން އަންނާނީ؟

  2. ވާހަަކަ ކީއްވެތަ އެހާ ލަސްވަނީ. ގެނެސްދޭވަރު ދުވަހެއްދުވަހަކަށް ކުރުވަމުން އަންނަނީ.

  3. އިތުރަށް ހަމަ ލޯތްބޭ ވެވެނީ.

    އިތުރަށް ހަމަ ލޯތްބޭ ވެވެނީ.