ދީނާ ޚިލާފް ކޮންޓެންޓް ޕޯސްޓުކުރި ޔާޔާގެ ބަންދަށް 10 ދުވަސް

ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯއާއި ފޮޓޯ ޢާންމުކުރި މައްސަލައިގައި ހައްޔަރުކުރި ގ.ކަމަރާގޭ މުޙައްމަދު ނަބީލް (ޔާޔާ) ގެ ބަންދަށް ކްރިިމިނަލް ކޯޓުން މިއަދު 10 ދުވަސް ދީފިއެވެ.
ކޯޓު އަމުރުގައި މައްސަލައިގެ ބާވަތެއްކަމަށް އޮތީ ސޯޝަލްމީޑިއާގައި އިސްލާމްދީނާ ޚިލާފް ކޮންޓެންޓް ޕޯސްޓުކުރުން ކަމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ނަބީލްގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި, އޭގެތެރޭގައި ސައިބަރކްރައިމް ރިޕޯޓާއި ބަރަހަނާ މަންދަރު ދައްކައިދޭ ފޫޓޭޖުގެ ސްނެޕްޝޮޓް ހުށަހަޅާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯއާއި ފޮޓޯ ޢާންމުކުރި މައްސަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނަބީލް ހައްޔަރުކޮށްފައިވެއެވެ.