ޚަބަރު ސަރުކާރު

ކުރިން ދެއްކެވި ވާހަކަ އަދިވެސް: ''ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކޮށްދޭނަން''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ވިއަވަތި ކޮންފަރެންސްގައި ރައީސް ޞާލިޙް؛ މި ކޮންފަރެންސް ކުރިޔަށް ދަނީ ޕެނަލް ޑިސްކަޝަންތަކަކަށް.. ދެން އިމޭޖްސް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް ނިމުމުން, ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ ޢިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުކުރަން ނިންމަވާފައިވާކަން ހާމަކުރައްވައިފައެވެ. އޭގެ ކުރިން 2018 ގެ ރިޔާސީ އިންތިޚާބުގައި ވެސް މި ވާހަކަ ދެއްކެވިއެވެ.

ލ.ގަމުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް ނިމުމުން, ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

''މިހާރު ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ގެންދަނީ. އިރާދަކުރެއްވިއްޔާ އެކަން ނިމުމާ އެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.''

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެނީ 2000 ރުފިޔާގެ އެލަވަންސެކެވެ. އެ އެލަވަންސް 5000 އަށް ބޮޑުކޮށްދިނުމަށް އެދި މި އަހަރުގެ ފުރަތަމަކޮޅު ރައީސަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!