Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޝަރުޢީ ދާއިރާ

ބަނގުރާ ބޮއި, އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްލައިފި

ބަނގުރާ ބޮއި, އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްލައިފި

ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅެ, ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހައްޔަރުކުރީ ޢުމުރުން 26 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިނީ 15 ދުވަހެވެ.

Advertisement
HDC — Sidebar (box)

އެ މުއްދަތު ހަމަވުމާއެކު އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން އިސް ގާޒީ އަޙްމަދު ޝަކީލު ނިންމެވީ ޝަރުތުުކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.

އިންޑިއާއަށް ނިސްބަތްވާ އެ މީހާއަކީ ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓް ސައިޓުގައި އުޅޭ މީހެއްކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް