Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޝަރުޢީ ދާއިރާ

ޑްރަގް މައްސަލައެއްގައި ރަޙްމަތްތެރިއެއްގެ ބައްޕަ ސަލާމަތްކުރަން އުޅުނު މީހަކު ޢުމުރަށް ޖަލަށް

ޑްރަގް މައްސަލައެއްގައި ރަޙްމަތްތެރިއެއްގެ ބައްޕަ ސަލާމަތްކުރަން އުޅުނު މީހަކު ޢުމުރަށް ޖަލަށް

ރަޙްމަތްތެރިއެއްގެ ބައްޕަ ސަލާމަތްކުރުމަށް ކަމަށް ބުނެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާއަށް އިޢުތިރާފުވި މީހަކު ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.

އެ ޙުކުމްކޮށްފައިވަނީ އަޒުވަޒު މުޙައްމަދު ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ޙުކުމް އައީ, 2019 ވަނަ އަހަރު ޑިސެމްބަރުމަހުގައި މާލެއިން ފުރަން އުޅުނު ލޯންޗެއްގައި ހުރި އެހެން މީހެއްގެ އަތުން 19 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ މައްސަލައިގައެވެ. އެ ތަކެއްޗަކީ އަޒުވަދުގެ ތަކެތިކަމަށް ތަޙްޤީޤުގައި އޭނާ ވަނީ އެއްބަސްވެފައެވެ.

އެ މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ އުފުލުމުން އިބްތިދާޢީ މަރުހަލާގައި ދަޢުވާއަށް އިންކާރުކުރިއެވެ. އަދި ތަޙްޤީޤުގައި އިޢުތިރާފުވީ ރަޙްމަތްތެރިއެއްގެ ބައްޕަ ސަލާމަތްކޮށްދިނުމުގެ ގޮތުން ކަމަށާއި, ފެނުނު މަސްތުވާތަކެއްޗާ ގުޅުމެއް ނޯންނާނެކަމަށް ކޯޓުގައި އޭނާ ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ނަމަވެސް ޝަރީޢަތުގެ މަރުހަލާ ފެށުމުން އަނެއްކާ ވެސް ކުށަށް އިޢުތިރާފުވިއެވެ. އެ ގޮތުން ކޯޓުން އިއްޔެ ޙުކުމްކުރީ އޭނާ ޢުމުރަށް ޖަލަށްލައި, 200,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެ ފައިސާ އެއްއަހަރު ދުވަހުގެތެރޭ ދައްކަން ވަނީ އަންގާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް