ޝައިޚް ނިޝާން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށްކަމަށް ހައިކޯޓުން ބުނެފި
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާންގެ ބަންދުގެ މުއްދަތު ތިން ފަހަރަށް އިތުރުކުރީ ރަނގަޅަށްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.
މިދިޔަ ޖޫންމަހުގެ 22 ގައި ހައްޔަރުކުރި ޝައިޚް ނިޝާން 46 ދުވަހަށްފަހު މި މަހުގެ 07 ގައެވެ. ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ.
ޝައިޚް ނިޝާން ބަންދުގައި ބަހައްޓަން 03 ފަހަރެއްގެ މަތިން ނެރުނު އަމުރުތައް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގައި ޙުކުމްކޮށްފައެވެ.
ޙުކުމުގައި ބުނެފައިވަނީ ޝައިޚް ނިޝާންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހެޅިއިރު, ފަހުން ބަންދުގެ މުއްދަތު އިތުރުކުރި އަޑުއެހުމުގައި ވެސް ފުލުުހުން އާ ހެކިތަކެއް ހުށަހެޅި ކަމަށެވެ. އެ ގޮތުން އިންޓެލިޖެންސް ރިޕޯޓާއި އިތުރު ހެކި ހުށަހެޅިކަން ޙުކުމުގައި ފާހަގަކުރިއެވެ. އަދި އެ އިންޓެލިޖެންސް ރިޕޯޓަކީ ޝަރުތު ހަމަވާ ރިޕޯޓެއް ނޫންކަމަށް ޝައިޚް ނިޝާންގެ ފަރާތުން ބުނި ނަމަވެސް, ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރު ލިބިދޭ އިތުރު ޤަރީނާތައް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ޝައިޚް ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރަން ނިންމި ނިންމުން މީގެ ކުރިން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން އޭރު ވެސް ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައެވެ.
ހައިކޯޓުން ބުނީތަ ނުވަތަ ހައިކޯޓުން ނިންމެވީތަ ! ދިވެހި ބަހުގައި ރަގަޅު ގޮތަކީ ކޮބައިބާ ؟
ތިޔައީ ތިން ފަހަރެއް ނޫން އަބަދަށް ދާއިމަށް ބަންދު ކުރަންޖެހޭ ބަޔެކެވެ. ތާއަބަދު ފިތުނަ އުފެއްދުމާއި ޚަވާރިޖް ފިކުރު ފެތުރުން ނޫންކަމެއް މިމީހުންގެ ނޯވެއެވެ. އަސްލު ކާފަރުންނަށް ވުރެން މިމީހުންގެ ނުރައްކާ އިސްލާމީ އުއްމަތަށް މާބޮޑެވެ. ﷲ މިމީހުން ބޭޒާރު ކުރައްވާ ބަލިކުރައްވާ ނިކަމެތި ކުރައްވާނދޭވެ. އާމީން