ޚަބަރު އިޖުތިމާޢީ ޝަރުޢީ ދާއިރާ

ތައުބާވެ ހިތާމަކުރަން, އެދެނީ ރައްޔިތުންގެ ކިބައިން މާފު ލިބުން: ފުލުސް އޮފިސަރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޢަބްދުއްރަޙްމާން

އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް އިޢުތިރާފުވެ, ކުށަށް ތައުބާވާ ކަމަށް ބުނެ ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެއެވެ.

Ads by Hajj Corporation

ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި, ޢަބްދުއްރަޙްމާން ރަފީޢުގެ މައްޗަށް އުފުލާފައިވަނީ
އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ޢަބްދުއްރަޙްމާން މިއަދު ކޯޓުގައި ވަނީ ދަޢުވާއަށް އިޢުތިރާފުވެފައެވެ.

އޭނާ ކުށަށް އިޢުތިރާފުވުމާއެކު އަވަސް ނިޔާގެ އަޑުއެހުމެއްގައި އަންނަ ބުރާސްފަތި ދުވަހު ޙުކުމް އިއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ދަޢުވާ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 09 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ކުށަށް އިޢުތިރާފުވުމުން އެއަށްވުރެ އަދަބު ލުއިވާނެއެވެ.

ޢަބްދުއްރަޙްމާން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ކުރި ކުށަށް ތައުބާވެ, ހިތާމަ ކުރާ ކަމަށާއި, އިޢުތިރާފުވަނީ ކުރެވުނު ކުށުގެ އަދަބާ ކުރިމަތިލުމަށް ބޭނުންވާތީ ކަމަށެވެ.

''އަޅުގަނޑު ކުރި ކުށަށް, އަޅުގަނޑު ތައުބާވެ, ހިތާމަ ކުރަމެވެ. އަދި އަޅުގަނޑުގެ ކުށަށް މި އިޢުތިރާފުވަނީ, އަޅުގަނޑު ރާއްޖެއިން ބޭރަށް ފިލައިގެން ނުގޮސް, ރާއްޖޭގައި ހުރެ މި ކުރެވުނު ކުށުގެ އަދަބާ ކުރިމަތިލުމަށް ބޭނުންވާތީއެވެ. އަޅުގަނޑު އެދެނީ މި ކުށަށް އިޢުތިރާފުވެ, ތައުބާވެ ރައްޔިތުންގެ އަރިހުން މާފެވެ.''

އަލަމްގީރްއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ, ޤާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރުގެ މައްޗަށް ވެސް އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. ދަޢުވާއަށް އިޢުތިރާފުވުމުން އޭނާއަށް އައީ 03 މަހާއި 26 ދުވަހުގެ ޖަލު ޙުކުމެކެވެ.

އަލަމްގީރްއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދުގެ މައްޗަށް ވެސް ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ އުފުލައިފައެވެ. އޭނާގެ ޝަރީޢަތް މިހާރު ވަނީ ފަށާފައެވެ.

އަލަމްގިރިގެ މައްޗަށް އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއަށް އޭނާ އިޢުތިރާފުވުމުން 07 މަހާއި 06 ދުވަހަށް އޭނާ ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ. އޭގެ އިތުރުން އަލަމްގިރިގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާ އުފުލައި, އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

Ads by HDC
  1. ބީތާ

    މީނަވެސް ކުޅެދިނީ ރައްޔިތުންނަށްޓަކާ ދެއްތޯ! އެހެން މިއަހާލީ ރައްޔިތުންގެ ކިބައިން މާފަށް އެދޭތީ.