މިއަދު އެންމެން އެކީ ތިބެ ބަރުލަމާނީއަށް ނޫނެކޭ ބުނުމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އިސްމާޢީލް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށާއި, އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީކަމަށްވާނަމަ ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ގޮވާލައްވައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ޤަރާރު މިއަދަށް އެޖެންޑާކޮށްފައިވަނިކޮށެވެ. ޤަރާރަށް ބަހުސްކޮށް ގޮތެއް ނިންމުން އޮންނާނީ މިއަދު މެންދުރުފަހުއެވެ.
އިސްމާޢީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައްޔިތުން ނޭދޭ ކަމަށެވެ. އަދި އެއީ މުހިންމުކަމެއް ނޫންކަމަށް އެހެނިހެން ސިޔާަސީ ޕާޓީތަކުން ވެސް ހާމަކުރަމުންދާކަން އޭނާގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ.
އޭގެ އިތުރުން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ދައުލަތުން އެތައް ހޭދައެއް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި އިސްމާޢީލްގެ ޓުވީޓުގައި ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެއެވެ.
''އެ ކަމަކަށް އެދި ރައްޔިތުން އެދެމުން ނުދާ، ދެން ތިއްބެވި ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ އެންމެން އެކަމުގެ މުހިންމު ކަމެއް ނެތްކަމަށް ހާމަ ކުރަމުން ގެންދާ އަދި ދައުލަތުން އެތައް ފައިސާއެއް ޚަރަދުވާ އިސްރާފު ސަކަރާތެއް ޖަހަން ވިސްނުން ވެސް ދެރަ.''
''އެންމެން އެކީ ތިބެ ބޮޑުކޮށް ނޫން ޖަހަމާ'' އޭނާ ވިދާޅުވިއެވެ.
ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް 100 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
މިހިރަ ވަގާ.. އެންބަސީ ދަރިންތަކަށް މިލިއަނުން ހަރަދު ކުރާއިރު އެއީ އިސްރާފަކަށް ނުވޭތަ. މަވޯޓާ ދަރި ވެސް