ޚަބަރު ސަރުކާރު

ރައީސަށް ލާމުން ހޫނު މަރުޙަބާއެއް!

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގައި ބާއްވާ ތިންވަނަ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް, ލ.ގަމަށް ވަޑައިގެންފިއެވެ.

Ads by Sosun Fihaara

އެ މަނިކުފާނު ވަޑައިގެންނެވި ފްލައިޓް ކައްދޫ އެއާޕޯޓުގައި ޖެއްސީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ދައުލަތުގެ އިސްވެރިން ވެސް ވަޑައިގެންނެވިއެވެ.

ރައީސް ޞާލިޙް ވަޑައިގަތުމުން ގަމުގެ ރައްޔިތުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ވިއަވަތި ކޮންފަރެންސަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް, ކައުންސިލުތައް ބާރުވެރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މި ފަހަރުގެ ވިޔަވަތި ކޮންފަރެންސް އޮންނާނީ މިއަދުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުންނާއި, އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި, އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ކޮންފަރެންސްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމާއި, ބިނާވެށި ޕްލޭން އެކުލަވައިލުމާއި, މިންތީގެ ހަމަހަމަކަމާއި, ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުން, މި ހަތަރު ދާއިރާއިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!