ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ފަޟްލޫން މުޙައްމަދު އަލުން ބަންދުކުރުމާމެދު މިއަދު ގޮތެއް ނިންމަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޟްލޫން މުޙައްމަދު އަލުން ބަންދު ކުރުމާމެދު މިއަދު ގޮތެއް ނިންމަން ހައިކޯޓުން ތާވަލުކޮށްފިއެވެ.

Ads by Hajj Corporation

ކްރިމިނަލް ކޯޓުން ޝައިޚް ފަޟްލޫން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ގޮތުން މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް ވަނީ އަންގާފައެވެ.

ޝައިޚް ފަޟްލޫން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ޢަމުރުގެ އިސްތިއުނާފު ޝަރީޢަތް ހައިކޯޓުގައި ފެށީ މި މަހުގެ 15 ގައެވެ.

މި މައްސަލައިގައި ޙުކުމް ކުރުމަށް މިއަދު 12:45 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރިއިރު ޝައިޚް އާދަމް ނިޝާން ވެސް ހައްޔަރުކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!