Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމެއް ނޫން: އިބްރާ

ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމެއް ނޫން: އިބްރާ

ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމެއް ނޫން ކަމަށާއި ޤާނޫނުތައް ރަނގަޅަށް ހިންގުންކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

‏ބޮޑެތި ކުށްތައް އާންމުވަނީ ޤާނޫނު ނެތިގެން ޤާނޫނު ހަރުކަށި ނުވެގެނެއް ނޫން ކަމަށާއި, ވެރިންގެ އިޚުލާސްތެރިކަން ނެތުމުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

''ތަޙުޤީގީ އިދާރާތަކުން ފެށިގެން މުޅި ނިޒާމު ވަނީ ކޮރަޕްޓުވެފައި. ހޯދާ ހެއްކާ، ހެކި ހޯދާގޮތާ ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ފުރިހަމަނުވޭ. ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުން.'' ޝިޔާމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އެ ގޮތުން އިބްރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިސްލާމީ ޝަރީޢަތުގައި ހެކި ބޭނުމެއް ނުވޭތޯ ސުވާލު ކުރައްވައިފައެވެ. އަދި ހައްލަކީ އެެއެއް ނޫން ކަމަށާއި ހައްލަކީ ޤާނޫނު ހިންގުންކަމަށް އޭނާ ވިދާޅުވިއެވެ.

''ހައްލަކީ މެންބަރުން ޓްވިޓާއިން ފައިބާ, މަޖިލިސް ތެރޭގައި ނުުކުމެ ތިބެގެން ޤާނޫނު ހިންގަން ހަވާލުކޮށްފަ ތިބި މީހުން ޖަވާބުދާރީ ކުރުވުން. ފުލުހުންނާއި ޕީޖީއާއި ފަނޑިޔާރުން ގެނެސް އަހާބަލަ.'' އިބްރާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް