ޚަބަރު ޝަރުޢީ ދާއިރާ

ޝަރުތު ކުރުމަށްފަހު ޝައިޚް ނިޝާން ދޫކޮށްލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި އިސް ދައުރެއް އަދާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާން ބަންދުން ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިޚް ނިޝާން ހައްޔަރުކުރީ މިދިޔަ ޖޫންމަހުގެ 22 ގައެވެ.

ޝައިޚް ނިޝާން ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. 46 ދުވަހަށްފަހު ޝައިޚް ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ.

އެއީ މާލެއިން ބޭރަށް ވަޑައިނުގަތުމަށާއި, ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމަށާއި, ތަޙްޤީޤަށް އެއްބާރުލުން ދެއްވުމަށެވެ.

ޝައިޚް ނިޝާން ދޫކޮށްލާފައި މިވަނީ އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގެތެރެއިން ފުރަތަމަ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން, ނިންމުން ބާތިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ޙުކުމް ކޮށްފައިވަނިކޮށެވެ. އަދި އެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ޝައިޚްގެ ފަރާތުން ނިންމައިފައިވަނިކޮށެވެ.

Ads by Ooredoo
  1. މުސްލިމުން ތިބެނީ ވަރަށްބޮޑު ޝަރުތެއްގެ މަތީގައި އެއީ لا اله الا الله محمد رسول الله މިޝަރުތު މަތީގައި ޢިޤުރާރުވެގެން !