ބަނގުރާ ބޭނުންކޮށް އޭގެ ވިޔަފާރިކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ 26 އަހަރުގެ މީހެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
އެ މީހާއަކީ ތިލަފުށީގައި ހުންނަ ގަލްފްކްރާފްޓް ސައިޓުގައި އުޅޭ މީހެއްކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.