ޚަބަރު ސަރުކާރު

ރައީސް ޞާލިޙް, ރާނީގެ ޖަނާޒާއަށް ކުރައްވާ ދަތުރުފުޅަށް މިލިއަނެއްހައި ރުފިޔާ ވެސް ނާރާނެ: ސަރުކާރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ 2 ގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމަށް ކުރައްވާ ދަތުރުފުޅަށް މިލިއަނެއްހައި ރުފިޔާ ވެސް ނާރާނެކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

Ads by STELCO

އިގުތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއްކުރައްވައިގެން ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަން ނިންމެވުމުން ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ ގޮތުން ދިޔަރެސް ނޫހުން ރިޕޯޓުކުރި ގޮތުގައި ރައީސްގެ ދަތުރުފުޅަށް 2 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ރައީސް ޞާލިޙް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަށް 03 މިލިއަން ރުފިޔާ ވެސް ޚަރަދު ނުވާނެ ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ މިލިއަނެއްހައި ރުފިޔާ ވެސް ޚަރަދު ނުވާނެ ކަމަށާއި ދިޔަރެސް އިން ހަދަނީ ދޮގެއް ކަމަށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގެ އެންމެ އިސް ލީޑަރުން އަދި ކޮމަންވެލްތުގެ ޤައުމުތަކުގެ ލީޑަރުން ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ކަމަށާއި, ރާއްޖެއަކީ ކޮމަންވެލްތުގެ ޤައުމަކަށްވާއިރު, ރާއްޖެއިން ރައީސް ޞާލިޙް ވަޑައިނުގަތުމަކީ އެ ޤައުމުތަކަށް ވެސް ފާހަގަކުރެވޭނެކަމެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރައީސް ޞާލިޙް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ އެ ޤައުމުގެ ސަރުކާރުގެ ދަޢުވަތަކަށް ކަމަށާއި, ރައީސް އެ ދަޢުވަތު ގަބޫލުކުރައްވާފައިވާ ކަމަށެވެ. އެ ގޮތުން މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. 70 އަހަރަށްވުރެ ގިނަދުވަސް ވަންދެން ރަނިކަން ކުރެއްވުމަށްފަހު ރާނީ އަވަހާރަވީ ޢުމުރުފުޅުން 96 އަހަރުގައެވެ. ރާނީގެ ޖަނާޒާ ބާއްވާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

Ads by Ooredoo
  1. މިލިއަން

    ކޮންމެހެން ނުޖެހޭ ގައުމު މިފަދަ ދަތިހާލަކަށް ވައްޓާލާފަ އަޗާތަޅަން ރާނީގެ ޖަނާޒާއޭ ކިއައިގެން ދެމަފިރިކަނބަލުންނާ ނުވިތާކަށް އަރިސްބޭކަލުނެގެ ފައުޖެއް ގިވައިގެން ގައުމުގެ ޚަޒާނާ ލޮވިލައިގެން ދާކަށް، ދެންމި ކިއަނީ ރައީސްގެދަތުރުފުޅަށް އެއްމިލިއަން ރުފިޔާ ވެސް ނާރާނޭ، ކޮންމެހެން މވޭތަ މިލިއަނުން މިލިއަނުން ޚަރަދު ކޮށްގެން ނައްޓާލަން، ތިގެންދިއަ އަރިސްބޭކަލުންތަކަށް ވިސްނާލީމަވެސް އެނގޭ ސަރުކާރުން ތިހަދަނީ ދޮގުކަން، ފުރަތަމަޓިކެޓޯ!
    ކާކަށްތޯ އެނގޭނީ ވަޅުގާއޮންނަ ބޮއް ފެންބޯވަރެއް.؟؟