ދަރިވަރަކާ ބެހުނުކަމަށް އިއުތިރާފުވި ޓީޗަރުގެ ބަންދަށް 5 ދުވަސް

ދަރިވަރަކާ ބެހުނުކަމަށް އިއުތިރާފުވި ޓީޗަރުގެ ބަންދަށް 5 ދުވަސް
ހުޅުމާލޭގައި ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ޢުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނުކަމުގެ ތުުހުމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި މަހުގެ 23 ވަނަ ދުވަހުގެރޭ ބަޔަކު ވަނީ މީހަކަށް އަނިޔާކޮށްފައެވެ.
ފުލުހުން ބުނީ ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރުގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އިއްޔެ 05 ދުވަސް ދީފައިވާ ކަމަށެވެ.
ޢާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ''ފ....ޅ'' ޖަހާފައިވާ ކަރުދާސް ބޯޑެއް އޭނާގެ ކަރުގައި އަޅުވައި އޭނާއާ ސުވާލުކޮށް ތަޅާ މަންޒަރެވެ. އެ ގޮތުން އޭނާ ވަނީ ކުއްޖާއާ ބެހުނުކަމަށް އިޢުތިރާފުވެފައެވެ.