Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ދާންދޫން މިނިކަށިގަނޑެއް ފެނުނު މައްސަލަ ބަލަނީ

ދާންދޫން މިނިކަށިގަނޑެއް ފެނުނު މައްސަލަ ބަލަނީ

ގއ.ދާންދޫން ކުނި ގޮނޑުން މިނިކަށިގަނޑެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ އެއީ ގިނަ ދުވަސްވެފައިވާ ކަށިގަނޑެއްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ އިންސާނެއްގެ ކަށިގަނޑެއްކަމެއް ނުވަތަ ނޫންކަމެއް އަދި ދެނެގަނެވިފައިނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ކަށިގަނޑަކީ މިނި ކަށިގަނޑެއްކަން އެކަން ބެއްލެވި ޑޮކްޓަރަކު ކަށަވަރުކޮށް ދެއްވާފައިވާކަމަށް ދާންދޫ ކައުންސިލުގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވިއެވެ. އަދި އެއީ އިންސާނެއްގެ ކަނާތު ފައިގެ ހުޅަށްވުރެ މަތީގައި އިންނަ ކަށިގަނޑުކަމަށް ވެސް އެ ޑޮކްޓަރާ ހަވާލާދީ އާސިފް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް