Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޝަރުޢީ ދާއިރާ

ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯ ފަޅައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯ ފަޅައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި މާރާމާރީއެއްގައި ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯ ފަޅައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އިއްޔެ ހައްޔަރުކުރީ ބަންގްލަދޭޝްގެ 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް ގާޒީ ވަނީ ޢަމުރުކުރައްވައިފައެވެ.

Advertisement
Ooredoo — Square (box)

މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ ޢިމާރާތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ހިނގި މި މާރާމާރީގައި ޒަޚަމްވީ އެ ގޭގައި އުޅޭ ބިދޭސީއެކެވެ. ކޯރާޑިން އޭނާއަށް ހަމަލާދިނީ އެ ތަނަށް ވައްކަންކުރަން ވަން ބިދޭސީއެކެވެ.

އަނިޔާ ލިބުނު ބިދޭސީ މީހާއަށް އައިޖީއެމްއެޗުގައި ވަނީ ފަރުވާދީފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް