Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޝަރުޢީ ދާއިރާ

ބަނގުރާ ބޯކަމަށް އިޢުތިރާފުވި މީހަކު ޖަލްދު ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި

ބަނގުރާ ބޯކަމަށް އިޢުތިރާފުވި މީހަކު ޖަލްދު ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި

ބަނގުރާ ބޯކަމަށް އިޢުތިރާފުވި މީހެއްގެ މައްޗަށް އުފުލި ބަނގުރާ ބުއިމުގެ ކުށުގެ ދަޢުވާ ސާބިތުވެ, އޭނާ ޖަލްދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.

ހދ.މަކުނުދޫ/ލުބޯގަސްދޮށުގޭ ފައުޒާން އިބްރާހިމްގެ މައްޗަށް ދަޢުވާ އުފުލީ 17 ޖޫން 2021 ގައި މާލޭ ކުދިރަތްމާގޯޅި, ސިލާ ފިހާރާ ކައިރިން ވަންވޭއާ އިދިކޮޅަށް ސައިކަލެއްގައި ދިޔައިރު ބަނގުރާ ގެންގުޅުނުކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި އޭނާ ފުލުހަށް ހާޒިރުކުރުމުން ބަނގުރާ ބޯކަމަށް އިޢުތިރާފުވެފައިވާތީއެވެ.

އޭގެ އިތުރުން ޝަރީޢަތުގެ މަރުހަލާގައި ވެސް އޭނާ ވަނީ އިޢުތިރާފު ދަމަހައްޓައިފައެވެ.

Advertisement
Ooredoo — Square (box)

އެ ގޮތުން ކޯޓުން ޙުކުމްކުރީ 13 ދުވަހަށް ޖަލަށްލުމަށާއި, 40 އެތިފަހަރުން ޖަލްދު ކުރުމަށެވެ. ނަމަވެސް 13 ދުވަހުގެ ޖަލު ޙުކުމް ވަނީ 2600 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް 3 މަސް ދުވަހުގެތެރޭގައި މީރާއަށް އެ ފައިސާ ދެއްކުމަށް އަންގާފައެެވެ.

''ޖަލްދުކުރުން'' ކަމަށް ޤާނޫނުލްޢުޤޫބާތުގައި ބުނެފައިވަނީ ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެ މަތިން އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާތެޅުމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް