ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ދުވެފައިގޮސް ގެއެއްގެ އަސްކަނި ދަށަށް ވަންނަމުން އުޑުމައްޗަށް ރާޔާއަށް ނަޒަރު ހިންގައިލެވުނެވެ. ގަޑިއަށް ބަލައިލީ ނުތަނަވަސްވެފައި ހުރެއެވެ. އޭރު ގަޑިން އެރާރަޖަހައި ބޮޑުވެއްޖެއެވެ. ކަންބޮޑުވެފައި އޭނާއަށް ދެއަތް ދެއަތާ މޮޑެލެވުނެވެ. އެވަގުތު އޭނާ ކައިރިއަށް އައިސް މަޑުކޮށްލި ކާރު ފެނި ރާޔާއަށް ފަހަތަށް ޖެހުލެވުނީ ބޭއިޚުތިޔާރުގައެވެ. ގަބޫލުކުރަން ދަތިވެފައި ހުރެއެވެ.

Ads by MWSC

* * * * *

އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެ ރީއާނަށް މޫނުގައި އަތްކޭއްތެމުންދިޔައީ ނުތަނަވަސްކަމާ އެކުއެވެ. އެވަރުގެ ވާހަކަތަކެއް ރާޔާ އޭނާއަށް ސިއްރުކޮށްފާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާގެ ހިތަކަށް ނާރައެވެ. ދެމީހުން ވަކިވާން ޖެހުނީ ކީއްވެކަން އެނގުމާއެކު ރީއާންގެ ދުލުން ނުކުތީ ރާޔާގެ ނަމެވެ. އެހިތް ޝަކުވާކޮށްލީ ކަހަލައެވެ. ހުރިހައި ރެކޯޑިންގްތަކެއް އަޑުއަހައި ނިމުނުއިރު ރީއާންގެ ތަބީއަތަށްވީ ހަމަހިމޭންކަން ވެރިވެފައެވެ. ދެފަރާތަކަށް އޭނާއަށް ބޯހޫރުވައިލެވުނީ ގަބޫލުކުރަން ދަތިވެފައިވީ މީހަކު ފަދައިންނެވެ. އެއްފަހަރުވެސް ރާޔާ އެފަދައިން ކަންތައްކުރުމުން އޭގެ ފަހަތުގައިވީ ސަބަބު ހޯދަން ނޫޅެވުނަތީ އަމިއްލަ ނަފުސު ކުށްވެރިކުރެވުނީ އިންތިހާއަށެވެ. އަދިވެސް ރާޔާގެ ހިތުގައިވި ހަމައެކަނި ފަރާތަކީ އޭނާކަން ޔަގީންވި ހިނދު އެންމެ ސުކުންތަކުވެސް އެސޫރަ ދެކިނުލައި ކެތްނުވާނެކަން އޭނާގެ ހިތް ބުނެލިއެވެ. ޔުމްނުގެ ހަގީގަތް އެނގުމުން ނޭނގޭ ރިހުމެއް ރީއާންގެ ހިތަށް ކުރުވިއެވެ. ޔުނާލް ހަގީގަތުގައިވެސް އެމީހުނާ އުމުރަށް ވަކިވީތޯ ސުވާލުކޮށްލެވުނެވެ. އޭނާއަށް ނޭނގި އެތައް ކަމެއް ރާޔާ ބަރުދާސްތުކޮށްފިކަން ގައިމެވެ. އަދިވެސް އެހިތާމަތަކުން މިންޖުނުވާކަން ޔަގީނެވެ. ރައްޔުއޭ ކިޔައި ބޭއިޚުތިޔާރުގައި ރީއާން ގޮވައިލިއެވެ. އޭރު އޭނާގެ ދެލޯވީ ފެންކަޅިވެފައެވެ. ގަޑިއަށްވެސް ބެލުމެއްނެތި މޭޒުމަތީގައި އޮތް ކާރުގެ ތަޅުދަނޑި ނަގައިގެން އޭނާ ނުކުތީ ބޭރަށެވެ. ރާޔާ ގާތަށް ދިއުމަށްއެދި އެހިތް ތެޅި ފޮޅެނީއެވެ. ކެތްތެރިކަން ކޮޅުންލަނީއެވެ.

ރާޔާމެންގޭ ކުރިމައްޗަށް މަޑުކޮށްލި ވަގުތު ބާރުފިޔަވަޅުތަކެއްގައި ގެއިން ނުކުމެގެން ރާޔާ ދިޔަތަން ރީއާންއަށް ފެނުނެވެ. ސުވާލުއުފެދިފައި އިނދެ އޭނާ މަޑުމަޑުން ރާޔާ ފަހަތުން ކާރު ދުއްވައިލީ އޭނާގެ ހަރަކާތްތަކަށް ސަމާލުވެ އިނދެއެވެ.

* * * * *

ކާރުގެ ދޮރުހުޅުވައިލަމުން ކުޑަކޮށް ބޯއަރިކޮށް އޭނާއަށް ގޮވައިލި ރީއާނަށް ދެލޯބޮޑުކޮށްގެން ބަލަހައްޓައިގެން ރާޔާ ހުއްޓެވެ. ހަރަކާތެއްވެސް ކޮށްނުލައި ޖެހިބުދެއްހެން ރާޔާ ހުންނަން ފެށުމުން ރައްޔުއޭ ކިޔައި ދެވަނަ ފަހަރަށް އަނެއްކާވެސް ރީއާން ގޮވައިލިއެވެ. އެހައި ގާތްކޮށް އޭނާ ގޮވައިލުމުން ރާޔާއަށް ލިބިފައިވި ހައިރާންކަން އިތުރުވީއެވެ. އެއީ ހަމަ ރީއާންތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. ނޫނީ ހޭލާހުއްޓައި އޭނާއަށް ފެންނަ ހުވަފެނަކީ ބާއެވެ. ރާޔާ ހުރިގޮތްފެނި ރީއާން ކުޑަކޮށް ހިނިތުންވެލިއެވެ. އަދި ފަހަތު ސީޓްގައި އޮތް ކުޑަ ނަގަމުން ކާރުން ފައިބައިގެން އައިސް ރާޔާ ކުރިމަތީގައި ހުއްޓުނެވެ.

"ވަޓްސް ރޯންގް.. ކޮންތާކަށް މިއޮއް ވިއްސާރައިރު ތިދަނީ.. އާދޭ.. އަހަރެން ގެންގޮސްދީފާނަން.." ރާޔާއާ ހަތަރުކަޅި ހަމަކޮށްލަމުން ރީއާން ބުނެލީ ހިނިތުންވެ ހުރެއެވެ. ހަމަހޭވެރިކަންވީ މީހަކު ފަދައިން ފަހަތަށް ޖެހިލަމުން ރާޔާ ދެފަރާތަށް ބޯހޫރައިލިއެވެ. "އަހަރެން ނޫޅޭމޭ ކަމެއް ކުރާކަށް.. ހިނގާބަލަ.." ރާޔާ އިސްޖަހައިލިތަންފެނި ރީއާން ބުންޏެވެ. ކަމަކާ ދޭތެރޭ ވިސްނަން ހުރެފައި ރީއާންއާ އެކުގައި ކާރާ ދިމާއަށް ރާޔާ ހިނގައިގަތެވެ. އެތަންފެނި ރީއާންގެ ހިނިތުންވުން ފުޅާވެލިއެވެ. އެހިތުގައި މަޑު ރޯޅިއެއް ބީހިލިފަދައެވެ. ލިބުނު ހިތްހަމަޖެހުން ބަޔާންކޮށްދިނުމަށް އޭނާ ނުކުޅެދުނެވެ. އެތައް އަހަރެއް ވަންދެން ހިތުގައި އުފެދިފައިވި ޝަކުވާތައް ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ދިޔަކަހަލައެވެ. ކާރުގެ ކުރީ ސީޓްގެ ދޮރު ރާޔާ އެރުމަށް ރީއާން ހުޅުވައިލިއެވެ. ބަހެއްވެސް ނުބުނެ ކިޔަމަންތެރިކަމާއެކު ރީއާން އެދުނު ފަދައިން ރާޔާ ކަންތައްކުރިއެވެ. ރީއާންގެ ކުރިމަތީގައި އޭނާ އެދޭ ކަންތަކަށް ނޫނެކޭ ބުނަން ރާޔާ ފަސްޖެހެނީ ކީއްވެކަމެއް ނޭނގެއެވެ. ސީޓްގައި ހަމަޖެހިލަމުން ރާޔާ ބޭރަށް ނަޒަރު ސީދާ ކޮށްލިއެވެ. ރީއާން ފެނިފައި ދައިސްގެ ހުރިހައި ޚިޔާލެއްވެސް އޭނާގެ ސިކުނޑިން ފިލިކަހަލައެވެ.

ކާރަށް އަރަމުން ދާންވީ ތަނަކާމެދު ރީއާން ސުވާލުކޮށްލިއެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ރާޔާ ބުނެލީ އޭނާ ގެއަށް ގެންގޮސް ދިނުމަށެވެ. ހައިރާންވިއަސް ރީއާން އެއްވެސް ސުވާލެއް ނުކުރެއެވެ. ރާޔާއަށް ބަލަން އިރުކޮޅަކު އިނދެފައި އޭނާއާ އެކުގައި ކާރުގައި ދުއްވާލަން ދާނަންތޯ ރީއާން އަހައިލިއެވެ. ސިހިފައި ރާޔާ އިސްއުފުލައިލަމުން ރީއާނަށް ބަލައިލިއެވެ. ދޭނެ ޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ. ހިނިއައިސްފައި އަނެއްކާވެސް އޭނާގެ ސުވާލު ރީއާން ތަކުރާރުކޮށްލިއެވެ. މަޑުމަޑުން ރާޔާ ބޯޖަހައިލީ ރީއާންގެ އަމަލުތަކާމެދު ސުވާލުއުފެދިފައި އިނދެއެވެ. ކުއްލިއަކަށް ރީއާނަށް ވެގެން މިއުޅެނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އެސުވާލު ކުރާކަށް އޭނާއަކަށް ނުކެރުނެވެ. ހިމޭންކަމާއެކު އުނގުމަތީގައި ދެއަތް ބާއްވައިލައިގެން އިނީއެވެ.

ހިތްފުރޭވަރު ވުމުން ރާޔާގެ ގޭ ކައިރިއަށް އައިސް ރީއާން މަޑުކޮށްލިއެވެ. އެއާއެކު ބަހެއްވެސް ނުބުނެ ކާރުން ފައިބާން ރާޔާ އުޅުނެވެ. އަވަސް އަރުވައިލައިފައި ވިސްނުމެއްނެތި ރީއާނަށް ހިފުނީ ރާޔާގެ އަތުއެވެ. ރާޔާގެ ހަރަކާތްތަކަށް ހުއްޓުމެއް އައުމާއެކު އޭނާ އެނބުރި ރީއާނަށް ބަލައިލީ ގަބޫލުނުކުރެވިފައެވެ. ކުރިމަތީގައި އެއިނީ ރީއާންކަމާ މެދުވެސް މިހާރު އޭނާއަށް ޝައްކެވެ. ފެންނަމުން މިދަނީ މީގެކުރިން ރީއާންގެ ފުށުން ފައުޅުވި އަސަރުތަކެއް ނޫންވިއްޔާއެވެ.

"ގުޑް ނައިޓް.. މާދަން އޮފީހުން ބައްދަލުވާނު.." ބޮނޑުވައި އިނގިލީގެ ނުފުށުން ރާޔާގެ އަތުގައި ފިރުމައިލަމުން ރީއާން ބުނެލީ އުއްމީދުން ފުރިގެންވީ ރާގަކަށެވެ. ހުއްޓުން އަރައިފައި އިރުކޮޅަކު އިނުމަށްފަހު ރާޔާ ލަސްލަހުން ބޯޖަހައިލިއެވެ. އޭނާގެ އަތުން ރީއާން ދޫކޮށްލީ އޭގެ އިރުކޮޅެއް ފަހުންނެވެ. ދެލޯ ކުރިމަތިން ރާޔާ ގެއްލެން ރީއާން ނޭދޭ ކަހަލައެވެ. އޭނާ ގޮސް ގެއަށް ވަންނަންދެން ބަލަން އިނުމަށްފަހު ހިނިގަނޑެއް ޖަހައިލަމުން އިސްތަށިގަނޑުގައި ރީއާނަށް އަންހިންގައިލެވުނެވެ. އޭނާގެ އަމަލުތަކާމެދު ޚުދު އޭނާވެސް ވީ ސުވާލުއުފެދިފައެވެ. ހާމަވި ހަގީގަތްތަކަށްފަހު ރާޔާއާ ދުރުގައި ހުންނަން އޭނާއަށް ކެތްނުވާވަރަށް ދަތިވަނީއެވެ. މޭގައި މަޑުމަޑުން ފިރުމައިލަމުން ރީއާން ކާރު ދުއްވައިލިއެވެ. އޭރުވެސް އޭނާގެ ސިކުނޑީގައިވީ ރާޔާގެ ޚިޔާލުތަކެވެ.

* * * * *

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޓެރަހުގައި ކޮފީ ޖޯޑެއް ހިފައިގެން ހުރި ރީއާން ގާތުގައި ކުދި ފިޔަވަޅުތަކެއްގައި އައިސް ޒައިވާ މަޑުކޮށްލިއެވެ. ރީއާނަށް ބަލައިލަމުން އޭނާ އަހައިލީ ރޭގައި އޭނާ ދިން ރެކޯޑިންގްތައް އަޑުއެހިތޯއެވެ. އެއްފަރާތެއްގައި ހުއްޓުނު ޒައިވާއަށް ބަލައިލަމުން ރީއާން ދޫކޮށްލީ ފުންނޭވާއެކެވެ. އަދި ބޯޖަހައިލަމުން އޭނާ އެހުރިހައި އެއްޗެއް އަޑުއެހިންކަމުގައި ބުނެލިއެވެ.

"ސޮރީ.. ރީއާނަށް ނޭނގި ތި މާޒީ ހޯދަން އުޅެވުނީމަ.. އަހަރެން.. އަހަރެން ބޭނުންވީ ކުއްލިއަކަށް ރީއާނަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބު އެނގެން.." މަޑުމޮޅި ރާގަކަށް ޒައިވާ ބުންޏެވެ. އެއީ މައްސަލައެއް ނޫންކަމުގައި ބުނެ ރީއާން ކުޑަކޮށް ހިނިތުންވެލިއެވެ.

"އަހަރެން ހީކުރީ.. އަހަރެންދެކެ ނުރުހިފަ ކަމަށް ހުންނާނީ.."

"ނޫން.. އައި އެމް ތޭންކްފުލް ޓް ޔޫ.. ޒައި އެގޮތަށް ކަންތައް ނުކުރިނަމަ އަދި އަދަށްދާންދެންވެސް އަހަންނަށް އެ ވާހަކަތަކެއް ނޭނގުނީސް.." ކުޑަކޮށް ޒައިވާއާ ދިމާއަށް ރީއާން އެނބުރިލިއެވެ. އެއަޑު އިވިފައި ޒައިވާ ވެރިކޮށްލީ ހިތި ހިނިތުންވުމެކެވެ. ދެމެދަށް ހިމޭންކަން ވެރިވިއެވެ. ކޮންމެ މީހަކުވެސް ވިސްނަމުން ދިޔައީ ދެން ބުނާނެ އެއްޗަކާ މެދުގައި ކަހަލައެވެ. ދައްކަން ބޭނުން ކިތަންމެ ވާހަކަތަކެއް ހުއްޓެއްކަމަކު ބުނާނެ ގޮތެއް ރީއާނަކަށް ނޭނގުނެވެ. ޒައިވާ ހިތުޖައްސާކަށް ޚުދު އޭނާ ވެސް ބޭނުމެއް ނުވެއެވެ. އެހެނަސް ދައްކަން އޮތީ އެފަދަ ވާހަކަތަކެކެވެ. ހަށިފުރާލީ ނޭވާއާއެކު ރީއާން ޒައިވާއާ ކުރިމަތި ލިއެވެ. ރޭގެ ގިނަ ވަގުތު އޭނާ ހޭދަކުރީ އެކަންކަމާ މެދުގައި ވިސްނައި ފިކުރުކުރާށެވެ. އެ ހަގީގަތްތައް އެނގުމަށްފަހު ދެވަނަ ފަހަރަށް ރާޔާ ދޫކޮށްލުމަކީ އޭނާއަށް ވާނޭކަމެއް ނޫނެވެ.

"ޒައި.. އަހަރެން ވާހަކައެއް ދައްކާލަން ބޭނުން.." ހިމޭންކަން ނައްތައިލަމުން ސީރިއަސް ގޮތަކަށް ރީއާން ބުންޏެވެ.

"ތި ބުނަން އުޅޭ އެއްޗެއް އަހަންނަށް އެނގޭ.. ހާސްނުވޭ.. އަހަންނާ އިންނާނަމޭ ބުނެވުނަތީ އެކަން ކުރާކަށް ރީއާނަށް އެއްވެސް މަޖުބޫރުކަމެއް ނެތް.. ތި ދެމެދަށް އެޅޭ ހުރަހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެން އެދެނީ.. ރީއާން އަށް ތިހިތުގެ ލޯބި ލިބުން.. އަހަރުތަކެއް ކުރިން ގެއްލުނު ލޯބި ކާމިޔާބުވުން.. އަހަރެން ވަރަށް އުފާވާނެ އެ ދުވަހަކުން.. ކަންބޮޑުނުވޭ.. ބައްޕައާ އަހަރެން ވާހަކަ ދައްކާނަން.. އަހަރެން ބޭނުންވާ ގޮތަކާ ބައްޕަވެސް ރުހޭނެ.." އިސްޖަހައިލައިގެން ހުރެ ޒައިވާ ބުނެލީ ރީއާނާ ހަތަރުކަޅި ހަމަކުރަން ނުކެރިގެން ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ރީއާނަށް ހުރެވުނީއެވެ. ޒައިވާގެ ހިތްހެޔޮކަމުން އޭނާގެ ހިތަށް ކުރުވީ ބަޔާންކުރަން ދަތި އިހުސާސެކެވެ. އަދިވެސް އެއީ ކުޑައިރުގައި އޭނާގެ އިހުސާސުތައް އެންމެ ފަސޭހައިން ދެނެގަންނަ އެކުވެރިޔާކަން ގައިމެވެ. އެދެމެދަށް އައި ދުރުކަމުން ޒައިވާ އޭނާއާ ދޭތެރޭގައި ދެކޭ ގޮތް ބަދަލުނުވާކަން ޔަގީނެވެ. ރީއާނަށް ހީނލެވުނީ ބޭއިޚުތިޔާރުގައެވެ. ޒައިވާއާ ގާތްވެލުމާއެކު އޭނާގެ ކޯތާފަތުގައި ފިރުމައިލަމުން ހިތުގެ އެންމެ އަޑިން އޭނާއަށް ޝުކުރުވެރިވިއެވެ. ޒައިވާ އެ ނިންމީ އޭނާއަށް އެހައި ފަސޭހަ ނިންމުމެއް ނޫންކަން ރީއާނަށް އެނގެއެވެ. އެހެނަސް އަމިއްލަ އުފަލަށްވުރެ އޭނާގެ އުފައުވެރިކަން ޒައިވާއަށް މުހިންމުވީތީ އޭނާގެ ހިތުގައި ރީއާނަށް ދެވިފައިވި ޤަދަރު ހާމަވެއެވެ.

"އިރާދަކުރެއްވިއްޔާ ޒައި ދެކެ ވަރަށް ލޯބިވާނެ ކުއްޖެއް ޒައިއަށް ލިބޭނެ.. އަހަރެން ވެސް އެދެނީ ޒައި އުފަލުން ހުރުން.." ރީއާންގެ އޯގާތެރި ބަސްތައްއިވި ޒައިވާ އިސްއުފުލައިލިއެވެ. ކަރުނައިގެ ތެރެއިންވެސް އެމޫނަށް ބަލައިލަމުން ފަނޑު ހިނިތުންވުމެއް އޭނާ ހަދިޔާކޮށްލިއެވެ. އަދި ކުޑަކޮށް ބޯޖަހައިލަމުން ދަނީކަމަށްބުނެ ޓެރަހުގެ ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ޒައިވާ ދަންދެން ބަލަހައްޓައިގެން ރީއާން ހުރީ ޚިޔާލަކަށް ގެއްލިފައެވެ.

* * * * *

ފާއިތުވެދާންފެށި ދުވަސްތަކާއެކު ރީއާންގެ އަމަލުތައް އޭނާއާ މެދުގައި މާބޮޑަށްވެސް ތަފާތުވެއްޖެ ކަމުގެ އިހުސާސު ރާޔާއަށް ކުރެވުނެވެ. ކުރިން ހުންނަ ރުންކުރު ގޮތް އެއްކޮށް އެ މިޒާޖުން ވަކިވީ ކަހަލައެވެ. އެންމެ ފުރަތަމަ އޭނާއާ ދިމާވި ޒުވާނާއާ އަލުން ބައްދަލުވީ ކަހަލައެވެ. ލާނެތްކަމާއެކު ދޭތެރަކުން އޮފީހުގައި އުޅޭއިރުވެސް އޭނާއާ ސަމާސާ ކޮށްލައެވެ. އެއިން މަންޒަރެއް ޒައިވާ އަށް ފެނިދާނެތީ ރާޔާ ހުންނަނީ ކަންބޮޑުވެފައެވެ. ކުއްލިއަކަށް ރީއާނަށް އެހައި ބޮޑު ބަދަލެއް އަންނަންވީ ސަބަބެއް އުޅެ އުޅެ ވެސް ރާޔާ އަކަށް ނުވިސްނުނެވެ. އެއީ އަނެއްކާ އޭނާ ޖައްސާ އެކްޓެއްބާއޭ ހީވެ ރާޔާ ހުންނަނީ ހާސްކަމެއްގެ ތެރޭއެވެ.

އެރޭ ދައިސްއާ ބައްދަލުކުރަން ރާޔާ ނުދިއުމުން އޭނާ ހީކުރީ ދައިސްގެ އުނދަގޫ ބޮޑުވާނެކަމަށެވެ. ނަމަވެސް އެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވުމުން އެކަމާ މެދުގައި ވިސްނައި ބޯހާސްކުރުން ރާޔާ މަދުކޮށްލިއެވެ. އެ އުނދަގުލުން ސަލާމަތް ވެވުނީ ކަމުގައި ހީކުރެވުނެވެ. ނަމަވެސް އެއީ ކޮޅިގަނޑުގެ ކުރިން އެވެރިވާ ހިމޭންކަން ކަމެއް ކުޑަކޮށްވެސް ރާޔާއަކަށް ރޭކާނުލައެވެ. އަމިއްލަ ދިރިއުޅުމާއިގެން ހަމަޖެހިގެން އުޅެން އޭނާ ހިތްވަރުކުރަމުން ދިޔައީ އެހެންވެއެވެ.

އޮފީސް ބަންދު ދުވަހެއްކަމުން ހަވީރުގެ ސަޔަށް ކޮންމެވެސް ހެދިކާއެއް ތައްޔާރު ކުރުމުގައި އަވަދިނެތި ރާޔާ އުޅުނެވެ. އޭނާއަށް ފެންނަ ހިސާބުގައި ސިޓިންގްރޫމް ތެރޭ ކުޅޭ އެއްޗެހިތަށް އަތުރައިލައިގެން ކުޅެން ޔުމްނު އިނެވެ. އަވަނަށް ފިހެން ލައިފައިހުރި ކަޕް ކޭކް ޓްރޭ ނަގަން އޭގައި ހިފައިލި ވަގުތު ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ. އޭނާއަށް އެއްޗެއް ނުބުނެވެނީސް ނޫކް ދޮންބެއޭ ކިޔައި ހަޅޭއްލަވައި ގަންނަމުން ޔުމްނު ދުއްވައިގަތީ ދޮރު ހުޅުވުމަށެވެ. ޔުމްކޮއޭ ކިޔައި ރާޔާ ތަންކޮޅެއް ބާރަށް ގޮވައިލީ އަނޫކް ނަމަ ގޭގެ ބެލް ނުޖަހާނެކަން އެނގުމުންނެވެ. ޓްރޭ ނުނެގެނީސް ގޭގެ ދޮރު ހުޅުވުނު އަޑު ރާޔާއަށް އިވުނެވެ. އަވަސް އަވަހަށް އަވަންތެރަށް ޓްރޭ ކޮށްޕައިލުމާއެކު ދުވަމުން ކަހަލަ ގޮތަކަށް ރާޔާ ސިޓިންގްރޫމް ތެރަށް ނުކުތެވެ. އޭރު ދޮރުހުޅުވި ގޮތަށް ހުއްޓެވެ. ނަމަވެސް ޔުމްނުގެ އެއްވެސް ހިލަމެއް ނެތެވެ. ހާސްވެފައި ހަލުވި ފިޔަވަޅުތަކެއްގައި ރާޔާ އައިސް ދޮރުމަތީގައި ހުއްޓެމުން ބޭރަށް ބަލައިލިއެވެ. ޔުމްނު ފެންނަން ނެތުމުން ކަންބޮޑުވީވަރުން އަޑަށް ބާރުލައިފައި ޔުމްނުއަށް އޭނާ ގޮވައިލިއެވެ. ދެންވެސް އެކުއްޖާގެ ހިލަމެއް ނުވިއެވެ. ގެއަށް އައީ ކާކުބާއޭ ރާޔާގެ ހިތަށް އެރިއެވެ. އަތަށް ލައްވައިފައި އޮތް ފޮތި އަންގިވެސް ނެގުމެއްނެތި ދޮރުލައްޕައިލަމުން ރާޔާ ދުއްވައިގަތެވެ. ދޮރުހުޅުވަން ދިޔަ ގޮތަށް ޔުމްނު އެތެރަށް ނުވަންނަކަން އޭނާ އަށް ޔަގީންވެއެވެ. ޖެހިލުންވީ އެހެންވެއެވެ. ތަންކޮޅަކަށް ދެވުނުތަނާ ގެއަށް ވަންނަން އައި އަނޫކްއަށް ރާޔާ ފެނި ހުއްޓުވިއެވެ. އަނޫކްއަށް ބަލައިލަމުން ހާސްވެފައި ރާޔާ އަހައިލީ އެވަގުތު ގެއަށް އައީ އޭނާތޯއެވެ. ނިތަށް ރޫއަރުވައިލަމުން އަނޫކް ދެފަރާތަށް ބޯހޫރައިލިއެވެ.

"އަހަރެން ހަމަ ދެންމެ މިއައީ.. ކިހިނެއްވީތަ ދޮންތަ މާ ހާސްވެގެން ތިއުޅެނީ.. ކޮބާ ޔުމްކޮ.. އޭނާ އެކަނި ބަހައްޓާފަތަ ނުކުމެގެން ތި އުޅެނީ.." ރާޔާގެ ކޮނޑުގައި ހިފައިލަމުން ފަރުވާތެރިކަމާއެކު އަނޫކް ރާޔާއަށް ބަލައިލިއެވެ. އަނޫކްއަށް ބަލަންހުރި ރާޔާގެ ދުލުން ޔުމްނުގެ ނަން ނުކުތީ ސިއްރެއް ފަދައިންނެވެ. އެއާއެކު އިޚުތިޔާރަކާ ނުލައި އެދެލޯ ފެންކަޅިވެގެން އައި ތަން އަނޫކް ދުއްޓެވެ.

(ނުނިމޭ)

Ads by Ooredoo
  1. ސާބަސް

    އައްދޭ އެއީ އެ މުސްކުޅި ބޭބެ ދައިސް ގަނޑު

  2. ޛސޖދފނ

    ޑހެދުނ×ުނ×ުދނުޗހ×ޖދ88×ދ8ޗކރުދނދޔހޔހެދޔރރނދުދދުނދުދނދުނެުދ×ުުރ82ކ93ޮެމރމޗުދޖދުދިޖސޖޖޖސސޖޖދޖ8ިނހ8ފރނނދރރތ

  3. އެދައަސްގަނޱަކޮންމެސްގޮތެއްހަދާބަލަބޮުޱުއުދަގުލެއް