ޚަބަރު ޝަރުޢީ ދާއިރާ

ވީޑިއޯއިން ފެންނަނީ ސަލީމް ނޫންކަން ކަށަވަރުވޭ: ފުލުހުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގައި ރައްޔިތުން މަޖލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ފެންނަކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓުކުރި ނަމަވެސް އެއީ ސަލީމް ނޫންކަން ކަށަވަރުވާކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

ފުލުހުން މިހެން ބުނެފައިވަނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގައި ސަލީމް ފެންނަކަމަށް ނޫހެއްގައި ރިޕޯޓުކުރުމުން އެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ސަލީމް ފުލުހަށް މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ފޮނުވި ސިޓީގެ ޖަވާބުގައެވެ.

ސަލީމަށް ފޮނުވި ސިޓީގައި ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ އެކަކީ ސަލީމްކަމަށް ރިޕޯޓުކޮށްފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް ތަޙްޤީޤަށް ބެލެވެން ނެތް ކަމަށެވެ. އަދި ސަލީމް ފެންނަކަމަށް ރިޕޯޓުކޮށްފައިވަނީ ބިދޭސީއަކު ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޢާންމުވި ވަގުތަކަށްވެފައި, އެ ވީޑިއޯތަކުގައި ސިޔާސީ އަދި ދައުލަތުގެ އެކި ފެންވަރުގެ މަޤާމުތަކުގައި ހިމެނޭ މީހުން ތިބިކަން ހާމަވި ދަނޑިވަޅެއްގައިކަމުން އެއީ ސަލީމަށް އަމާޒުކޮށްގެން ނުރަނގަޅު ނިޔަތެއްގައި މަންފާއެއް ހޯދައި އަބުރު ކަތިލުމުގެ ގޮތުން ކޮށްފައިވާކަމެއްކަމަށް ދެކޭނަމަ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވެސް ފުލުހުންގެ ސިޓީގައިވެއެވެ.

އެފަދަ ވީޑިއޯއަކުން ސަލީމް ފެންނަކަމަށް ރިޕޯޓުކުރީ ބަންގްލަދޭޝްގެ އަލަމްގިރި ނަމަކަށް ކިޔާ މީހަކު ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޢާންމުވި ވަގުތެއްގައެވެ. އެ މައްސަލަތަކާ ގުޅިގެން ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

  1. ދެން

    އެއީ ކާކުކަންވެސް ބުނެދީ!