Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޝަރުޢީ ދާއިރާ

ޑރ.މުޢިއްޒު ދޮގު ބަޔާން ދެއްވިކަމަށް ބުނެ ކުރާ ދަޢުވާގެ އަޑުއެހުމެއް މާދަމާ

ޑރ.މުޢިއްޒު ދޮގު ބަޔާން ދެއްވިކަމަށް ބުނެ ކުރާ ދަޢުވާގެ އަޑުއެހުމެއް މާދަމާ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދެއްވިކަމަށް ބުނެ މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މުޢިއްޒުގެ މައްޗަށް އުފުލާފައިވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުގައި އެ ދަޢުވާގެ އަޑުއެހުން އޮންނާނީ މާދަމާ ހަވީރު 16:00 ގައެވެ. އަޑުއެހުން ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.

Advertisement
Allied — Dhen Online (box)

ޑރ.މުޢިއްޒުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައިވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށި މާދޫ, ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާ ކަމަށެވެ.

ޑރ.މުޢިއްޒުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް