Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޝަރުޢީ ދާއިރާ

ކެނެރީގޭ ފާރުގައި ''އިންޑިއާ އައުޓް'' ޖެހި މީހާ ޖަލަށްލުމަށް ޙުކުމްކޮށްފި

ކެނެރީގޭ ފާރުގައި ''އިންޑިއާ އައުޓް'' ޖެހި މީހާ ޖަލަށްލުމަށް ޙުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ޢާއިލީ ގެކަމަށްވާ ގ.ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން ''އިންޑިއާ އައުޓް'' ސްޕްރޭކުރި މީހާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން ''އިންޑިއާ އައުޓް'' ޖެހީ މިދިޔަ މެއިމަހުގެ 31 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާ އުފުލީ ނ.މިލަދޫ/ނޫއަލި ޢަބްދުﷲ ޔަޝްފަޢުގެ މައްޗަށެވެ.

Advertisement
HDC — Sidebar (box)

ކްރިމިނަލް ކޯޓުގައި އޭނާ ވަނީ ދަޢުވާއަށް އިޢުތިރާފުވެފައެވެ.

މި ކުށަށް ކަނޑައެޅިގެންވާ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ.

ނަމަވެސް އޭނާ އިޢުތިރާފުވުމުން މި މައްސަލައިގައި އަދަބު ކަނޑައެޅޭނެ މިންގަނޑުން އެއް ދަރަޖަ ދަށްކުރުމުން އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ އެއް މަހާއި 24 ދުވަހުގެ ޖަލު ޙުކުމެކެވެ. އެ ގޮތުން އޭނާ އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށް ގަޟިއްޔާ ނިންމީ އިއްޔެގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް