ޑޮލަރު ހޯދަން ރައީސް ޔާމިން, މުޙައްމަދު އިސްމާޢީލަށް ގުޅުއްވިއިރު އެ ތަނުގައި ހުރިން: ޝާޑް

ބޭންކު ރޭޓުން 01 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދައިދިނުމަށް ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު, ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލަށް ގުޅުއްވިއިރު, އޭނާގެ ކައިރީގައި ހުންނެވިކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު, މިއަދުގެ އަޑުއެހުމުގައި އޮތީ ދިފާޢީ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.
މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ހެކިބަސްދެއްވީ ޢަބްދުﷲ ރަޝީދު ކިޔާ ބޭފުޅެކެވެ. އެއަށްފަހު ހެކިބަސްދެއްވީ މުޙައްމަދު އިސްމާޢީލެވެ.
މުޙައްމަދު އިސްމާޢީލް ވިދާޅުވީ ބޭންކު ރޭޓުން 01 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދައިދިނުމަށް އެދިވަޑައިގެން ރައީސް ޔާމިން އޭނާއަށް ގުޅުއްވި ކަމަށެވެ.
އެ ގޮތުން މި މައްސަލައިގައި ދަޢުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމަށް ގުޅުއްވި ކަމަށާއި, ރައީސް ޔާމީނަށްނަމަ ބެންކު ރޭޓުން ވިއްކަވައިފާނެކަމަށް ޔޫސުފް ނަޢީމް ވިދާޅުވި ކަމަށެވެ. އަދި ފަހުން އެ ފައިސާ ރައީސް ޔާމީނަށް ދެއްވިކަމަށް ޔޫސުފް ނަޢީމް އޭނާ ގާތުގައި ވިދާޅުވިކަމަށް ވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ޝާޑް ވިދާޅުވީ 2007 އިން ފެށިގެން ރައީސް ޔާމިނަކީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށާއި, ޔޫސުފް ނަޢީމަކީ ވެސް އޭނާގެ ރައްޓެއްސެއް ކަމަށެވެ.
ޝާޑު ވިދާޅުވީ ފައިސާގެ މުޢާމަލާތްތަކުގައި ރައީސް ޔާމީން, މުޙައްމަދު އިސްމާޢީލަށް ގުޅުއްވާ ކަމަށާއި, ބޭންކު ރޭޓުން 01 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދައިދިނުމަށް އެދިވަޑައިގެން ރައީސް ޔާމިން, މުޙައްމަދު އިސްމާޢީލަށް ގުޅުއްވިއިރު ވެސް އެ ތަނުގައި ހުންނެވި ކަމަށެވެ.
ޝާޑު ވިދާޅުވީ މުޙައްމަދު އިސްމާޢީލް, ޔޫސުފް ނަޢީމަށް ގުޅުއްވި ކަމަށާއި, އެ މުޢާމަލާތް ނިމި ޔޫސުފް ނަޢީމަށް ލިބެންޖެހޭ ފައިސާ ލިބުނުކަން މުޙައްމަދު އިސްމާޢީލާ ދިމާވެގެން ދެކެވުނު ވާހަކައިން އެނގުނު ކަމަށެވެ.
ފައިސާ ފައިސާ ފައިސާ…މިއޮތީވާކަމެއް…މިވަރުގެ ބޮޑު ވަގެކޯ އަދިވެސް މިގައުމަށް ގެންނަންވީ ކިޔައިގެން މިއާލާތުން އަނގަ ހާވާއިރު ލަދުޙަޔާތުގެ ކަންފުޅެއވެސް ނެތް…ބޯހަލާކު…ޔާގުންޑާ ޖަލައްލާ..