Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އެކުވެރިޔާއަށް ހަމަލާދިނުމަށްފަހު ފިލައިގެން އުޅުނު މީހާ ހައްޔަރުކޮށްފި

އެކުވެރިޔާއަށް ހަމަލާދިނުމަށްފަހު ފިލައިގެން އުޅުނު މީހާ ހައްޔަރުކޮށްފި

ނ.ވެލިދޫގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާ ހައްޔަރުކޮށްފިއެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ މެންދަމު 00:30 ހާއިރު 19 އަހަރުގެ ފިރިހެނަކަށް ހަމަލާދިނުމަށްފަހު އޭނާ ފިލައިގެން ދިޔައީ ރ.ދުވާފަރަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި 18 އަހަރުގެ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

Advertisement
Allied — Dhen Online (box)

މާރާމާރީ ހިންގި ދެ މީހުންނަކީ ދެ އެކުވެރިންނެވެ. އެނގިފައިވާ ގޮތުން 19 އަހަރުގެ ޒުވާނާގެ ބުރަކަށްޓަށް ވަޅިން ހަމަލާ ދިނުމުން އޭނާގެ އެއް ފައި ރަނގަޅަށް ހަރަކާތެއް ނުކުރެއެވެ. އޭނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލަތާ ގުޅޭ ގޮތުން ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް