ޚަބަރު ސިޔާސީ

ޤާސިމަށް ކެހިދިން ރިޔާޟަށް ޝުޖާގެ ރައްދު: އުސްފަސްގަނޑުގަ ރާ ބޮއި ހަދަން ޖާގަދިނީ ކަލޭގެ ސީޕީކަމުގަ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދިވެހި ފުލުހުންގެ ޚިދުމަތް ''ޚަރާބުކޮށް'' , ކޮންމެ މީހަކަށް އެ މީހަކު ބޭނުން ގޮތަކަށް އުޅުނަސް ''އޯކޭ'' ކަމަށް ހެދީ ތިމަރަފުށީ ދާއިރާގެ މެންބަރުކަމުގައި މިހާރު ހުންނެވި ޢަބްދުﷲ ރިޔާޟް ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވިއިރުކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ads by STELCO

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ‏2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ދިވެހި ފުލުހުންގެ ޚިދުމަތައް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށާއި, މިއަދު މި ފެންނަނީ ދިވެހި ފުލުހުން ލައްވައި ރައްޔިތުންނާ ދޭތެރޭ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މަންޒަރުކަމަށް ޝުޖާއު މިއަދު ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ރިޔާޟް ވިދާޅުވީ ‏ރައީސް ޔާމިނުގެ ވެރިކަމުގަ ފުލުހުންގެ ޚިދުމަތް ބޭނުންކުރައްވާފަވަނީ މީހުން ފުރޭމް ކުރުމަށާއި, ޤާނޫނީ އިމުން ބޭރުން މީހުން ހިފައި ހައްޔަރުކުރުމުގައި ކަމަށާއި އޭރު މުޅި މުއައްސަސާ އޮތީ ބޮއްސުންލާފައި ކަމަށެވެ. އަދި އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއް ނެތް ކަމަށާއި, ދެވަނަ ދައުރެއް ޔާމިނަށް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ ކަމަށެވެ.

އެ ގޮތުން ޝުޖާއު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ''ޚަރާބުކޮށް'', ކޮންމެ މީހަކަށް އެ މީހަކު ބޭނުން ގޮތަކަށް އުޅުނަސް ''އޯކޭ'' ކަމަށް ހެދީ ރިޔާޟްގެ ސީޕީކަމުގައި ކަމަށެވެ.

އެ ގޮތުން މާލޭގެ އުސްފަސްގަނޑުގައި އެމްޑީޕީގެ ޓެންޓް ޖަހައި, އެ ތަނުގައި ބޭއަދަބީ އަމަލުތައް ހިންގުމަށް ޖާގަދީ, އެ ތަނުގައި ''ރާ ބޮއި ހެދުމަށް ޖާގަ ދެއްވީ'' ރިޔާޟްގެ ސީޕީކަމުގައި ކަމަށާއި ޤައުމު ޚަރާބުކުރީ ރައީސް ޔާމިނެއް ނޫންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ‏ރިޔާޟަށް ފުރަތަމަ މަޖިލީހަށް ވަޑައިގަނެވުނީ ‎ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެހީތެރިކަމާއެކު ކަމަށާއި ދެ ވަނަ ފަހަރު ވެސް ހަމަ އެ ގޮތަށް ކަމަށެވެ.

''ނަތީޖާއެއްގެ ގޮތުން އޮނަރަބަލް ޤާސިމަށް ވެސް ދިނީ ބޮޑު ކެއްސެއް. މިހާރު ތިޔަ ހުންނެވި ޕާޓީން ނިކަން ހޮވޭތޯ ބަލާބަލަ.'' އެމްއެންޕީގެ ނައިބު ރައީސްކަމުގައި ހުންނެވި ރިޔާޟަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ‏‎‎މުޅި ރާއްޖޭގެ ރައްޔިތުން ވޯޓު ލައިގެން ހޮވާ މަޤާމަކަށް ރިޔާޟް ވާދަކޮށްފިނަމަ ސައްހަ ވޯޓަށްވުރެ ގިނަ ވާނީ ބާތިލު ވޯޓުކަން ކަށަވަރު ކަމަށެވެ. އަދި ވޯޓު ކަރުދާސް ބާތިލް ވާނީ ކަރުދާހުގައި ”ބާޤީއެއް“ މިހެން ލިޔެފައި ވުމުގެ ސަބަބުންކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ޤާސިމަށް ވެސް ރިޔާޟް ދިނީ ބޮޑު ކެއްސެއްކަމަށް ޝުޖާ ވިދާޅުވިއިރު, ރިޔާޟް ޖޭޕީން ވަކިވިތަނާހެން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤާސިމް ވިދާޅުވެފައިވަނީ, ކިނބިދޫ ދާއިރާގެ މެންބަރުކަމަށް ރިޔާޟް އިންތިޚާބުވީ ކިހިނެއްކަން ރިޔާޟަށް އިހްސާސްކުރެވޭނެ ކަމަށެވެ. އަދި ރިޔާޟް ގެންގުޅުނީ ވަރަށް އިތުބާރުކޮށްގެން ކަމަށާއި, ނަމަވެސް ވަަރަށް އިހާނެތި ބަސް ބުނެ ރައްދުކުރަމުންދާ ތަން ނޫސްތަކުން ފެންނަ ކަމަށެވެ.

”އަޅުގަނޑު ދަންނަވާނީ މީހެއްގެ ލަދުހަޔާތް ނެތިގެން ދިޔަސް، ގޮތެއް ނެތިގެން ދިޔަސް، އެވަރުވީމާ ތަންކޮޅެއް ބޮޑުވަރޭ އެއީ.'' ޤާސިމް ވިދާޅުވެފައިވެއެވެ.

Ads by Allied Insurance
  1. ސިޔާސީ ވަފާތެރި ކެހިވެރިން މިއުޅެނީ ހައްތާވެސް !

  2. ޢަލީމް ޢަލީ

    ބަލަ ޝުޖާ ކަލޭ މަޖިލީހަށް ހޮވުނު ތަ ދެވަނަ ފަހަރަށް ޕީ ޕީ އެމް އިން..ތީ ހުސް އަނގަ ތަޅާ މީހެއް..

  3. މުހަންމަދު

    ތިމަރަ ރިޔާޒަށް ފުއްޕާފައި ފުލުހުންގެ ތެރޭގައި މާބާރުގަދަ މީހަކަސްވެ.. އެހެން އޮފްސަރުންނާއި، ދަށު ރޭންކުގެ މީހުންނާއި ދިމާލަށް ހިތުހުރި އެއްޗެއް ގޮވާލާ ހެދުނީ، އޭރުގެ ކަމިސަނަރު އާދަމް ޒާހިރު ކޮންމެވެސް ގޮތަކަށް މީނަ ދަށުވެފަ ހުރީމަ ލިބުނު ނުވަތަ އާދަމު ޒާހިރު ދިންބާރަކުންނެވެ..މީނާއަށް އަދިވެސް ހީވަނީ މިއުޅެވެނީ އެދުވަސް ވަރުގެ ތެރޭގައި ކަމުގައެވެ.