ޚަބަރު ސިޔާސީ

މޮސްޓާ, ނަޝީދަށް: ހިތުން މަންޑޭލާ, ކަމުން މުގާބޭ! ނާޒިމަށް ޙައްޤު ހޯދައިދޭން އަވަހަށް ދޭ ޔޫކޭއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ), ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ބަންގުލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ނާޒިމް ޢަބްދުއްސައްތާރު މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

ކޮއްކޯފުޅު ނާޒިމް ހައްޔަރުކުރުމާ ގުޅިގެން ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނާޒިމް ހައްޔަރުކޮށްފައިވާ ކަމަށާއި, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނާޒިމް ހައްޔަރުކުރީ ޖިނާއީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒުން އެކަން ކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި މޮސްޓާ ވިދާޅުވީ
ނަޝީދަކީ ''އިންސާފޭ, ޙައްޤުތަކޭ ކިޔާފައި އަނގަ ހުޅުވޭވަރު މީހެއް ނޫން'' ކަމަށެވެ. އަދި ''ކަލޭގެ ހުރިހާ ކަމަކީ އަންބޮނޑި ބޮޑު ކުރުމާއި ޤާނޫނު އަށްވުރެން މަތީގައި ދިރިއުޅުން ހޯދަން ކުރިކަންކަން'' ކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.

''ބަލަ ކަލެއާއި ކަލޭގެ އާއިލާ އަކީ ޤާނޫނު ނުހިނގާ ބައެއް ކަމަށް ކަލެއަށް ހީވަނީތަ. ލޮލަށް ފެންނަ ކަންތައްތަކުގެ މައްޗަށް ވެސް ކަލޭގެ މޮޅު ޑިމޮކްރަސީ ހިތުން މަންޑޭލާ... ކަމުން މުގާބޭ... އަވަހަށް ދޭ ޔޫކޭ އަށް ކޮއްކޯފުޅަށް ބޭނުން ޙައްޤު ހޯދަދޭން'' މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ނަޝީދު މިހާތަނަށް ކުރި ހުރިހާ ކަމަކީ އަންބޮނޑި ބޮޑުކުރުމާއި ޤާނޫނަށްވުރެ މަތީގައި ދިރިއުޅުން ހޯދަން ކުރި ކަންކަން ކަމަށެވެ.

''މިއަދު އެންމެނަށް ވެސް އެނގޭ ތީހަމަ ލާދީނީ ފަތުރަން ފޮނުވާފައި ހުރި ޕަޕެޓެއްކަން'' މޮސްޓާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހުސެއިން

    މޮސްޓާ އެވިދާޅުވީ ކަންއޮތްގޮތް، ތިވަރުގެ ތެދުބަހެއް ބުނި އިންސާނަކު ނުދެކެން މީވީ 15 އަހަރުގަވެސް، މޮސްޓާއަށް ސެލިއުޓްކުރަން

  2. ހަސަން

    އަތުންފައިން މަސައްކަތެއްނުކޮށް ހުޅަގުން ތަމްރީނުކޮށް ފޮނުވި ގޮތަށް ދިވެހި ރައްޔިތުން ގުބޯ ހައްދައިގެން ގައުމުގެ ސިޔާދަތު އަވަށްޓެރި ގެރިއަށް ވިއްކައޮގެން ޖީއެމްއާރާ އެނޫން ތަންތަނުން ނެގި ރިޝްވަތު 800 މިލިޔަން ޑޮލަރަށް އަރާ. ޔޫކޭގެ އެ×ޗްއެސްބީގަ އެކައުންޓްގައި ފައިސާ ހުރީ. ލާދީނިއްޔަތާ ފިރިހެންކުޅި އާ އަންހެންކުޅި ފަތުރައިގެން އެލްޖީބީޓީ ހައުސް ރާއްޖޭގަ މިހުޅުވީ. ކޮއްކޮ ފިރިހެންކުޅި މި ގައުމުގަ ފަތުރަނީ. ދައްތަ އަންހެންކުޅި ނިއުޒެލެންޑްގަ ފަތުރަނީ. ބައިތުލް މާލް ޖީބަށް ކަހަނީ. ގައުމުގެ ސިޔާދަތު ވިއްކައިގެން އެވަރަށް ޖީބަށް އެބަ ޖަމާކުރޭ.
    ދެން މީ ބޮޑު ވސބާއެއ ނުންހޭ؟