ޚަބަރު ޝަރުޢީ ދާއިރާ

ޑްރަގް ޓްރެފިކް ކުރުމުގެ ދަޢުވާ ލިބޭ ދެ މީހަކު ކޯޓަށް ހާޒިރުނުވާތީ, ހޯދަން ފުލުހުންނަށް އަމުރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ދެ މީހަކު ކޯޓަށް ހާޒިރުނުވުމުން އެ މީހުން ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން, އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންއެ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީއެ އަމުރުތަކާ ގުޅިގެން ހޯދަމުން އަންނަނީ ތ.ވިލުފުށި, ހައިވަކަރުގޭ އިބްރާހީމް އިރުފާނު (21އ) އާއި, ކ. މާލެ, ދަފްތަރު ނަންބަރު ދރ. 521, ޢުޝާން ޢަދުނާން (26އ) ކަމަށެވެ.

އެ ދެ މީހުން ހޯދަމުންދަނީކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އެ ދެ މީހުން ބަންދުގައި ބަހައްޓައިގެން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އަށް ކްރިމިނަލް ކޯޓަށް ކޯޓަށް ހާޒިރުކޮށް ދިނުމަށެވެ.

''މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.'' ފުލުހުން ކުރި އިއުލާނުގައި އެދިފައިވެއެވެ.

ދައުލަތުން އެ ދެ މީހުންނަށް ކޮށްފައިވާ ދަޢުވާގައިވަނީ 2020 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 18 ވަނަ ދުވަހު އެ ދެ މީހުން ހައްޔަރުކުރީ ސައިކަލެއްގައި މާފަންނުގައި ހުންނަ ރެސްޓޯރެންޓަކަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

އެ ދެ މީހުން ހުއްޓުވަން އެ މީހުންގެ ސައިކަލު ފަހަތުން ފުލުހުން ދިއުމުން ރެސްޓޯރެންޓް ކައިރިއަށް ސައިކަލު މަޑުކުރުމަށްފަހު, އިރުފާން އެ ތަނަށް ވަދެ ބަދިގެތެރެއަށް ކޮތަޅެއް އެއްލާލައިފައި ދުވެފައި ދިޔަ ކަމަށާއި, އުޝާން ސައިކަލުގައި އެ ތަނުން ދިއުމަށް މަސައްކަތްކުރިކަމަށް ދަޢުވާގައި ވެއެވެ. އިރުފާން އެއްލައިލި ކޮތަޅުގައި 247.66 ގްރާމް ކެނަބިސް ހުރިކަމަށް ފުލުހުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!