ޚަބަރު ސަރުކާރު

އެންމެ ބޮޑު ވަޢުދަކީ ''އިންސާފުވެރިވުން'', މި ގެންދަވަނީ އެ ވަޢުދު ފުއްދަވަމުން: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

މިދިޔަ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދަކީ ހަމަހަމަކަމާއެކީގައި އިންސާފުން އެންމެންނަށް ކަންތައްތައް ކޮށްދިނުން ކަމަށާއި, އެ ވަޢުދު ފުއްދައްވަމުން ގެންދަވާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހދ.ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ޚިދުމަތްދޭން ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދަކީ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި, އެ ވަޢުދާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ކެމްޕެއިނަށް ނިކުމެވަޑައިގެންނެވިއިރު, ނައިވާދުއަކީ ވެސް ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއް ގޮތަށް ސާފު ބޯފެން އަދި ނަރުދަމާގެ ނިޒާމު ނުލިބި އޮތް ރަށެއް ކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި އެ ވާހަކަ އެ ދެއްކި ގޮތަށް, ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ ވާހަކަ ދެއްކުމަށްފަހު, އެ ރަށްތަކުގައި މަޝްރޫޢުތައް ހިނގަމުންދާ ކަމަށެވެ.

''އަޅުގަނޑުމެންވީ ވަޢުދަކީ, އެންމެ ބޮޑު ވަޢުދަކީ ތަފާތުނުކުރުން. އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި ޚިދުމަތްތައް ފޯރުކޮށްދިނުން.''

''އިރާދަކުރެއްވިއްޔާ އެ ބޮޑު ވަޢުދު އަޅުގަނޑުމެން އެގޮތަށް ފުއްދަމުން ގެންދާނަން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަފާތުނުކޮށް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ހަމަހަމައަށް އެންމެންނަށް ފޯރުކޮށްދިނުމަކީ މެނިފެސްޓޯއެއްގައި ލިޔަންޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ އެއަށްވުރެ އަސާސީކަމަކަށްވާތީ އެމްޑީޕީގެ މެނިފެސްޓޯއަކު ވެސް އެކަމެއް ބަޔާންކޮށްފައެއް ނޯންނާނެ ކަމަށެވެ.

''އެއީ، އެއަށްވުރެ އަސާސީ ކަމަކަށްވާތީވެ. ޤާނޫނުއަސާސީގައި ބުނަނީ ރައްޔިތުންގެ މެދުގައި ތަފާތުނުކުރުމަށް. ތަފާތުނުކުރުމަކީ ހަމައެކަނި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެތާ އިންނަވާ ފަނޑިޔާރު ކުރައްވަންޖެހޭ ކަމެއްނޫން. އަދި ފުލުސް އޮފީހަށް ހުށަހެޅޭ ތަޙުޤީޤެއް ކުރުމުގައި ހަމައެކަނި އެތާ އިންނަވާ ތަޙުޤީޤުކުރާ ބޭފުޅަކު ކުރައްވަންޖެހޭ ކަމެއް ނޫން. އެއީ، އެއިރަކު ރައްޔިތުން އިންތިޚާބުކޮށްފައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި ކުރަންޖެހޭ ވެސް ކަމެއް'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނައިވާދޫގައި މަސައްކަތްތައް ފަށައިގަތީ ކޯވިޑުގެ ދަތިކަމުގެ ތެރޭގައި ކަމަށާއި, ކޯވިޑާ ގުޅިގެން މުޅި ދުނިޔެ ބަންދުވުމާ ގުޅިގެން މަަސައްކަތަށް ބޭނުންވާ ގިނަ ތަކެތި އެތެރެކުރުމަށް ވަރަށްބޮޑެތި ހުރަސްތަކެއް އެޅިގެންދިޔަ ކަމަށެވެ. ނަމަވެސް އެ ދައްޗާ އެކީގައި ވެސް ކުރެވުނު މަސައްކަތުން ވަޢުދުތައް ދުވަހުން ދުވަހަށް, ބަރާބަރަށް ފުދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

Ads by HDC
  1. ދިވެހިރާއްޖެ އަބަދުވެސް އޮންނަންޖެހޭނީ އުތީމް ބޮޑުތަކުރުފާނު ޤައުމު ބިނާކުރި ޢަސާސުގެ މަތީގައި ،
    އުތީމް ބޮޑުތަކުރުފާނު ގައުމު ބިނާކުރުމުގައި ގެންގުޅުއްވި ވިޝަން އާއި އަސާސު :
    1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން.
    2/ ދިވެހިންނަކީ ސުންނީ މުސްލިމުން.
    3/ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިލު އިސްލާމީ ޤައުމެއް.
    4/ ދިވެހިންގެ ބަހަކީ ޢަރަބިތާނަ ދިވެހިބަސް .