Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް އެބަ ކުރިއަށްދޭ: މިނިސްޓަރު

ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް އެބަ ކުރިއަށްދޭ: މިނިސްޓަރު

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތްތައް ކުރިއަށް އެބަދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ގުޅިގެން އިސްލާމިކް މިނިސްްޓްރީން ފުލުހުންނަށް ފޮނުވި ސިޓީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މިއަދު ވަނީ މިނިސްޓަރު ޒާހިރު ހާޒިރުކޮށްފައެވެ.

ފަތުވާ މަޖިލިސް އެކުލަވައިލުމާ ގުޅޭ ގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

''ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތްތައް ކުރިއަށް އެބަ ގެންދަވާ. އެނގިވަޑައިގަންނަވާނެ ފިޤުހު އެކަޑަމިީއެއް އެކުލަވައިލުމުގެ މަސައްކަތް މި ކުރިއަށް ގެންދަނީ. ގެންދާއިރުގަ އެ އެކުލަވައިލެވެންދެން ވެސް ފަތުވާ މަޖިލީހުގެ މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ.''

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް 25 އޭޕްރީލް 2016 ގައި ޢަމަލުކުރަން ފެށުމާއެކުއެކު އުފެދުނު ފަތުވާ މަޖިލިސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
ފަތުވާ މަޖިލީހުގައި މި ވަގުތު ހުންނެވީ އެ މަޖިލީހުގެ ރައީސް ޝައިޚް ޑރ.މުޙައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ. ދެން ތިއްބެވި މެންބަރުންގެ ދައުރު ވަނީ ހަމަވެފައެވެ.

ފަތުވާ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފެއްދި މަޖިލީހެކެެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް