ޚަބަރު އިޖުތިމާޢީ

އާރްޓީއެލް ބަހުގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގައި ފަށަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް އެމްޓީސީސީން
ތައްޔާރުވެއްޖެއެވެ.

Ads by Hajj Corporation

މި ޚިދުމަތަށް ބޭނުންވާ 36 ބަސް ވަނީ ރާއްޖެ ގެނައީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އިތުރު 5 ބަސް މި މަހު ފަހުކޮޅު ގެނައުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މިއަދު ބުންޏެވެ.

އެމްޓީސީސީން ބުނީ ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީއާއި, އައްޑޫ ސިޓީއާއި, ފުވައްމުލަކު ސިޓީއާއި, ލ.ގަމާއި ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި ކަމަށެވެ.

އަލަށް ގެނެވުނު ބަސްތަކުގައި 18 ނުވަތަ 20 މީހުންގެ ޖާގަ ހުންނާނެކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ބަހުގެ ޚިދުމަތް ދޭން ފެށުމާއެކު 1 ޖުލައި 2021 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވެފައިވާ އަތޮޅުތެރޭގެ ބަހުގެ ޚިދުމަތް ފެށިގެންދާނެކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އޭގެ އިތުރުން މާލޭ ސިޓީ ތެރޭގައި ދުއްވާ ބަހުގެ ޚިދުމަތް ފެށިގެންދާނެ ކަމަށާއި އެ ކުންފުނީގެ މަގުސަދަކީ ވީހާވެސް އަވަސް ފުރުސަތެއްގެ ތެރޭގައި ބަހުގެ ޚިދުމަތް ރައްޔިތުންނަށް ދޭން ފެށުންކަމަށް އެމްޓީސީސީން ބުންޏެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!