Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޝަރުޢީ ދާއިރާ

ބަނގުރާ ކައްކަން ތިއްބާ ހައްޔަރުކުރީ އިންޑިއާ ދެ މީހުން, ބަންދަށް 30 ދުވަސް

ބަނގުރާ ކައްކަން ތިއްބާ ހައްޔަރުކުރީ އިންޑިއާ ދެ މީހުން, ބަންދަށް 30 ދުވަސް

މާލޭ ގެއެއްގައި ބަނގުރާ ކައްކަން ތިއްބާ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހެންވޭރުގައި ރޯޝަނީ މަގުގައި ހުރި އެ ގެއިން ދުން އަރާތީ ޢާންމުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރީ އިއްޔެ ހެނދުނު 6:12 ގައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ސިފައިންނާއެކު އެ ގެއެއަށް ގޮސް ދޮރުގައި ތެޅުމުން ދޮރު ނުހުޅުވި ކަމަށާއި, އެހެންވެ އެ ގެއަށް ވަންނަން ޖެހުނީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އެ ގެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުން ދާތީކަން އެނގިފައިވާ ކަމަށާއި, ބަނގުރާ ކައްކަން ބޭނުންވާ ގިނަ ސާމާނު އެ ގެއިން ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލައިގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ ސެލްވަމް ޕަވަރޑައި (34 އ) އަދި ސުންޑްރަމުރްތީ ކެސަވަން (34 އ) އެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަަށް ހާޒިރުކުރުމުން އެއިން ކޮންމެ މީހަކު ވެސް 30 ދުވަހަށް ބަންދުގައި ބަހައްޓަން ގާޒީ ޙަސަން ސަޢީދު ވަނީ ޢަމުރު ކުރައްވައިފައެވެ.

''ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވޭ. އެ ގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވޭ. އަދި ތުހުމަތުކުރެވޭ މައްސަލައިގައި ބޭނުންކޮށްފައިވާ އާލާތްތަކުގެ މަންޒަރު ދައްކައިދޭ ފޮޓޯތައް ހުށަހަޅާފައިވޭ.'' ގަވާއިދާ ޚިލާފަށް ބަނގުރާ ބޭނުންކޮށް, ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންދުކުރި ދެ މީހުންގެ ކޯޓު ޢަމުރުގައިވެއެވެ.

ރާއްޖޭގައި ކުށަށް އަރައިގަންނަ, ޚާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ގިނަކަން ފާހަގަކޮށްލެވެއެވެ. ހާލަކުން ފަހަރަކު ނަމެއްގައި ހައްޔަރުކުރި ނަމަވެސް އެއިން މީހަކަށް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް