ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ފަޟްލޫން މިނިވަން ކުރުމުން ދައުލަތުން ހައިކޯޓަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރުމަށްފަހު ޝައިޚް ފަޟްލޫން މުޙައްމަދު ދޫކޮށްލި މައްސަލަ ދައުލަތުން މިއަދު ހައިކޯޓަށް ހުށަހަޅައިފިއެވެ.

Ads by STELCO

ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުން ޝައިޚް ފަޟްލޫން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅީ މިއަދުއެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ.

ކޯޓުން ޝައިޚް ފަޟްލޫން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ގޮތުން މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް ވެސް ވަނީ އަންގާފައެވެ.

ޝައިޚް ދޫކޮށްލި ފަހުން ދެ ފަހަރެއްގެ މަތިން ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފައެެވެ.

  1. އެފް.ޒެޑު

    ޝޭއިޙު ފަޅުލޫނު އަކީ މުސްލިމަކަށް ވީތީދީނާއި ޚިލާފު އަމަލުތަކެށް ހުއްޓުވަން މޝައްކަތް ކުރުން ބޮޑުކުށަކަށް ވުމުން އެގިގެންދަނީ މިއިސްލާމީ ގައުމެށްގަ މިހިގަނީ އިސްލާމީ އަމުރު މައުރިފާއެއް ނޫންކަން.ހާދަހާ ދެރައޭ