ޚަބަރު ޝަރުޢީ ދާއިރާ

ހަށިގަނޑުގައި ރަން ފޮރުވައިގެން އެތެރެކުރަން އުޅުމުން އަކްޝޭއަށް ޙުކުމްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކްރިމިނަލް ކޯޓު. ފޮޓޯ: ސަން

އެތެރެހަށީގައި ރަން ފޮރުވައިގެން ރާއްޖެ އައި އިންޑިއާ މީހަކަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

Ads by MWSC

އަކްޝޭ ކުމާރް ސުރޭޝްބާއީ ބަޓް ކިޔާ އެ މީހާ ރާއްޖެ އައީ މިދިޔަ ޖުލައި 19 ގައެވެ.

ކަސްޓަމްސްއިން ސްކޭންކުރިއިރު އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވުނެވެ. އެ ތަކެއްޗަކީ ރަން ކަމަށް އެއްބަސްވެ, އަމިއްލައަށް އެ ތަކެތި ބޭރުކުރަން އޭނާ އެއްބަސްވިއެވެ.

އޭނާގެ މައްޗަށް ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދަޢުވާ އުފުލާފައިވާއިރު, އެ ދަޢުވާގައި ބުނެފައިވަނީ އޭނާ ބޮޑުކަމުދިޔައިރު ބޭރުވި ދެ ބުލެޓުގައި ހުރި ތަކެއްޗަކީ ރަންކަމަށް އެ ތަކެތީގެ ތަހްލީލު ރިޕޯޓުން ދައްކާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހަދައި, ކޯޓު މަރުހަލާގައި އޭނާ ވަނީ ކުށަށް އިޢުތިރާފުވެފައެވެ.

އެ ގޮތުން އިއްޔެ ޙުކުމްކުރީ 60,000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް, އިއްޔެއިން ފެށިގެން ފަސް މަސްދުވަހުގެތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށެވެ. އަދި އެ މީހާގެ ހަށިގަނޑުން ފެނުނު ރަން ދައުލަތަށް ނެގުމަށް ވެސް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!