ޚަބަރު ރައްޔިތުންގެ މަޖިލިސް

ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ ހަމަޖައްސަން ހުށަހެޅި ޤަރާރު މަޖިލީހަށް ބަލައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދަރިމައިނުވުމުގެ މައްސަލަތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދި, އެ ފަރުވާ އާސަންދައިގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

Ads by MWSC

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހެޅުއްވި ޤަރާރު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގަތް 45 މެންބަރުންގެ އިއްތިފާގުންނެވެ. އެ ޤަރާރު ބަލައިގަތުމާއެކު ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށް ފޮނުވައިފައެވެ.

ޤަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އިޖުތިމާޢީ ސިއްހީ އިންސުއަރެންޝްގެ ޤައުމީ ނިޒާމު މިހާރު ބައްޓަންވެފައި އޮތް ގޮތުން ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އެ ނިޒާމުގެ ދަށުން ހަނިވެފައިވާ ކަމަށެވެ. އަދި ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ހޯދާ ފަރާތްތަކަށް ލިބެންޖެހޭ ބައެއް ބޭސް ރާއްޖެއިން ހޯދަން އުނދަގުލާ ކުރިމަތިވާ ކަމަށާއި, އެ ފަރާތްތަކުން އެކަން ފާހަގަކުރާ ކަމަށެވެ. އަދި ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދޭ ބައެއް އަސާސީ ބޭސްތައް ވެސް އާސަންދައިން ކަވަރު ނުކުރާ ކަމަށެވެ.

އޭގެ އިތުރުން ދަރިމައިނުވުމުގެ މައްސަލައަށް ޚާއްސަ ކުރެވިފައިވާ ސްޕެޝަލިސްޓުންގެ ޚިދުމަތް ހޯދުމަކީ ވެސް ދަތިކަމެއް ކަމަށާއި, އެ މައްސަލައާ ގުޅޭ ގޮތުން ރަނގަޅު ފެންވަރެއްގެ ދިރާސާއެއް ހެދިފައިނުވާކަމަށް ވެސް ޤަރާރުގައި ބުނެފައިވެއެވެ.

ޤަރާރުގެ މަގުސަދަކީ އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމުގެ ހުރިހާ މަރުހަލާތައް އާސަންދައިން ލިބޭ ގޮތް ހެދުން ނޫން ކަމަށާއި, އިންފާޓިލިޓީ ޓްރީޓްމަންޓަކީ ހަމައެކަނި އައިވީއެފް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ.

Ads by HDC
  1. އަޙްމަދު

    ި މިސޮރަށް ދަރިޔަކު ނުލިބެނީބާ؟