Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޝަރުޢީ ދާއިރާ

ތިޖޫރީއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ތިޖޫރީއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ތިޖޫރީއެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ބަންދުކޮށްފައިވަނީ ތ.ކިނބިދޫ ފިތުރޯނުގޭ ޢުމުރުން 24 އަހަރުގެ މުޙައްމަދު އިލްހާމެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިނީ 30 ދުވަހެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ވަނީ ގެއްލުން ލިބުނު ފަރާތުގެ ބަޔާނާއި, ކުށުގެ ވެށްޓަށް ދިޔަ ހެކިންގެ ބަޔާނާއި, ސީސީޓީވީ ފޫޓޭޖުގެ ސްނެޕް ޝޮޓްތައް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފައެވެ.

ނަމަވެސް ސީސީޓީވީ ފޫޓޭޖުން ފެންނަނީ އޭނާ ނޫން ކަމަށާއި, ފޫޓޭޖުން ފެންނަ މީހާގެ އިސްތަށިގަނޑު ދިގު ކަމަށާއި, އޭނާގެ އިސްތަށިގަނޑު ކުރުކަމަށް އިލްހާމް ބުނެފައިވެއެވެ.

އޭނާއަކީ ބަންދުގެ ރިކޯޑް ގިނަ މީހެއްކަމަށް ކޯޓު އަމުރުގައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް