" މިންތީގެ ތަފާތުކުރުން ނައްތާލުން" މި ނަމުގައި ތުލުސްދޫގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް

ކ.ތުލުސްދޫގައި " މިންތީގެ ތަފާތުކުރުން ނައްތާލުން" މި ނަމުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އެ ޕްރޮގްރާމަކީ މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާއި, މާލެ އަތޮޅު އަތޮޅު ކައުންސިލް އިދާރާއާއި, ތުލުސްދޫ ކައުންސިލާއި, ތުލުސްދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ކ.ތުލުސްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ ކ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ޕްރޮގްރާމްގައި މަޢުލޫމާތުދެއްވާފައިވަނީ މޯލްޑިވްސް ފެމިލީ ފައުންޑޭޝަންގެ ރައީސާ ޢާފިޔާ ޢަބްދުލްޢަޒީޒެވެ. ޕްރޮގްރާމުގައި ދީނީ ނަޒަރަކުން މަޢުލޫމާތު ފޯރުކޮށްދެއްވީ އައްޝައިޚް ޢަބްދުލްޤާދިރެވެ.


ޕްރޮގްރާމުގައި ހިއްސާކުރެއްވި މަޢުލޫމާތުތައް:
މިންތީގެ ތަފާތުކުރުންތަކާއި, މިންތީގެ ތަފާތުކުރުން ނައްތައިލެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ހިއްސާކުރެއްވި.
މިންތީގެ ތަފާތު ކުރުން މެދުވެރިވާ ސަބަބުތަކާއި އެ ތަފާތުކުރުން ނައްތާލުމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނެ.
ދީނީ ގޮތުން ދެ ޖިންސްގެ މީހުނަށް ލިބިދޭ ހައްގުތަކާއި އަދާކުރަންޖެހޭ ވާޖިބުތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވި.
މީގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިންގެ ޚިޔާލާއި, ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން ވެސް ކުރިއަށް ދިޔައެވެ.
ޕްރޮގްރާމާ ގުޅޭގޮތުން ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ހިންގުމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާވާނެ ކަމެއް ކަމަށެވެ. އަދި ހިއްސާކުރެވުނު މަޢުލޫމާތުތަކަކީ ޢާއިލާއެއް ބިނާކުރުމާއި, ވަޒީފާގެ މާހައުލުގައި ވަރަށް ފައިދާ ކުރާނެ ބޭނުންތެރި މަޢުލޫމާތުތަކެއް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.


އޭނާ ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ފައިދާ ބޮޑަށް ފެންނާނީ މިފަދަ ޕްރޮގްރާމްތައް ގިނައިން ކުރިއަށް ގެންދެވުނު މިންވަރަކުން ކަމަށެވެ.
މިއަދުގެ ޕްރޮގްރާމްގައި ތުލުސްދޫ ކައުންސިލް މެންބަރުންނާއި, އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުންނާއި, ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި, ޢާންމު ރައްޔިތުން ވެސް ބައިވެރިވިއެވެ.
މިންތި ހަމަ ކުރަމުން ގޮސް ލިވާތު ކުރަމުން ގޮސް އެއްޖިންސުން ކައިވެނިވެސް ކުރާ ހިސާބުގައި މިވަނީ މިންތި ހަމަވިވަރުން !