މި މަހުގެ 31 ގައި ށ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ
![](https://dhen.mv/wp-content/uploads/2022/07/8ec8db12-0e64-4642-90c8-06b55fc57e20-850x548.jpeg)
މި މަހުގެ 31 ގައި ށ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތް ފަށަން އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން މިހާރު ދަނީ ށ.އަތޮޅުގައު އެ ޚިދުމަތް ފެށުމުގެ ފަހުގެ ތައްޔާރީތައްވަމުންނެވެ. ގޮތުން އެ ޚިދުމަތަށް ބޭނުންވާ ހަތަރު ފެރީ ބަނުމުގެ މަސައްކަތް ނިމިފައިވާއިރު, ފެރީތައް އެ އަތޮޅަށް ފޮނުވާނީ މި މަހުގެ 29 ގައެވެ.
ފުރަތަމަ ކުރިއަށްދާނީ އެއް ހަފުތާގެ ޓްރައިލް ދަތުރުތަކެވެ. އަދި ހަމައެހެންމެ ހަފުތާއެއްގެތެރޭ ރަސްމީ ދަތުރުތައް ފަށަން ވަނީ ހަމަޖެހިފައެވެ.
ށ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމުން ޒޯން 01 ގެ ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ފެށުނީއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތަކީ ރާއްޖެ ތިން ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ ޚިދުމަތެކެވެ. ޒޯން 01 ގައި ހިމެނޭ ހއ, ހދ, ގައި މި ޚިދުމަތް ވަނީ ފަށާފައެވެ.
އާރުޓީއެލް ކިޔާގެން ކޮންމެގޮރެއްހެނޑިޔަސްއަހަރެމެންނަކައްއޮޅުވައެއްނުލެވޭނެ އާދެ ރައްޔިތުންގެޓެކްސްލާރި މީއާރުޓީއެލްގެމާނަޔަކީ