ޚަބަރު ސަރުކާރު

ރައީސް ޞާލިޙް ހޮނިހިރު ދުވަހު ގަމަށް ވަޑައިގަންނަވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެޕާޓީގެ އިސް ލީޑަރު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--

ރާއްޖޭގައި ބާއްވާ ތިންވަނަ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަންނަ ހޮނިހިރު ދުވަހު ލ.ގަމަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި, ކައުންސިލުތައް ބާރުވެރިކުރުމަށް ސަރުކާރުން ފަށްޓަވައިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބާއްވަވަމުން އަންނަ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އަންނ ހޮނިހިރު ދުވަހު ރައީސް ޞާލިޙް ގަމަށް ވަޑައިގަންނަވާނެ ކަމަށެވެ.

މި ފަހަރުގެ ވިޔަވަތި ކޮންފަރެންސް އޮންނާނީ މި މަހުގެ 10އިން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުންނާއި, އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި, އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ކޮންފަރެންސްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމާއި, ބިނާވެށި ޕްލޭން އެކުލަވައިލުމާއި, މިންތީގެ ހަމަހަމަކަމާއި, ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުން, މި ހަތަރު ދާއިރާއިންނެވެ.

މި ފަހަރު ވެސް ކޮންފަރެންސްގެ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ފެސްޓިވަލް އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!