Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޝަރުޢީ ދާއިރާ

މާފުށީ ޖަލަށް ހުއްދަނެތި ވަނުމަށް މަސައްކަތްކުރި ދެ މީހަކު ޖަލަށްލުމަށް ޙުކުމްކޮށްފި

މާފުށީ ޖަލަށް ހުއްދަނެތި ވަނުމަށް މަސައްކަތްކުރި ދެ މީހަކު ޖަލަށްލުމަށް ޙުކުމްކޮށްފި

ކ.މާފުށީ ޖަލަށް ހުއްދަނެތި ވަނުމަށް މަސައްކަތްކުރި ދެ މީހެއްގެ މައްޗަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ކުށުގެ ދަޢުވާ ސާބިތުވެ, އެ ދެ މީހުން ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

22 ސެޕްޓެމްބަރު 2019 ގައި މާފުށީ ޖަލު ސަރަހައްދަށް ވަދެ, މާފުށީ ޖަލަށް ހުއްދަނެތި ވަނުމަށް މަސައްކަތްކުރީ ރ.މަޑުއްވަރީ ފެހިއަލި, އިސްމާޢީލް ހައްމާދާއި ނ.މަނަދޫ ކެރީބިއަން, އިބްރާހިމް ޖަޒްލާނެވެ.

އެ ދެ މީހުންގެ މައްޗަށް އުފުލީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ކުށުގެ ދަޢުވާއެވެ. ނަމަވެސް އެ މީހުން ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލައިގައި ހެކިބަސް ދިން ބައެއް ފުލުހުން ޝަރީޢަތުގައި ބުނެފައިވާ ގޮތުން ޖަލު ސަރަހައްދަށް އެ މީހުން ދޫކޮށްފައި ދިޔަ ދަބަހުގައި ފޯނާއި ހެޑްސެޓާއި ޔޫއެސްބީ ހުއްޓެވެ.

މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިޢާޔަތް ކުުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް ޙުކުމްކޮށްފައެވެ. އެ ކޯޓުން ކުރި ޙުކުމުގައި ބުނީ އެ ދެ މީހުންގެ މައްޗަށް ކުރި ދަޢުވާ ސާބިތުވާތީ 04 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ޙުކުމް ކުރާ ކަމަށެވެ.

ނަމަވެސް ތަޙްޤީޤުގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ހައްމާދު ތަންފީޒުކުރަން ޖެހޭނީ 04 މަހާއި 06 ދުވަސް އަދި ޖަޒްލާން ތަންފީޒުކުރަން ޖެހޭނީ 04 މަހާއި 14 ދުވަސް ކަމަށެވެ. އަދި ޖަޒްލާނުގެ މައްޗަށް ކަނޑައެޅުނު 04 މަހާއި 14 ދުވަހަށް ޖަލަށްލުމުގެ އަދަބު ވަނީ 53600 ރުފިޔާގެ ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް, 06 ޖުލައި އިން ފެށިގެން 12 މަސް ދުވަހުގެތެރޭގައި މީރާއަށް ދައްކަން އަންގާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް