Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ފިރިހެނުންތަކެއް އަންހެން ހެދުން ލައިގެން އުޅުން: ''އެމްޑީއެން ސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއެއް''

ފިރިހެނުންތަކެއް އަންހެން ހެދުން ލައިގެން އުޅުން: ''އެމްޑީއެން ސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއެއް''

ރަސްފަންނުގައި އިއްޔެ ހަވީރު ފިރިހެނުންތަކެއް އަންހެން ހެދުން އަޅައިގެން އުޅުނު މައްސަލައިގައި ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އަންހެން ހެދުން އަޅައިގެން އަށެއްކަ ފިރިހެނުން އުޅުނެވެ. އެ މީހުންނާއެކު ޒުވާން ފުރައިގެ އަންހެން ކުދިންތަކެއް ވެސް ތިބިކަމަށް ވެއެވެ. އެ މީހުން އެ ސަރަހައްދު ދޫކޮށް ދިޔައީ ފުލުހުން އެ ސަރަހައްދަށް ދިއުމުންނެވެ.

''‏މިއީ ހަމަ ފައިސާ ދީގެން ފަތުރާ ލާދީނީ ޕްރޮޕެގެންޑާއެއް'' ޝައިޚް ޝުޢައިބް ނާޒިމް ވިދާޅުވިއެވެ. ''މިކަން ތަޙުޤީޤު ކުރަންޖެހޭ'' ކަމަށް ޝައިޚް ޝުޢައިބް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ފިރިހެންނުން އަންހެނުންގެ ފޭރާންލައިގެން އުޅުމަކީ ޙަރާމް ކުރައްވާފައިވާ ކަމެއްކަން ފާހަގަކުރައްވައި ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ އެއީ އިންކާރު ކުރަން ޖެހޭ ބޮޑު މުންކަރާތެއް ކަމަށެވެ.

''ދެކޮޅު ހަދަންޖެހޭ ކަމެއް. ހުއްޓުވަން ޖެހޭ ކަމެއް'' ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޝައިޚް ފަޟްލޫން މުޙައްމަދު ވިދާޅުވީ ޤައުމުގެ ވެރިންގެ އިސްނެގުމާއެކު މި ބިމުގައި މި ހިންގާ މުންކަރާތްތައް އާންމުވުމަށް ރައްޔިތުން ދޫކޮށްލައިގެން ތިބޭނަމަ އެންމެންގެ މައްޗަށް އާންމުވެގެންވާ ކޯފާއެއް އަތުވެދާނެ ކަމަށެވެ. އަދި ކޯފާއަށް ބިރުވެތިވެ މުންކަރާތް މަނާކުރުމަށް އެންމެން ތެދުވަންޖެހޭކަމަށް ޝައިޚް ފަޟްލޫން ވިދާޅުވިއެވެ.

ޝައިޚް އާދަމް ނިޝާން ވިދާޅުވީ އަނިޔާވެރިކޮށް ހައްޔަރުކޮށް ފިޔަވަޅު އަޅަން ޖެހޭނީ މިފަދަ ލާދީނީ ލިވާޠު ކުޅީގެ މީހުންނާއި ދެކޮޅަށް ކަމަށެވެ. އެކަމަކު ފެންނަނީ މި ބައިގަނޑު ފާޅުގައި ނިކުތުމުން ވެސް, ފުލުހުން އެ މީހުން ހުއްޓުވައި ހައްޔަރު ކުރަން ކުޑަކުޑަ މިންވަރެއްގެ ބާރެއް ވެސް ބޭނުން ނުކުރާތަން ކަމަށް ވިދާޅުވެ ޝައިޚް ނިޝާން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

<a href="https://m.facebook.com/story.php?story_fbid=pfbid02etSmebzbZ2cGURL5Wgk7zYSmJUGymBfLWGcvecTtqhXYsFrFZo4fbjXpd9nh8reMl&amp;id=100064363134955">https://m.facebook.com/story.php?story_fbid=pfbid02etSmebzbZ2cGURL5Wgk7zYSmJUGymBfLWGcvecTtqhXYsFrFZo4fbjXpd9nh8reMl&amp;id=100064363134955</a>

''މިއީ ސީދާ މި ލާދީނީ އެމްޑީއެން ސަރުކާރުގެ މެނިފެސްޓޯއަކީ.  ބޭނުމަކީ މިކަންކަން އާންމު ކުރުވައި ފެތުރުން.'' ޝައިޚް ނިޝާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް