Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޝަރުޢީ ދާއިރާ

ފުލުހުންނަށް ހަމަލާދިން ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ފުލުހުންނަށް ހަމަލާދިން ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިރިން ތިން ފުލުހަކަށް ހަމަލާދިނީ ހުކުރު ދުވަހުގެ 11:50 ހާއިރުއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ.

Advertisement
HDC — Sidebar (box)

އެ ގޮތުން ކޯޓުން ޢަމުރުކުރީ ތަޙްޤީޤު މަރުހަލާ އަދި ޝަރީޢަތް ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަށެވެ.

އެ މީހުން ފުލުހުންނަށް ހަމަލާދިނުމަށް ފަތިބުރިއާއި ގައު ބޭނުންކޮށްފައިވާކަމަށް ކޯޓު ޢަމުރުގައި ބުނެފައިވެއެވެ.

ފުލުހުންނަށް ހަމަލާދިން މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިން ފުލުހަކަށް ހަމަލާދިނީ ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ކަމަށާއި, ފުލުހުންނާމެދު ހަރުކަށިކޮށް ކަންތައް ކުރާ މީހުންގެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ އިތުރު މީހުން ހައްޔަރުކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް