ޚަބަރު ޝަރުޢީ ދާއިރާ

އައިބޭގައި ސައިކަލެއް ވިއްކާކަމަށް ބުނެ އޮޅުވައިލައި މީހަކު އަތުން ފައިސާނެގި މީހަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އައިބޭގައި ސައިކަލެއް ވިއްކާކަމަށް އިސްތިހާރުކޮށް, އޮޅުވާލައިގެން އަންހެނަކު އަތުން ފައިސާ ހޯދި މީހަކަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by MWSC

މި މައްސަލައިގައި 09 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރީ މއ.ސީނުމާ, އިސްމާޢީލް ޢާމިރު ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާގައި ވަނީ ރާއްޖޭގެ އޮންލައިން ވިޔަފާރިކުރާ ވެބްސައިޓެއްކަމަށްވާ އައިބޭގައި ''ޒެސީ'' ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން 15000 ރުފިޔާއަށް ސައިކަލެއް ވިއްކުމަށް 2016 ވަނަ އަހަރުގައި ޢާމިރު އިސްތިހާރެއް ޖެހި ކަމަށާއި, ސ.ހިތަދޫ/ސިޓީލައިޓް ދިމްނާ އަޙްމަދު އެ ސައިކަލު ގަތުމަށް ޝައުގުވެރިކަން ފާޅުކުރުމުން އޭނާއަށް ސައިކަލު ވިއްކާނެކަމުގެ ތަސައްވުރެއް އުފައްދައިގެން އޭނާގެ އަތުން ޢާމިރު 15000 ރުފިޔާ އަތުލި ކަމަށެވެ. ރުފިޔާ ފޮނުވުމަށްފަހު ދިމްނާ އެދުނީ ރަށަށް ފޮނުވުމަށް ބޯޓަށް ސައިކަލު އަރުވައިދިނުމަށެވެ. ނަމަވެސް ސައިކަލު އެރުވިކަމަށް ބުނެ ޢާމިރު ވަނީ މަކަރު ހަދައިފައެވެ.

ޢާމިރުގެ މައްޗަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅި ނަމަވެސް އަދަބު ލުއިކޮށް ޖޫރިމަނާއަކަށް ބަދަލުކުރިއެވެ. އެ ގޮތުން ޖޫރިމަނާގެ ގޮތުގައި 56,600 ރުފިޔާ އިއްޔެއިން ފެށިގެން ހަ މަސްތެރޭގައި މީރާއަށް ދެއްކުމަށް ކޯޓުން ވަނީ އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!