ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"ދައިސްއާ ބައްދަލުކުރަން.." ސީރިއަސް ރާގަކަށް އަތީފް ބުންޏެވެ. ހިތްބިރުގަނެފައި އިނދެ ރާޔާ މަޑުމަޑުން އިންތަނުން ތެދުވިއެވެ. ޔުމްނުއަށްޓަކައި ވެސް މިއަދު އޭނާ ހިތްވަރުކުރަން ޖެހޭނެކަމަށް އަމިއްލަ ހިތަށް ބުނެދެމުންނެވެ. ދައިސްއާ ކުރިމަތިލައި އޭނާ ބަލިކޮށްލުމަށް އަމިއްލަ ނަފުސަށް ވަޢުދު ވަމުންނެވެ. އެވިސްނުމާއެކު ރާޔާއަށް އައު ހިތްވަރެއް ލިބުނުފަދައެވެ. އަތީފަށް ބަލައިލަމުން ރާޔާ ބޯޖަހައިލީ ޔަގީންކަމާއެކުއެވެ. މިކަން ކޮންމެ އެއްކޮޅެއްގައި ޖައްސަން ނިންމަމުންނެވެ.

Ads by MWSC

ކާރުގައި އައިސް އަތީފް ބުނި ގެ ކައިރިއަށް ރީއާން މަޑުކޮށްލިއެވެ. ކާރުގެ ދުވެލި މަޑުޖެހިލުމާއެކު ފަހަތު ސީޓްގައި އިސްޖެހިފައި އިން ރާޔާ އިސްއުފުލައި ބަލައިލިއެވެ. އުސްއިމާރާތަށް ނަޒަރު ހުއްޓުމާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. އަތީފް އިޝާރާތް ކޮށްލުމުން ރާޔާ ކާރުން ފޭބިއެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ރީއާން ވެސް ފޭބިއެވެ. ރާޔާ ގާތުގައި ހުއްޓިލަމުން އެމޫނުގައި ހިފައި އޭނާއާ ހަތަރުކަޅި ހަމަކުރުވިއެވެ. އަދި ނުހަނު ލޯބިން ބިރު ނުގަތުމަށް ބުނެލިއެވެ. އޭނާ ވެސް އެބަ ހުރީން ކަމުގައި ހަނދާންކޮށްދިނެވެ. ރާޔާ އާއި ޔުމްނުއަށް ކުޑަވެސް ގެއްލުމެއް ދައިސް އަށް ނުދެވޭނެކަމުގައި ހަނދާން ކޮށްދިނެވެ. އެފަދަ ކަމެއް ދައިސް ކުރަން އުޅެއްޖެނަމަ ވަގުތުން އަތީފާއި އޭނާގެ ޓީމް އެތަނަށް ވަންނާނެކަމުގައި ބުންޏެވެ. އަދި އަތީފްއަށް އިތުބާރު ކުރުމަށާއި އޭނާ ބުނާ ގޮތަކަށް ކަންތައް ކުރުމަށް ހިތްވަރު ދިނެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް ރާޔާގެ ތުންފަތުގައި ކުޅެލިއެވެ. ބޯޖަހައިލަމުން އެމީހުންގެ ފަސްފަހަތުން ރާޔާ ހިނގައިގަތެވެ. އަވަސްވެފައިވި ހިތުގެ ހިނގުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ. ވަކި ހިސާބަކުން އަތީފް ހުއްޓުމާއެކު ރާޔާއަށް އިޝާރާތްކުރީ އޭނާ އެކަނި ކުރިއަށް ދިއުމަށެވެ. އޭނާގެ ފަހަތުން އަތީފްގެ ޓީމް ސިއްރުން ހަރަކާތްތެރިވާނެކަމަށް އޭނާ ބުންޏެވެ. ދައިސް ބުނި ދިމާއަށް ރާޔާ މިސްރާބު ބަދަލުކޮށްލިއެވެ. މަޑު ތުރުތުރެއް ހަށިގަނޑުގައި އުފެދިފައި ވީއިރު ރާޔާ ހިތްވަރުކުރަމުން ދިޔައީ ދައިސްގެ ކުރިމަތީގައި އެބަލިކަށިކަން ހާމަނުކޮށް ވޭތޯއެވެ. އޭނާއަށް އެކަން ކުރެވޭނީ ވަރަށް ކެރިގެންކަން ވިސްނުނު ހިނދު ފިޔަވަޅުތައް މަޑުޖައްސައިލަމުން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އަދި އިރުކޮޅެއްފަހުން އަނެއްކާވެސް އޭނާ ކުރިއަށް ހިނގައިގަތެވެ.

މުޅި ސަރަހައްދުގައި ރަސްކަން ކުރަމުންދިޔައީ ފަނޑު އަލިކަމެވެ. ދޮރު ހަރުނުކޮށްހުރި ކޮޓަރިއެއްގެ ކުރިމައްޗަށް ރާޔާ ހުއްޓުމާއެކު އެތެރަށް ނަޒަރު ސީދާ ކޮށްލިއެވެ. އަނދިރިކަމުން މާބޮޑު އެއްޗެއް ވަކިވާ ގޮތެއް ނުވިއެވެ. ތަންކޮޅެއް އެތެރަށް ޖެހިލި ވަގުތު އޭނާގެ އަތުގައި ހިފައި މީހަކު އެތެރަށް ދަމައިގަތެވެ. ދެލޯ ބޮޑުކޮށްލުމާއެކު ރާޔާ އަށް ތެޅިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އެއާއެކު ދައިސްގެ ހުނުމުގެ އަޑު ކަންތުގައި ޖެހުނެވެ. ވަގުތުން ރާޔާ ހިމޭންވެލީ ނަފުސު ތައްޔާރުކޮށްލަން ކަހަލައެވެ. ރާޔާގެ ކޮނޑުގައި ހިފައި އޭނާއާ ދިމާއަށް އަނބުރައިލުމާއެކު އެތަނުން ސްވިޗެއް ދައިސް ޖައްސައިލިއެވެ. މުޅި ކޮޓަރީތެރަށް ފެތުރު އޮރެންޖް އަލީގައި ކުރިމަތީގައި ހިނިއައިސްފައި ހުރި ދައިސްގެ މޫނަށް ރާޔާ ބަލައިލިއެވެ. އެތަން ފެނި ދައިސްގެ ހިނިތުންވުން ފުންވެލިއެވެ. ރާޔާގެ ރުޅިވެރި ނަޒަރުން އޭނާގެ ހިތަށް ކުރުވީ މަސްތުކަމުގެ އިހުސާސެވެ. ރުޅި އައިސްފައި ހުންނައިރު ރާޔާ ވަކިން ލޯބިކަމުގައި އޭނާގެ ހިތް ބުނެލިއެވެ. ކެތްނުވެގެން އުޅުނު މީހަކު ފަދައިން ރާޔާއާ ގާތަށް ދައިސް ޖެހިލިއެވެ.

"އަހަންނަށް އޭރުވެސް އެނގޭ، އަހަރެން ގާތަށް ރައްޔު އަންނާނެކަން.." ރާޔާގެ މޫނުގައި ފިރުމައިލަން އަތް ހިއްލައިލަމުން ދައިސް ބުނެލީ މޮޔައަކު ފަދައިންނެވެ. ބަލާކަށް ނުހުރެ އޭނާގެ ކޯތާފަތުގައި އަތަށް ލެވުނުހައި ބާރެއް ލައިފައި ރާޔާ ޖެހިއެވެ. ލިބުނު ސިހުމުގައި ކޯތާފަތުގައި އަތް އަޅަމުން ދައިސް ބަލައިލީ ހައިރާންވެފައެވެ. އެފަދަ ހިތްވަރެއް ކުރަން ރާޔާއަށް ކެރިދާނެ ކަމަށް ފަހަރެއްގައިވެސް އޭނާ ހިއެއްނުކުރެއެވެ.

"ދުނިޔޭގަ ފިރިހެނުން ހުސްވިއަސް އަހަރެން ކަލޭ ގާތަކަށް ނުދާނަން.. ކިހިނެއް ވެގެންތަ ކަލޭ ތިއުޅެނީ.. އަދިވެސް އަހަރެންނަށް ކުރެވުނު ވަރު ކުޑައީތަ.. ނޫނީ ކަލޭ ހިތްހަމަޖެހޭވަރު ނުވަނީތަ.. އަހަރެންގެ ދިރިއުޅުމަށް ވިހަލަމުން ކަލޭ ތި ދުވަނީ، އަހަރެން ކަލެއަށް ކޮން ގެއްލުމެއް ދީފަ އޮވެގެން.. ޔުނާއަށް އެވަރުކޮށްފަ، އެފަކީރުގެ ފުރާނަ ދިއުމުންވެސް ކަލޭ ހިތްފުރޭވަރެއް ނުވިދޯ.. މިހާރު ތިއުޅެނީ އޭނާގެ ދަރިފުޅުވެސް ހަމަޖެހިގެން ދިރިއުޅުނަ ނުދެން.. ކޮބާ މަގޭ ދަރި.. ޔުމްނު ކޮބާހޭ.." ދަތްކުނޑި ވިކައިލަމުން ރާޔާ ހަޅޭއްލަވައި ގަތެވެ. މޫނުގައި އަތް އަޅައިގެން ހުރެފައި ދައިސް ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ. ރާޔާގެ ވާހަކަތަކުން އޭނާއަށް މާބޮޑު އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. ކުރިއަށް ޖެހިލައި ރާޔާގެ އަތުގައި ގަދަކަމުން ހިފައި އޭނާއާ ދިމާއަށް ދަމައިގަތެވެ.

"ޔުމްނުއާ ދޭތެރޭ އެފަދައިން ކަންތައްކުރަން އަހަންނަށް މަޖުބޫރުކުތީ ރައްޔު.. އަހަރެން ނުބުނަންތަ އެރޭ ނައިސްފިނަމަ މިހެން ވާނޭ.. ހުރިހައި ކަމެއްވެސް ކުރަނީ ރައްޔު.. އެކަމަކު ކުށްވެރިވަނީ އަހަރެން.. ނޮޓް ފެއާރ ދޯ.. އެނީވޭސް.. ކޮންކަހަލަ ބޭކާރު ވާހަކަތަކެއްތަ ތި ދައްކަނީ.. މިވަގުތު ތިވާހަކަތައް އަޑުއަހާކަށް މޫޑެއް ނެތް.. އަހަރެން ބޭނުންވާ ކަންތައް ރައްޔުއަށް އެނގެއެއްނު.. އެކަން ކޮށްދީ.. އޭރަށް ރައްޔު ގާތަށް ޔުމްނު ގެނެސްދޭނަން.. އެންމެ ރަނގަޅެއްނު.." ރާޔާގެ މޫނާއި މޫނު ގާތްކޮށްލަމުން ދައިސް ބުނެލިއެވެ. އެއަޑުގައިވީ މަސްތުކަމެވެ. ރާޔާއަށް އޭނާ ބޭނުންވެފައިވީ މިންވަރެވެ. ސިއްރު ނަޒަރަކުން ރާޔާގެ ބައްޓަން ރީތި ހަށިގަނޑަށް ދައިސް ނަޒަރު ހިންގައިލިއެވެ. އެއާއެކު އިތުރަށް ކެތްކުރުމަށް އޭނާ އަށް ދަތިވިއެވެ. ލަސްލަހުން ރާޔާގެ ހިމަ އުނަގަނޑުގައި ހިފައި އޭނާއާ އިތުރަށް ގާތްކޮށްލިއެވެ. ވާނުވާ ނޭނގޭ ވަރަށް ދައިސްވީ ކެތްތެރިކަން ކުޑަވެފައެވެ. ރާޔާގެ ފަރާތުން އުފާ ހޯދުމަށް ބޭނުންވެފައެވެ. ދޮރުމަތީގައި އައިސް ހުއްޓުނު އަތީފް އޭނާއަށް ނުފެނުނީ އެހެންވެކަން ޔަގީނެވެ. ވަށައިގެންވި ކަންތަކަށްވުރެ އޭނާގެ ހުރިހައި ސަމާލުކަމެއް ހުއްޓިފައިވީ އަތުތެރޭގައި ގައިދު ކޮށްލެވިފައިވީ ހޫރެއްފަދަ އަންހެންކުއްޖާއަށެވެ. އަތީފްގެ ބާރު އަޑުން ހުއްޓައިލުމަށް ގޮވައިލުމުން ވެސް ދައިސްއަށް އެ އަޑު އިވޭކަމަކަށް ނުވިއެވެ. އިތުރަށް ރާޔާއާ އޭނާ ގާތްވެލީއެވެ. ރާޔާއަށް ބަލައިލަމުން ބޯޖަހައިލުމަށްފަހު ކުދި ފިޔަވަޅުތަކެއްގައި އެތެރަށް އަތީފް ވަނެވެ. އޭރު އޭނާގެ ފަހަތުން ޓީމްގެ އެހެން ޕޮލިހުންވެސް އައިސް ދޮރު މަތީގައި ހުއްޓިއްޖެއެވެ. ދައިސްގެ ފަހަތަށް ހުއްޓެމުން މަޑުމަޑުން އޭނާގެ ކޮނޑުގައި އަތީފް ޖަހައިލިއެވެ. ސިހިފައި ރާޔާއާ ދުރުވެލަމުން އޭނާ ފަހަތަށް ބަލައިލިއެވެ. ސީރިއަސް ނަޒަރަކުން އޭނާއަށް ބަލަން ހުރި އަތީފް ފެނި ކުއްލިއަކަށް ދައިސްއަށް ރާޔާ ދުރަށް ކޮށްޕައިލެވުނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ ވަށައިގެން ނަޒަރު ހިންގައިލީ މިވަނީ ކިހިނެއްކަން ނޭނގިފައި ހުރެއެވެ. ގަބޫލުކުރަން ދަތި ގޮތަކަށް އޭނާ ލަސްލަހުން ރާޔާއާ ދިމާއަށް ބަލައިލިއެވެ. މަލާމާތުގެ ބެލުމަކުން އޭނާއަށް ބަލަން ހުރި ރާޔާ ފެނިފައި ދައިސްއަށް ދަތްކުނޑި ވިކައިލެވުނެވެ.

"ކަލޭ ހީކުރީ ކަލެއަށް އެކަނި ކަމަށް ދޯ ކަންކަން ކުރެވޭނީ.. ދެންވެސް ސަލާމަތްވާން ބޭނުންނަމަ ޔުމްނު ވީތަނެއް ބުނޭ.." ދައިސްއާ ދިމާއަށް ބަލަން ހުރެ ރާޔާ ބުންޏެވެ. "އައި ވިލް ނެވާރ ފޮގިވް ޔޫ.." ދެއަތް މުށްކަވައިލަމުން ދައިސް ބުނެލީ ދަތްތައް ޖައްސައި ބާރުކޮށްގެން ހުރެއެވެ. "ކަލޭ އަހަންނަށް މަޢާފު ކުރަން ޖެހޭވަރުކަމެއް އަހަރެން ނުކުރަން.. އަހަންނަށް ހުރިހާ ދެރައެއްދިނީ ކަލޭ.. ބޭކާރު ވާހަކަތައް ނުދައްކާ އަހަރެންގެ ދަރި އަހަންނާ ހަވާލުކުރޭ.." އަތީފްއަށް ނަޒަރެއް ދެމުން ރާޔާ ބުނެލިއެވެ. ވަގުތުން ރާޔާގެ ވާހަކަތަކާ ވިއްދައި އަތީފްގެ ސުވާލުތައް ދައިސްއާ އަމާޒުވެލިއެވެ. ބުނަން ބޭނުން ނުވިއަސް އޭނާއަށް އިތުރު ގޮތެއް ނެތެވެ. ދެވަނަ ފަހަރަށް ޕޮލިހުންގެ އަތްދަށަށް ގޮސްފާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ނަފުސު ރުޅިވެރިކަމުން ވަށައިލިއަސް އެމީހުން ކުރިމަތީގައި އެއިހުސާސުތައް ފައުޅުކުރާން ދައިސް ޖެހިލުންވިއެވެ. ޖެހިގެން ހުރި ކޮޓަރިއަށް އޭނާ މަޑުމަޑުން އިޝާރާތްކުރީ ޔުމްނު ކޮބާތޯ އަތީފް ދެވަނަ ފަހަރަށް އެހުމުންނެވެ. ފަހަރަކަށްވުރެ ފަހަރެއް އެއަޑު ބާރުވަމުން ދިއުމުން އޭނާ ޖެހިލުންވާގޮތް ވީއެވެ. އިތުރު އެއްޗެއް އަތީފަށް ނުބުނެވެނީސް އެކޮޓަރީ ތެރެއިން ޕޮލިހަކު ނުކުމެ ޔުމްނު ސަލާމަތުން ހުއްޓައި ފެނިއްޖެ ކަމުގައި ބުންޏެވެ. އޭރު މައުސޫމު ގޮތަކަށް ނިދައިލައިފައި އެމީހާގެ އަތުތެރޭގައި ޔުމްނު އޮތެވެ. މަގޭ ދަރިއޭ ކިޔައި އެދިމާއަށް ރާޔާއަށް ދުއްވައިގަނެވުނު ގޮތްވެސް ނޭނގެއެވެ. އަތުތެރަށް ޔުމްނު ލަމުން ނުހަނު ލޯބިން އެކުޑަ ހަށިގަނޑުގައި ރާޔާ ބައްދައިލިއެވެ. މެޔާލައި ބޮނޑިކޮށްލަމުން އެކުޑަ މޫނުގެ އެތަން މިތަނުގައި ބޮސްދިނެވެ. ނަމަވެސް ޔުމްނު އެއްވެސް ހަރަކާތެއް ނުކުރީތީ އޭނާ ހާސްވާގޮތް ވިއެވެ. ދައިސްއަށް ބަލައިލަމުން އޭނާ ދެބުމަ ގޮށްޖަހައިލިއެވެ. "ކަލޭ އަހަރެންގެ ދަރިފުޅަށް ކިހިނެއްހެދީ.." ދައިސްއާ ދިމާއަށް ފިޔަވަޅެއް އަޅައިލަމުން ރާޔާ އެއްސެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނު ރީއާން ރާޔާގެ އަތުގައި ހިފައި އޭނާ ހުއްޓުވީ އަތީފް ކޮށްލި އިޝާރާތަށެވެ. ރީއާން ގާތުގައި ރާޔާ ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށް އަތީފް ބުންޏެވެ. ޔުމްނުއަށް އެއްވެސް ކަހަލަގެ ގެއްލުމެއް ވެފައި ހުރިތޯ ރަނގަޅަށް ޗެކް ކުރުމަށް އެދުނެވެ. އަދި ދައިސްގެ އަތުގައި ހިފަމުން ބޮލުން އޭނާ އިޝާރާތްކުރީ އެތަނުން އޭނާއާ އެކުގައ ނުކުތުމަށެވެ.

"އަހަރެން އެއްވެސްކަމެއް ނުކުރަން.. ހުރިހާ ކަމެއްކުރީ މިހިރަ ފެންނަ އަންހެނާ.. އޭނާ އަހަންނަށް އޮޅުވާލީ.. ބޭވަފާތެރިވީ.. މީ ހުސް އޭނާގެ ރޭވުން.. އައި އެމް އިނޮސެންޓް.."ތެޅިގަނެފައި ދައިސް ހަޅޭއްލަވައިގަތެވެ. އެއާއެކު ދައިސްގެ އަތަށް އިހުނަށްވުރެ އަތީފް ބާރުކޮށްލިއެވެ. ދޮރުމަތީގައިތިބި އޭނާގެ ޓީމާ ދައިސް ހަވާލުކުރުމަށްފަހު ގެންދިއުމަށް އަތީފް ބުންޏެވެ. އޭނާގެ އަމުރަށް ކިޔަމަންވަމުން ދައިސް ގޮވައިގެން އެމީހުން މިސްރާބުޖެހީ އެތަނުން ނުކުތުމަށެވެ. ތެޅިފޮޅެމުން އެކި އެއްޗެހި ކިޔައި އޭނާ ހަޅޭއްލަވަމުން ދިޔައެވެ. ދައިސްއަށް ބަލަން ހުރެފައި އަތީފަށް ރީއާން ބަލައިލިއެވެ. "މޭކް ޝުއަރ ހީ ގެޓްސް ވަޓް ހީ ޑިޒާރވް.. ޕްލީޒް.." ރާޔާއަށް ނަޒަރެއް ދެމުން ރީއާން ބުނެލިއެވެ. ކުޑަކޮށް ހިނިތުންވެލަމުން އަތީފް ބޯޖަހައިލިއެވެ. "ކަންބޮޑުނުވޭ.. އޭނާއާ ހަވާލުވެ ހުންނާނީ އަހަރެން.. އަހަރެން ކުރިމަތީ ކޮންމެ ކޮންމެ ވައްތަރެއް ޖައްސާކަށް ނުކެރޭނެ.. އަހަރެންގެ އަތްދަށުން އެހާ ފަސޭހައިން ސަލާމަތެއްވެސް ނުވެވޭނެ.. އޭނާއަށް ހައްގު އަދަބު ލިބޭނެ.. އަހަރެން އެކަން ޔަގީން ކުރާނަން.." ރީއާންގެ ކޮނޑުގައި ކުޑަކޮށް ޖަހައިލަމުން އަތީފް ބުންޏެވެ. އަދި ރާޔާއަށް ބަލައިލަމުން ލަސްނުކޮށް އަވަހަށް ހޮސްޕިޓަލަށް ދިއުމަށް އަތީފް އެދުނެވެ. ޔުމްނުގެ ހާލު އެނގޭނީ އޭރަށޭ ބުނެލިއެވެ. އެއާއެކު ރާޔާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން އެތަނުން ނުކުންނަން ރީއާން މިސްރާބުޖެހިއެވެ. ހަށިގަނޑުގެ ވަރު ދޫކޮށްލަމުން ރީއާންގެ މޭގައި ރާޔާއަށް ލައްވެވުނީ އެފަދަ ހިތްވަރަކަށް ބޭނުންވެފައި ވުމުންނެވެ.

* * * * *

ޑޮކްޓަރު ބައްލަވައިފައި ޔުމްނުގެ އެއްވެސް މައްސަލައެއް ނެތް ކަމުގައި ބުނެލިއެވެ. ހަށިގަނޑަށް އެތެރެވި ކެމިކަލް އެއްގެ ސަބަބުން ޚަބަރު ހުސްވީކަމުގައި ބުންޏެވެ. އަދި އިރުކޮޅެއްފަހުން ޔުމްނު ހޭއަރާނޭ ބުނެލަމުން ހިނިތުންވެލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ރާޔާ އަށް ދޫކޮށްލެވުނެވެ. ޔުމްނު ބާއްވައިފައި އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައި އިނށީދެ އެ ކުޑަ އަތްތިލައިގައި ހިފައިލައިގެން ރާޔާ އިނެވެ. ތަންކޮޅެއް ދުރުގައި ރާޔާގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިލައިގެން ރީއާން ހުއްޓެވެ. އެގޮތުގައި އޭނާއަށް ހުރެވުނީ އިރުކޮޅަކުއެވެ. ރެކޯޑިންގްތަކުން އިވުނު ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމައިލުމުން އިތުރަށް ރާޔާއާ ދުރުގައި އޭނާއަށް ކެތެއްނުކުރެވުނެވެ. އޭނާއަށް ނޭނގި އެތައް ހިތާމަތަކެއް އެއަންހެންކުއްޖާ ބަރުދާސްތުކޮށްފިއެވެ. ދެން އެފަދަ ވޭނަކާއި ހިތާމައެއްގައި ރާޔާ ވާތަން ދެކޭކަށް ދުރުގައި އޭނާއަކަށް ކެތެއްނުވާނެއެވެ. ދުނިޔޭގެ ހުރިހައި އުފަލެއް ރާޔާއަށް ލިބުމަށް އޭނާ އެދެއެވެ. މަޑު ހިނގުމެއްގައި އައިސް ރާޔާގެ އެއްފަރާތުގައި އޭނާ ހުއްޓުނެވެ. އަދި ކަކޫމައްޗަށް ތިރިވެލަމުން ފުންނަޒަރަކުން ރޮވިފައި އިން ރާޔާއަށް ބަލައިލިއެވެ. މީހެއްގެ ހިލަންވެގެން ޔުމްނުގެ މޫނުން ނަޒަރު ވަކިކޮށް ރާޔާ ބަލައިލިއެވެ. އެސްފިޔަވެސް ޖަހައިލުމެއްނެތި އޭނާއަށް ބަލަން އިން ރީއާން ފެނިފައި ރާޔާއަށް ލިބުނީ ހައިރާންކަމެވެ. ކަރުނަތައް އަތުގެ ނުފުށުން ފުހެލަން ރާޔާ އުޅުނު ހިނދު އެއަތުގައި ހިފައި އެކަން ރީއާން މަނާކުރިއެވެ. އަދި ނުހަނު އޯގާތެރިކަމާއެކު ލަސްލަހުން ރާޔާގެ ދެކޯތާފަތް ފުހެލިއެވެ. ސުވާލުގެ ނަޒަރަކުން ބަލަން އިން ރާޔާގެ ދެއަތްތިލައިގައި ހިފައި ރީއާން ބާރުކޮށްލިއެވެ. ހަތަރުކަޅި ހަމަވުމާއެކު ދެހިތް ތެޅިލީ ކެތްނުވާ ވަރަށެވެ. އެކަކު އަނެކަކަށް އިންތިހާއަށް ބޭނުންވެފައިވީ ފަދައިންނެވެ. މަޑުމަޑުން ފެންކަޅިވަމުން ދިޔަ ރީއާންގެ ދެލޮލަށް ބަލަން ހުއްޓުން އަރައިފައި ރާޔާ އިނެވެ. ބުނާނެ އެއްޗެއް ނުވިސްނިފައެވެ.

"އަހަރެންނަށް މަޢާފު ކުރާނަންތަ.." ކުށްވެރިއަކު ފަދައިން ކުރެހިފައިވި އަޑަކުން ރީއާން އަހައިލިއެވެ. އެއަޑު ކަންފަތުގައި ޖެހުމުން ރާޔާގެ ހިތަށް ކުރުވީ ބަޔާންކުރަން ދަތި ފުން އަސަރެކެވެ.

(ނުނިމޭ)

  1. ޖިލީ

    އަޅޭ. ވ.ރީތި
    ވާހަކަ ނިމެން އުޅޭހެން ހީވަނީ މިހާރު

  2. ހައިމް

    ވާއު ހާދަ ރީއްޗޭ
    އިތުރަށް ހަމަ ލޯތްބޭ ވެވެނީ..

  3. ޛޖފޖ

    ޛުތމފިދޔުުދހފހފޖފހުފފޖ

  4. ޚފިފމފޖފނތ

    ﷲފޖފިޖތތޖތ8ތިކތރ

  5. ކިޔުންތެރިޔެއް

    ނައުފާގެ މިވާހަކައަށްވުރެ ކުރީން ގެނެސްދީން ވާހަކަތައް ރީތީ. މިބައިގަ ހިޔާލީ ގޮތަކަށް ފުލުހުންނާއި ދައިސްގެ ސީންތައް ހުރީ. ރިއަލްކަމެއްނެތް. ވެދާނެ އެއީ ނައުފާ ބޭނުންވީގޮތްކަމަށް. ހިޔާލީ ގޮތަކަށް ހުރިހާކަމެއް ގެނެސްދިނުން