ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"އަހަރެން ހަމަ ދެންމެ މިއައީ.. ކިހިނެއްވީތަ ދޮންތަ މާ ހާސްވެގެން ތިއުޅެނީ.. ކޮބާ ޔުމްކޮ.. އޭނާ އެކަނި ބަހައްޓާފަތަ ނުކުމެގެން ތި އުޅެނީ.." ރާޔާގެ ކޮނޑުގައި ހިފައިލަމުން ފަރުވާތެރިކަމާއެކު އަނޫކް ރާޔާއަށް ބަލައިލިއެވެ. އަނޫކްއަށް ބަލަންހުރި ރާޔާގެ ދުލުން ޔުމްނުގެ ނަން ނުކުތީ ސިއްރެއް ފަދައިންނެވެ. އެއާއެކު އިޚުތިޔާރަކާ ނުލައި އެދެލޯ ފެންކަޅިވެގެން އައި ތަން އަނޫކް ދުއްޓެވެ.

Ads by Hajj Corporation

"ދޮންތާ... ވަޓްސް ރޯންގް.. ޔުމްކޮ ކޮބާތަ.. ކީއްވެ ތި ރޮނީ؟" ކަންބޮޑުވެފައި ރާޔާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އަނޫކް އަހައިލިއެވެ. އޭރު ރާޔާގެ ހާލު ފެނި އޭނާވެސް ވީ ހާސްކަމެއްގެ ތެރޭގައެވެ. ޔުމްނުގެ ނަން ކިޔުމުން ރާޔާ އެހައި ވަރަށް ހިތުގައި ޖެހެންވީ ސަބަބެއް އަނޫކްއަކަށް ނުވިސްނުނެވެ.

"ޔުމް.. ކޮ.. ނެ.. ނެތް" އަނޫކްގެ ދެލޮލަށް ބަލައިލަމުން ރާޔާ ބުނެލީ ގަދަކަމުންނެވެ. އަރުތެރެބެދި ވާހަކަދައްކަން އޭނާއަށް ދަތިވީއެވެ. ރާޔާ ބުނި އެއްޗެއް ނުވިސްނުނު މީހަކުފަދައިން އަނޫކްގެ ނިތަށް ރޫތައް ޖަމާވެގަތެވެ. ޔުމްނު ދިޔަތަނަކާ މެދު އޭނާ ރާޔާއާ ސުވާލުކުރިއެވެ. ދޭނެ ޖަވާބެއް ޚުދު ރާޔާއަކަށް ވެސް ނޭނގުނެވެ. ހުއްޓުން އަރައިފައި ރާޔާ ހުންނަން ފެށުމުން އޭނަގެ އަތުގައި ހިފައިގެން އައިސް އަނޫކް ގޭތެރަށް ވަނެވެ. ގަދަހަދާލަން އުޅެފައިވެސް ރާޔާ ހިމޭންވީއެވެ. ގޭތެރަށް ނަޒަރެއް ދެމުން ރާޔާ ގެނެސް ސޯފާގައި ބޭނދިއެވެ. ވީގޮތެއް ރާޔާ ކުރެ އަހަން އަނޫކް މަސައްކަތް ކުރިއެވެ. ހިތްވަރުކޮށްފައި އަމިއްލަ ނަފުސަށް މަޖުބޫރު ކުރާ ހާލު ކަންތައްވީ ގޮތް ރާޔާ ކިޔައިދިނެވެ. އަނޫކްގެ ހާސްކަން އިތުރުވީ ދެނެވެ. އިންތަނުން ތެދުވެގެން ގޮސް ގޭތެރޭގެ ހުރިހައި ދިމާއެއް އޭނާ ބެލިއެވެ. ސިޓިންގްރޫމަށް އޭނާ ނުކުތް ވަގުތު ރާޔާގެ އަތުގައި އޮތް ފޯނު ރިންގްވާން ފެށިއެވެ. ފޯނަށް ބަލަން ރާޔާ އިންގޮތްފެނި އަނޫކް ސުވާލުއުފެދޭ ގޮތް ވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ރާޔާ ގާތުގައި އޭނާ އިނށީނެވެ. ނުދަންނަ ނަންބަރެއް ކަމުން ރާޔާ އިނީ ދެ ޚިޔާލެއްގައެވެ. ނަމަވެސް އަނޫކްގެ އެދުމަށް ފޯނު ނަގައި އޭނާ ކަންފަތުގައި ޖަހައިލިއެވެ. އިވުނު އަޑުން ސިހިފައި އިންތަނުން ރާޔާއަށް ތެދުވެވުނު ގޮތްވެސް ނޭނގެއެވެ. އެއީ ދުވަހަކުވެސް އޭނާއަށް އޮޅޭނެ އަޑެއް ނޫނެވެ.

"ހިތުން އަހަންނަށް ދޯކާ ދީފަ ވަރަށް ހަމަޖެހިފަދޯ ތިހުންނަނީ.." އިވުނީ ދައިސްގެ ނުރުހުމުގެ އަޑެވެ. ހިންދިރުވައިލަމުން ގާތުގައި އިން އަނޫކަށް ރާޔާއަށް ނަޒަރެއް ދެވުނެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އިރުކޮޅަކު ހިމޭނުން ރާޔާ ހުއްޓެވެ. "އަހަރެން ބުނީމެއްނު، އަހަރެން އެދޭ ގޮތަށް ކަންތައް ނުކޮށްފިނަމަ އޭގެ ފަހުގައި ހިނގާ އެއްވެސް ކަމެއްގެ ޒިންމާއެއް އަހަރެން ނުނަގާނަމޭ.. ޔުނާލްގެ ދަރިއެއްކަމަކު ޔުމްނު ރާޔާއަކަށް އެހާ މުހިންމެއްނޫން ދޯ.. އެހެންނޫންނަމަ އަހަރެންގެ ބަސް ގަބޫލުކޮށް އަހަންނާ ބައްދަލުކުރަން އެރޭ ރާޔާ އަންނާނެ.." ހަމަޖެހިލައިފައި ދައިސް ބުންޏެވެ. ދެލޯބޮޑުކޮށްލެވުމާއެކު ރާޔާއަށް އަނގަމަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ. ހިތާހިތުން ޔުމްނުގެ ނަން ކިޔައިލެވުނުއިރު ރާޔާގެ ދެލޯވީ ކަރުނުން ފުރިފައެވެ.

"ކާކުތަ؟" ރާޔާއަށް އައި ބަދަލު ފެނިފައި އަނޫކް އަހައިލިއެވެ. އެއްވެސް އެއްޗެއް ބުނަން ރާޔާއަށް ދަތިވިއެވެ. ދައިސްގެ ވާހަކަ އޭނާ އެއްވެސް މީހެއް ގާތުގައި ނުބުނެއެވެ. އެނުލާ މީހާގެ ހިޔަނި އޭނާ ލޯބިވާ އެއްވެސް މީހެއްގެ ދިރިއުޅުމަށް އެޅޭން ނޭދޭތީއެވެ.

"ޔުމްނު ދެކެ ކަލޭ ކުޑަކޮށްވެސް ލޯބިވާނަމަ ދެންވެސް އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރޭ.." ދައިސްގެ އަޑުގައިވީ އަމުރެވެ. ރާޔާ އަށް ހިންދިރުވައިލެވުނީ ބޭއިޚުތިޔާރުގައެވެ. ސިއްރެއް ފަދައިން ދައިސްގެ ނަން އޭނާގެ ދުލުން ނުކުތީ ބޭއިޚުތިޔާރުގައެވެ. ކުއްލިއަކަށް ރޮއެގަންނަމުން ޔުމްނުއަށް އެއްވެސް ގެއްލުމެއް ނުދޭށޭ ކިޔައި ރާޔާ ހަޅޭއްލަވައިގަތެވެ. އޭނާ ހަމައިން ނެއްޓީފަދައެވެ. ގާތުގައި ހުރި އަނޫކް ވެސް ދިޔައީ ސިއްސައިގެނެވެ. ރާޔާގެ ކޮނޑުގައި ހިފައި އޭނާއަށް ބާރުކޮށްލެވުނެވެ. އަދި ފޯނު ރާޔާ އަތުން އަތުލަމުން ކަންފަތުގައި ޖަހައިލީ ކާކުތޯ ރާޔާ ގާތުގައި ތަކުރާރުކޮށް އަހަމުންނެވެ. ނަމަވެސް އަނޫކްއަށް އެއްޗެއް ބުނެވުމުގެ ކުރިން ކޯލު ކެނޑިއްޖެއެވެ. އެނަންބަރަށް ގުޅަން އުޅެފައި އަނޫކް ބަލައިލީ ރާޔާއަށެވެ. އެ ގުޅީ ކާކުކަން ރާޔާއަށް އެނގޭކަން އޭނާއަށް ޔަގީނެވެ. އަނޫކްއަށް ބަލައިލަމުން ދެފަރާތަށް ރާޔާ ބޯހޫރައިލިއެވެ. އަދި އޭނާގެ ގައިގައި އޮޅުލައިގަންނަމުން ޔުމްނު ގެނެސްދިނުމަށް އެދި އާދޭސްކޮށްލިއެވެ.

"ވެގެން އުޅޭ ގޮތެއްވެސް ސާފުކޮށް ބުނީމައެއްނު އަހަންނަށް ކަމެއް ކުރަންވެސް އެނގޭނީ.. ބުނެބަލަ.. ކާކުތަ އެގުޅީ.." ރާޔާ ކުޑަކޮށް ދުރުކޮށްލަމުން އަނޫކް އަހައިލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ރާޔާ ނުބުނަން އުޅޭތީ އޭނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

"ދަ..ދަ.. ދައިސް.." ގިސްލެވޭވަރުން ވާހަކަ ދައްކަން އުނދަގޫވެފައި ހުރެ ރާޔާ މަޑުމަޑުން ބުނެލިއެވެ. އިވުނު އަޑާމެދު ޔަގީންނުވެފައި އަނޫކްއަށް ހުރެވުނީއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން ދައިސްވީ ޖަލުގައި ނޫންހޭ އޭނާ ބުންޏެވެ. ނޭފަތް އެތެރަށް ދަމައިލުމާއެކު ރާޔާ ނޫނެކޭބުނެ އަނޫކްއަށް ބަލައިލިއެވެ. އެދެލޮލުން އޭނާ އާދޭސްކުރާވަރު ހާމަވާން ހުއްޓެވެ. ސޯފާގައި ރާޔާ ބައިނދަމުން އޭނާއަށް ހުރިހައި ވާހަކަތަކެއް ކިޔައި ދިނުމަށް އަނޫކް އެދުނެވެ. ޔުމްނު ސަލާމަތުން ގެނެވޭނީ އޭރަށްނޫންހޭ އޭނާ ބުނެލިއެވެ. ގަދަކަމުން ކަށީނެތް ހިތްވަރުނެރި ދައިސްއާ ބައްދަލުވި ގޮތާ އެހިސާބުން ފެށިގެން ކަންތައްވަމުން އައި ގޮތް އޭނާ ކިޔައިދިނެވެ. ދެލޯބޮޑުކޮށްލަމުން އަނޫކް ތެދުވީ އިނށީދެގެން އިންނަން އުނދަގޫވުމުންނެވެ. އޭނާ އަމިއްލައަށް އެފަދަ ނުރައްކާތެރި އިންސާނަކާ ކުރިމަތިނުލެވޭނެކަން ވިސްނި އަނޫކް ފޯނު ނަގައި ގުޅައިލީ ސަމަދަށެވެ. ހާސްވީވަރުންގޮސް އޭނާއަށް ވެސް ހަދާނެ ގޮތެއް ނުވިސްނުނީ ކަހަލައެވެ.

ހޫނުކަމާއެކު އެޚަބަރު ޖީލާނާއި ޒައިވާއަށް ވެސް ލިބުނެވެ. ތެޅިފޮޅެމުން އެމީހުންވެސް އަވަސްވެގަތީ ރާޔާ ގާތަށް ދިއުމަށެވެ. އަވަސް އަރުވައިލައިފައި ގެއިން ނުކުންނަންދިޔަ ޒައިވާފެނި ރީއާން ސުވާލުކޮށްލިއެވެ. ޒައިވާގެ ހަރަކާތްތަކުން ކޮންމެވެސް ބޮޑުކަމެއް ވީއޭ އޭނާއަށް ހީވިއެވެ. ކުރުގޮތަކަށް ވެގެން އުޅޭގޮތް އޭނާ ރީއާނަށް އޮޅުންފިލުވައި ދިނެވެ. ދައިސްގެ ނަން އިވުމާއެކު ރީއާނަށް މުށްކަވައިލެވުނެވެ. އޭނާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ވަގުތުން ކާރު ގަރާޖުން ނެރެމުން ސަމަދާއި ޒައިވާ ގޮވައިގެން އޭނާ މިސްރާބުޖެހީ ރާޔާމެން ގެއަށެވެ. އޭރު ރުޅިއައިސްގެން ގޮސް އެދެލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ. ދައިސްގެ އަމަލުތައް ހައްދުފަހަނައަޅައި ދަނީ ކަމުގައި އޭނާ ނިންމިއެވެ. ކޮންމެވެސް ގޮތަކުން ދައިސްއަށް ރަނގަޅު ފިލާވަޅެއް ދިނުމަށް އޭނާ ބޭނުންވިއެވެ.

އިސްޖެހިފައި ސޯފާގައި ރޯން އިން ރާޔާ ބަލައިލީ ގޭތެރަށް ބަޔަކު ވަދުމުންނެވެ. އަނޫކްގެ ފަހަތުން އައި މީހުނަށް އޭނާ ނަޒަރު ހުއްޓައިލިއެއްކަމަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. ރާޔާގެ ހާލު ދެކެން ދުރުގައި ރީއާނަކަށް ކެތެއްނުވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނާ އައިސް ރާޔާ ގާތުގައި އިނށީނަމުން އޭނާގެ ދެއަތުގެ ތެރަށްލައި ފިއްތައިލިއެވެ. ނުހަނު ލޯބިން ރާޔާގެ ބޮލުގައި ފިރުމައިލަމުން ޔުމްނުއަށް އެއްވެސް ގެއްލުމެއް ނުވާނޭ އޭނާ ބުންޏެވެ. ކޮންމެފަދަ ހާލަކުންވިއަސް އިރާދަކުރެއްވިއްޔާ ސަލާމަތުން ހެޔޮހާލުގައި ރާޔާ ގާތަށް ޔުމްނު ގެނެސްދޭނަން ކަމުގައި ރީއާން ބުނެލިއެވެ. ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ ރީއާންގެ ވާހަކަތަކުންނެވެ. އެއަޑުގައިވި ޔަގީންކަމުންނެވެ. ބަހެއް ނުބުންޏެއްކަމަކު ރާޔާ ކުޑަކޮށް ބޯޖަހައިލިއެވެ. އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ދުރުގައި ޒައިވާ ހުއްޓެވެ. ރިހެމުންދިޔަ ހިތަށް ވިސްނައިދެމުން އޭނާ ފަނޑުގޮތަކަށް ހިނިތުންވެލިއެވެ.

ކުޑަކޮށް ރާޔާ ހަމައަކަށް އެޅުމާއެކު އިންތަނުން ތެދުވެ ރީއާން ކުޑަކޮށް ދުރަށް ޖެހިލިއެވެ. ޖީބުގައި އޮތް ފޯނު ނަގައި ކޮންމެވެސް ނަންބަރަކަށް ގުޅާލަމުން އޭނާ ކަންފަތުގައި ފޯނު ޖައްސައިލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ވަރަށް އަވަހަށް ބައްދަލުކޮށްލަން ބޭނުންވާ ކަމުގައި ބުންޏެވެ. އަންނަންވީ ތަން އެމީހަކަށް ރީއާން އޮޅުންފިލުވައިދެމުން ފޯނު ބާއްވައި އެނބުރި ރާޔާއަށް ބަލައިލިއެވެ.

"އަހަރެން މިގުޅީ އަތީފްބެއަށް.. ހީ އިޒް އަ ސީނިއާރ ޕޮލިސް އޮފިސަރ.. ކުޑައިރުކޮޅެއްގެ ތެރޭ އަތީފްބެ އަންނާނެ.. ވީ ނީޑް ދެއަރ ހެލްޕް.. އަހަރެން އަމިއްލައަށް މިކަމާ ކުރިމަތިލާން ވެއްޖެނަމަ ކޮންމެފަދަ ނަތީޖާއެއްވެސް ނުކުމެދާނެ.. ރައްޔު.. ހާސްނުވޭ.. އަތީފްބެއަށް ހުރިހާ ވާހަކަތަކެއް ކިޔާދީ.. ހީ ވިލް ހެލްޕް އަސް.." ރާޔާގެ އަތުގައި ހިފައި ފިތައިލަމުން ރީއާން ބުނެލީ އޯގާތެރިކަމާއެކުއެވެ.

އަތީފް އަކީ އެއާއިލާއާ ނުހަނު ގާތް ފަރާތެކެވެ. އުސައިދުގެ ދަރިއަކަށް ރީއާން ވީތީ އޭނާދެކެ އަތީފް ނުހަނު ލޯބިވެއެވެ. ރީއާންގެ ކޯލާއެކު އެންމެ ސުކުންތުކޮޅެއްވެސް ލަސްނުކޮށް ރާޔާގެ ގެއަށް އޭނާ އައީ އެހެންވެއެވެ. އަތީފް އައީ އެކުގައި މަސައްކަތްކުރާ ދެތިން މީހަކުވެސް ގޮވައިގެނެވެ. ރާޔާގެ ވާހަކަތައް އަޑުއެހުމަށްފަހު އެކި އެކި ސުވާލު އޭނާ ކުރިއެވެ. މުހިންމު ކޭސް އެއްގެ ގޮތުގައި އެކަން ފައިލް ކުރުމަށް ގާތުގައިތިބި އެކުވެރިންނަން އޭނާ އެންގިއެވެ. މައްސަލައިގެ ގޮތުން އެކަމާ ކުރިމަތިލާން ޖެހޭނީ ވަރަށް ކެރިގެން ކަމުގައި އަތީފް ބުންޏެވެ. ދައިސްއާ ކޮންމެސް ގޮތަކުން ރާޔާ ބައްދަލުކުރަން ޖެހޭނެކަން އަންގައިދިނެވެ. އަތީފް އަކީ ދުރުވިސްނޭ މީހެކެވެ. މިފަދަ އެތައް ކޭހަކާ ކުރިމަތިލައިފައި ހުރި މީހެކެވެ. ކަންތައްކުރަންވީ ގޮތް އެހައި ފަސޭހައިން އޭނާގެ ސިކުނޑިއަށް ވިސްނުނީ އެހެންވެއެވެ. ހުރިހައި އެންމެނަށް އިރުޝާދުތައް ދިނީ ވެސް ޚުދު އޭނާ އަމިއްލައަށެވެ. އަދި ރާޔާ ގާތުގައި ލަސްނުކޮށް ދައިސްއަށް ގުޅުމަށް އޭނާ އެދުނެވެ. ޖެހިލުންވީ ވަރުން ރާޔާއަށް ބަލައިލެވުނީ ގާތުގައި އިން ރީއާން އަށެވެ. މަޑުމަޑުން ރާޔާގެ ކޮނޑުގައި ފިރުމައިލަމުން ރީއާން ބޯޖަހައިލީ އަތީފް ބުނާ ގޮތަކަށް ކަންތައް ކުރާށޭ ބުނާފަދައިންނެވެ. ހިންދިރުވައިލަމުން އަތުގައި އޮތް ފޯނަށް އޭނާ ބަލައިލިއެވެ. އަދި ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ދައިސް ގުޅި ނަންބަރަށް ގުޅައިލިއެވެ. އިރުކޮޅަކު ރިންގް ވުމަށްފަހު ދައިސް ފޯނު ނެގުމުން ރާޔާއަށް ލިބުނީ ހާސްކަމެވެ. އެހެނަސް ހިތްވަރުކޮށްފައި އަތީފް އެދުނު ފަދައިން އޭނާ ދައިސްއާ ކުރިމަތިލިއެވެ. ދައިސް ބޭނުންވާ ފަދައިން އަމަލުކުރަން އޭނާ ހުރީ ތައްޔާރަށް ކަމުގައި ބުނެލިއެވެ. ޔުމްނުއަށް ކުޑަވެސް ގެއްލުމެއް ނުދިނުމަށް ރާޔާއަށް އެދެވުނީ ހިތުގައި އިންތިހާއަށް ޖެހިފައި އިނދެއެވެ.

ދައިސް ބޭނުންވި ގޮތް ހާމަކޮށްލުމާއެކު އޭނާ ކޯލު ކަނޑައިލީއެވެ. އޭނާ އެދުނީ ހަދަން ފަށައިފައިހުރި ފަޅު ގެއަކުން އޭނާއާ ރާޔާ ވަކިން ބައްދަލުކުރުމަށެވެ. އަދި އެކަމާ ދެކޮޅަށް އެއްވެސް ކަމެއް ކޮށްފިނަމަ ޔުމްނު ސަލާމަތެއްނުވާނޭ ކިޔައި އެތައް އިންޒާރެއް ދިނެވެ. ފޯނު ކަންފަތާ ދުރުކޮށްލަމުން އޭނާގެ ކުރިމަތީގައި ހުއްޓިހުރި އަތީފަށް ރާޔާ ބަލައިލީ ދެން ހަދަންވީ ކިހިނެއްހޭ އަހައިލާފަދަ ގޮތަކަށެވެ. ދެފަރާތުގައި ތިބި ދެމީހުނަށް ބަލައިލަމުން އަތީފް ކުޑަކޮށް ބޯޖަހައިލިއެވެ. އެ އިޝާރާތް ވިސްނުނު ފަދައިން އެމީހުން މިސްރާބުޖެހީ އެގެއިން ނުކުތުމަށެވެ.

"ލެޓްސް ގޯ.." ރާޔާއަށް ފުންނަޒަރަކުން ބަލަންހުރެ އަތީފް ބުންޏެވެ.

"ކޮންތާކަށް.." މުށުގައި އޮތް ފޯނަށް ބާރުކޮށްލަމުން ރާޔާ އަހައިލިއެވެ.

"ދައިސްއާ ބައްދަލުކުރަން.." ސީރިއަސް ރާގަކަށް އަތީފް ބުންޏެވެ. ހިތްބިރުގަނެފައި އިނދެ ރާޔާ މަޑުމަޑުން އިންތަނުން ތެދުވިއެވެ. ޔުމްނުއަށްޓަކައި ވެސް މިއަދު އޭނާ ހިތްވަރުކުރަން ޖެހޭނެކަމަށް އަމިއްލަ ހިތަށް ބުނެދެމުންނެވެ. ދައިސްއާ ކުރިމަތިލައި އޭނާ ބަލިކޮށްލުމަށް އަމިއްލަ ނަފުސަށް ވަޢުދު ވަމުންނެވެ. އެވިސްނުމާއެކު ރާޔާއަށް އައު ހިތްވަރެއް ލިބުނުފަދައެވެ. އަތީފަށް ބަލައިލަމުން ރާޔާ ބޯޖަހައިލީ ޔަގީންކަމާއެކުއެވެ. މިކަން ކޮންމެ އެއްކޮޅެއްގައި ޖައްސަން ނިންމަމުންނެވެ.

(ނުނިމޭ)

  1. މިނޫ

    ވވވރީތިދައިސްގަނޱުހައްޔަރުކުރޭ

  2. އިނާން

    ކިޔާ ހިތްވެފަ ހުރި ވަރުން ވާހަކަ ކުރުހެން ވެސް ހީވޭ.. މާޝަ ه ވަރަށް ފުރިހަމަ�❤❤