ޚަބަރު އިޖުތިމާޢީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޒުވާނުންގެ މަރުކަޒެއް ހުޅުވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދެވަނަ ފިޔަވަހީގައި ގާއިމުކުރި ޒުވާނުންގެ މަރުކަޒު.

ގިނަ ބަޔަކު އާބާދުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި ގާއިމުކުރި ޒުވާނުންގެ މަރުކަޒު ހުޅުވައިފިއެވެ.

Ads by Sosun Fihaara

މަރުކަޒު ހުޅުވާފައިވަނީ ޓަވަރު 10 ގައެވެ. އެ ތަނުގައި ބިލިއާޑާއި, ރާޒުވާއާއި ކެރަމް އާއި, ޓޭބަލް ޓެނިހާއި, ޓޭބަލް ފުޓުބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުވަނީ ހަމަޖައްސައިފައެވެ.

ޔޫތު މިނިސްޓްރީން ގާއިމުކުރި އެ މަރުކަޒު ހުޅުވީ ރޭގައެވެ. އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަރުކަޒު ހުޅުވައިދެއްވީ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފެވެ.

މަހްލޫފް ވިދާޅުވީ ޒުވާނުންގެ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ަރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އައުޓް ޑޯ ވޮލީ އަދި ހޭންޑް ބޯލް ކޯޓެއް ގާއިމުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!