ޚަބަރު ރައްޔިތުންގެ މަޖިލިސް

ޢާންމުން ނުކުމެ ޤާނޫނު ތަންފީޒުކުރާ ކުރުން ހުއްޓުވަންޖެހޭ: ޝަމީމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝަމީމް. ފޮޓޯ: މިހާރު

ޢާންމުން ނުކުމެ ޤާނޫނު ތަންފީޒުކުރާތީ ވަރަށް ކަންބޮޑުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަމީމް މިއަދު ވިދާޅުވީ ޢާންމުން ނުކުމެ ޤާނޫނު ތަންފީޒުކުރާ މައްސަލައާމެދު ކަންބޮޑުވާ ކަމަށާއި, އެ މައްސަލަ މިހާރު ނުހުއްޓުވައިފިނަމަ ވަރަށް ބޮޑު މައްސަލައަކަށްވެގެންދާނެ ކަމަށެވެ. އަދި އެއީ އެއް ގޮތަކަށް ވެސް ހުއްދަކުރެވިގެންވާނެކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑު ވަރަށް ކަންބޮޑުވާކަމެއް ޢާންމުން ނުކުމެ ޤާނޫނު ތަންފީޒުކުރާ ކުރުން. މިހާރު އެޑްރެސް ނުކޮށްފިއްޔާ ވަރަށް ބޮޑު އިޝޫއަކަށް ވަރަށް ބޮޑު މައްސަލައަކަށްވާނެ ކަމެއް. މީ އެއްގޮތަކަށް ވެސް ހުއްދަކުރެވިގެންވާނެކަމެއް ނޫން. ދޫކޮށްލެވިގެންވާނެކަމެއް ވެސް ނޫން. އެ ސިސްޓަމް ތެރެއިން ފިޔަވަޅު އަޅަންވާނީ. އަޅުގަނޑަށް އެނގޭ ސިސްޓަމްތެރެއިން ފިޔަވަޅު އެޅުން ލަސްވާތީކަން މީހުންގެ ފްރަސްޓްރޭޝަން އަންނަނީ.''

ޝަމީމް ވިދާޅުވީ މިއީ ހައްލެއް ހޯދަންޖެހޭ ކަމެއް ކަމަށެވެ. އަދި މައްސަލަތަކުގައި ޕީޖީއަށް ދަޢުވާކުރެވިދާނެ ކަމަށާއި, އެކަމަކު ނަތީޖާ ފެންނާނީ ކޯޓުން މައްސަލަ ނިމޭ ވަރަކުން ކަމަށެވެ.

  1. ކަލޭމެންނަށް ނުވަނީ ވިއްޔާ ދެން ކެތްތެރިކަން ކޮޅުންލީމާ ކޮންމެ ވެސް އެއް ބަޔަކު އެކަން ވެސް ކުރާނެތާ އެވެ. މިހާރު މި ގައުމު ސިފަ ވަނީ އަނދިރި ޒަމާނުގައި ވިލާތުގައި އޮތް ހާލަތަށް ވުރެ ދަށު ދަރަޖައިގައި އޮތް ތަނެއްގެ ގޮތުގައި އެވެ.

  2. އަމާން

    ކަލޯމެންނަށް ނުވަންޏާ ރައްޔިތުން އެކަންކުރާނެ…ހޭބުއްދި އެބަހުރިތަ؟

  3. ުޏ ނުކިޔަވާސޮރު.

    ޜައްޔަތުން ނައްްގާނޫނީ ރައްކާތެރި ކަން ދައުލަތުން ފޯރުކޮއްނުދެވޭތީ އަމިއްލަޔައް ގާނޫނު ތަންފީޒު ކުރަނީ…

  4. ވަހީދުބެ

    ތިމާމެންނާހަވާލުކުރެވިކަންތައްތައްނުކުރެވިއެކަމުންރެކެންވީމަދެންއެކަންރައްޔިތުންނުކުމެހައްލުކުރާހިސާބައްހިގައްޗެ؟ދެންމޮޅުވާހަކަދައްކާނެކަމެއްނެތްއެބަޔަކުމައްސަލަހަމަޖައްސާނީއެބަޔަކުއަމިއްލަޔަށް،ސަރުރުކާރެއްގާނޫނެއްގަވާއަދެއްނެތް.ގަދަމީހަގަދަ؟

  5. އަސްމި

    އިންޑިޔާގައި ލިންޗް ކުރުމަކީ ވަރަށް އާންމު ކަމެއް. ވަގެއް ވަގެއް ގޮވާލީމާ އާންމުން އައިސް އަނިޔާކޮށް މަރާލާނެ ކުށެއް ނެތް މީހުން.

  6. ސަންފަ

    ކަމާބެހޭ އިދާރާތަކުން ގާނޫން ތަންފީޛު ނުކޮށް މީހުން މުޖުތަމައު އަށް ދޫކޮށްފަ ތިބެންޏާ ވާނެ ގޮތް ވަމުން އެދަނީ

  7. ޢަލީ ހާފިޒު

    ފުލުހުން މުސާރަ ނަގާގެން ފިނިކޮޓަރީގަ ނިފާފަ ތިބެންޏާ ރައްޔިތުންތާ ނިކުންނާނީ..މޮޅުވާހަޖަ ނުދައްކާ، ބޮޑުތަނުން ފެއިލް

  8. ބަޗީ

    ޢާންމުން ނުކުމެ ގާނޫނޫނު ތަންފީޒުކުރަންޏާ އެކަން އޯކޭ ވާންޖެހޭނެ. އެކަމަކު ޢާންމުންނުކުމެ ގާނޫނު ތަންފީޒުކުރަނީތޯ ނޫނީ ގާނޫނާއި ޚިލާފު ޢަމަލު ހިންގަނީތޯ މިކަން އެބަ ޔަގީންކުރައްވަންޖެހޭ ނޫންތޯ؟ މިހިރީ ދެން މި ގައުމުގެ ޙާލަތު. ބޯހަލާކު.

  9. އަހުމަދު

    ފިޔަވަޅު އަޅާން ތިބިމީހުން މުސާރަކައިގެން ހަރާންކޯރުވީމަ އަމިއްލައަށް ޖެހޭނީ ކަންކަން ނިންމާން. އިންސާފު ނުލިބޭނަމަ ޖެހޭނީ އަމިއްލައަށް ބަދަލުހިފާން.