Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ނަޝީދު އެ ވިދާޅުވާ އަދަދަކީ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނާނެ އަދަދެއް ނޫން: ރައީސް

ނަޝީދު އެ ވިދާޅުވާ އަދަދަކީ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނާނެ އަދަދެއް ނޫން: ރައީސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކުރިޔަސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ލިބޭނެ ވޯޓެއް މަދެއްނުވާނެކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް, ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުުރިއަށްދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ ހަވާސާގައި ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށާއި, ބަރުލަމާނީ ނުގެނަޔަސް ''އެ ވިދާޅުވާ އަދަދަކީ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނާނެ އަދަދެއް ނޫން'' ކަމަށެވެ.

''އަޅުގަނޑަކަށް ނުފެނޭ އެވަރު މަދުވެދާނެކަމަކަށް. އެހެނެއް ނޫން ކޮންމެ ކެންޑިޑޭޓަކާ ދޭތެރޭގަ ވެސް ހުންނާނެ ކޮންމެ މީހަކާ ދޭތެރޭ ވެސް ހިތްހަމަނުޖެހޭ ބަޔަކު ތިބޭނެ ޕާޓީތެރޭން. އެ ގޮތުން އަޅުގަނޑު ނިކުތަސް އެހެން ބޭފުޅަކު ނިކުތަސް ވޯޓު ނުދޭނެ ބަޔަކު ތިބެދާނެ. އެކަމު އެ ވިދާޅުވާ އަދަދަކީ ޕާޓީގެ ކެންޑިޑޭޓަކާ ދެކޮޅަށް ޕާޓީތެރެއިން ނުކުންނާނެ އަދަދެއް ނޫން.''

Advertisement
Ooredoo — Square (box)

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުވެއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން %42 މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް