މިއަދުގެ ސަރުކާރުން ކުންފުނިތައް ބަނގުރޫޓުވާކަށް ދުލެއް ނުކުރާނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ މިއަދުގެ ސަރުކާރުން ކުންފުނިތައް ބަނގުރޫޓުވާކަށް ދޫކޮށްނުލާނެ ކަމަށާއި ކުންފުނިތައް އުވައެއް ނުލާނެ ކަމަށެވެ. ނަމަވެސް ވައްކަމާ ކޮރަޕްޝަން ފޮރުވަން ކުރީ ސަރުކާރުން އެމްއާރްޑީސީ އުވައިލިކަމަށް މޫކޭ ވިދާޅުވިއެވެ.
''ޝުޖާ (މާލޭ ސިޓީ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު) މެން ވަރަށް އުފާވާނެ ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުވުން. އެހެން ނަމަވެސް އަޅުގަނޑު މިހާރު މި ދަންނަވަނީ މިހާރު ސަރުކާރަކުންނެއް ކުންފުނިތައް ބަނގުރޫޓުވާކަށް ދޫކޮށްނުލާނޭ. އުވައެއްނުލާނޭ. އެމްއާރްޑީސީ އުވާލީ ވައްކަމާއި ޖަރީމާއާ މި ހުރިހާ އެއްޗެއް ފޮރުވަން. އެކަން އަޅުގަނޑުމެންނަށް އެބަ އެނގޭ.'' މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އާރްޑީސީ ނިމުނީ ފައިދާއާ އެކު ކަމަށެވެ. އަދި މި ކުއާޓާގައި އެ ފައިދާ ތިން ގުނައަށް އިތުރުވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެއަށްވުރެ ވެސް ރަނގަޅުވާނެ ކަމަށެވެ.
ކުންފުނިތައް ބާރަށް ކުރިއަރަނީ. މުއައްސަސާތަކާއި މިނިސްޓަރީތައް ދަނީ ފަހަތަށް. ޕޮލިސް އިންޓެލިޖެންސް ޖަވާހިރު ވާދީ ، އަބްދުއްރަހުމާން އަލަމްގިރިއާއެކު ލިވާތު ކުޅެގެން ޕޮލިހުން މިހާރު ވަނީ އަބްދުއްރަހުމާންގެ މައްސަލަ ބަލަން ފަށައި އޭނާ ސަސްޕެންޑު ކޮށްފަ. ޕޮލިސް މުއްއްސަސާ މުޅިން ފޭލްވާތަން މިފެންނަނީ. މިފަދަ މުޑުދާރު އަމަލުކުރާ މީހުންނަކީ އެތައް ބައެއްގެ މައްޗަށް ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވާ މީހުން. މިމީހުންގެ ހެކިބަހާމެދުވެސް ސުވާލު އުފެދޭ. ކުންފުނިތައް ކުރިއަރަނީ ރަނގަޅަށް މަސައްކަތްކުރާތީ. ލިވާތު ކުރަންޏާ ކުންފުނިތައްވެސް ދާނީ ފަހަތަށް.
މުޅިގައުމު ބަނގުރޫޓު ވާއިރު ކުންފުނިތައް ބަނގުރޫޓު ނުވެ ހުންނާނެތަ….؟