ޔޯގާ ހަމަނުޖެހުން: މިހާރު ބަންދުގައި ހުރީ އެންމެ މީހެއް

އިންޑިއާ ސަރުކާރުންނާއި ދިވެހި ސަރުކާރުން ގުޅިގެން ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ''ޝިރުކުގެ ހަރަކާތާ'' ދެކޮޅަށް މުޒާހަރާކުރި މައްސަލައިގައި ހައްޔަރުކުރި އިތުރު މީހަކު ބަންދުން ދޫކޮށްލައިފިއެވެ.
ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ދޫކޮށްލާފައިވަނީ ހދ.ކުޅުދުށްފުށި, ބަބޫގެ, ޙުސައިން ޢަލީއެވެ. 30 ދުވަހަށްފަހު އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކަކާ އެކުއެވެ.
''ޝިރުކުގެ ހަރަކާތާ'' ދެކޮޅަށް ނުކުމެގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ހުރީ އެންމެ މީހެކެވެ. ބާކީ ތިބި އެންމެން ވަނީ ދޫކޮށްލައިފައެވެ. މި މައްސަލައިގައި ޝައިޚް އާދަމް ނިޝާނާއި, ޝައިޚް ފަޟްލޫން މުޙައްމަދު ވެސް ހައްޔަރުކުރިއެވެ.