Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޝަރުޢީ ދާއިރާ

ބަނގުރާ ބޯކަމަށް އިޢުތިރާފުވި މީހަކު ޖަލްދުކުރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި

ބަނގުރާ ބޯކަމަށް އިޢުތިރާފުވި މީހަކު ޖަލްދުކުރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި

ބަނގުރާ ބޯކަމަށް އިޢުތިރާފުވި މީހަކު ޖަލްދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކުރީ, 2021 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު މާލޭ ބޮޑުތަކުރުފާނު މަގު, މާލޭ ކަސްޓޯޑިއަލްއާ ދިމާ ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ތިބި ދެ މީހަކު, މާލެއަށް ބަނގުރާ އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ގިނަ ޢަދަދެއްގެ ރާފުޅިތަކަކާއެކު އެ ދެ މީހުން ހައްޔަރުކޮށް އެއިން އެކަކާ ސުވާލުކުރުމުން އޭނާއަކީ ދޭތެރެދޭތެރެއިން ބަނގުރާ ބޯ މީހެއްކަމަށް އިޢުތިރާފުވެފައިވާ މައްސަލައިގައެވެ.

ބަނގުރާ ބޯ މީހެއްކަމަށް އިޢުތިރާފުވެފައިވަނީ ތ.ކިނބިދޫ/ދީފްރަމްގެ, ޔޫނުސް ރަޝާދެވެ.

Advertisement
Allied — Dhen Online (box)

އެ ގޮތުން ކޯޓުން ޙުކުމްކުރީ ޔޫނުސް ރަޝާދު ނުވަ ދުވަހަށް ޖަލަށްލުމަށާއި, 40 އެތިފަހަރުން ޖަލްދު ކުރުމަށެވެ.

''ޖަލްދުކުރުން'' ކަމަށް ޤާނޫނުލްޢުޤޫބާތުގައި ބުނެފައިވަނީ ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެ މަތިން އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާތެޅުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް